ފެޝަން ސޯވްތަކުގައި އަންހެން މޮޑެލުން ބޭނުން ކޮށް އެމީހުން އިސްތިހާރު ކުރުމުގެ ބަދަލުގައި ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސައުދީއަރަބިއްޔާގައި ފެޝަން ޝޯވް އެއް ބާއްވައިފިއެވެ.

މިހާރު ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމް ތަކުގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި އިޓަލީގެ ޑޮލްސޭ އެންޑް ގެބަނާ އިން ދާދިފަހުން ބޭއްވި ފެޝަން ޝޯވް އެއްގައި މޮޑެލުން ބޭނުން ކުރުމުގެ ބަދަލުގައި ބޭނުން ކޮށްފައި ވަނީ ފަހުގެ އުފެއްދުމެއް ކަމަށްވާ ޑްރޯން އެވެ. އެވީޑިއޯއިން ފެންނަ ގޮތުގައި ކާޕެޓުތައް މަތީގައި ހެދުންތައް ދައްކާލައިފައި ވަނީ ޑްރޯން އުދުއްސައިގެންނެވެ.

އެހެން ނަަމަވެސް ބައެއް ފަރާތްތަކުން އެވީޑިއޯއަށް ވަރަށް ފާޑުކިޔައި ސޯޝަލް މީޑިއާގައި ވަނީ އަޑު އުފުލާފައެވެ. އެމީހުން ބުނެފައި ވަނީ އެހެދުންތައް ދައުރުވަމުން ދިޔަ އިރު ހީވަނީ އެތަނުގެ ތެރޭގައި ޖިންނިތަކެއް އުދުހެމުން ދިޔަހެން ކަމަށެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ މަންޒަރަކީ މިދިޔަ ރޯޯދަމަހުގެ ތެރޭގައި ބޭއްވި ފެޝަން ޝޯވް އެއްގެ ވީޑިއޯއެކެވެ. އިޓަލީގެ ކުންފުނިން އަންހެނުން ބޭނުން ނުކޮށް ފެޝަން ޝޯވް ބާއްވައިފައި ވަނީ އެމަހަކީ މުސްލިމުންގެ އަޅުކަމުގެ މައްސަރު ކަމުން އެކަަމަށް އިހްތިރާމް ކުރުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ގުއި ޗޮންހެއި

    އިޓަލީގެ ބަޔަކަށް ތިކަން އެގުނު އިރު މިތާ މިއުޅޭ ބޮޑު ޕާޓީއެއް ލާދީނީވެގެން އުޅޭތީ ދޯ

    58
    2
  2. އަލީ

    ކޮނޑެއްގަ އަޅުވައިގެން ރޯނެއްގަ އެލުވި ނަމަ ޑްރޯން ޙަރަދު ސަލާމަތް ވީސް.

    18
    1
  3. ހަހަހަހަހަހަ

    ގަދަ

    14
    1
  4. މަކިނބޫ

    މާ ސަޅި

    15
    1
  5. މުހައްމަދު

    ބޮޑު ޕާޓީ އެކަންޏެއް ނޫން. މުޅި ރާއްޖެވސް. ރޯދަ މަސް އަތުވެއްޖެއްޔާ އަދި ފޯރި ގަދަކޮށްލަނީ. އާމްދުވަސްވަރު ނުކުރާ ހުތުރު ކަންތައްތަވެސް ފޯރިއަރަނީ. ޓީވީ ޗެނަލްތަކުންވެސް ޑުރާމާތަކާ ފިލްމުތަކާއި މިއުޒިކު ޝޯތައް އިތުރުކޮށް ވީހާ ދަމެން ވަންދެން މީހުން އެކަމުގެ މަސްތުގައި ޖެއްސޭތޯ ބަލަނީ

    27
    1
  6. މޮޔަ

    ހެޔޮދޯ ނައިޓް ކުލަބު ހިންގިޔަސް

    13
    1
    • ޙަމަހަމަ

      ޙަދީސް ބަސްފުޅެއްގައި ވެ ؛ އެއް ވެސް ހެޔޮކަމެއް ކުޑަކަމެއް ގޮތުގައި ނުދެކޭން، އަދި ހަށި ވިއްކި އަންހެނަކު ބުޅަލަކަށް ހެޔޮކޮށްހިތުމުން މާތްﷲ އެކަލާންގެ ރަހުމަތުން އޭނާގެ ފާފަ ފުއްސަ ވައިދެއް ވި.

      މީގެ މާނައަކީ ހިތުހުރި ގޮތަކަށް އުޅޭށެކޭ ނޫން. މާނަ އަކީ އެއް ހެޔޮކަމަކީ އެހެން ގޯސްކަމަކާ ގުޅުންހުރި ކަމެއް ނޫނޭ. ޢަދި އެއް ވެސް ހެޔޮކަމެއް ކިރުމުގެ ފުރުސަތު ދޫނުކޮއްލާށޭ.