ފްރާންސްގެ ތުލޫސްގައި ހުރި ބްރިޖެއް ވެއްޓިއްޖެއެވެ.

މިއަދު ހެނދުނު ހިނގި މި ހާދިސާގައި މިހައިތަނަށް އެކަކު މަރުވެފައިވާކަން ވަނީ ކަށަވަރު ކުރެވިފައެވެ. އަދި މަރުވެފައި ވަނީ ކުޑަކުއްޖެއް ކަންވެސް ވަނީ ހާމަވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން މަރުވެފައި ވަނީ އުމުރުން 15 އަހަރުގެ ކުޑަ އަންހެން ކުއްޖެކެވެ.

ކޯރެއް މަތީގައި އަޅާފައިވާ އެ ބްރިޖު ވެއްޓުމުގެ ސަބަބުން އެވަގުތު ބްރިޖު މަތީގައި އޮތް ޓްރަކަކާއި ކާރެއް ވަނީ ކޯރުގެ އަޑިއަށް ގޮސްފައެވެ. އަދި އޭގައި ތިބި މީހުންް ހޯދުމުގެ މަސައްކަތް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

މި ހާދިސާގައި 9 މީހަކަށް އެކިވަރުގެ އަނިޔާތައް ވެފައި ވާއިރު، ކަމާ ބެހޭ ފަރާތްތަކުން އަންނަނީ 3 ހެލިކޮޕްޓަރުގެ އެހީގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި 60 ވަރަކަށް ޑައިވަރުންވެސް އެ މަސައްކަތް ކުރަމުން އަންނަކަން ފާޙަގަކޮށްލެވެއެވެ.

މިދިޔަ މަސް ތެރޭގައި ޓައިވާނުގެ ބްރިޖެއްވެސް ވަނީ ވެއްޓިފައެވެ. ކޯރެއް ހުރަސްކޮށް އަޅާފައި އޮތް އެ ބްރިޖު ވެއްޓުނީ ބްރިޖު ދަށުން ދަތުރު ކުރަމުން ދިޔަ މަސްބޯޓެއްގެ މައްްޗަށެވެ.

މަސްބޯޓެއްގެ މައްޗަށް ޓައިވާނުގައި ބްރިޖެއް ވެއްޓޭ މަންޒަރު...

-ތަފްސީލް އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަނު

    "ސައިފުﷲ އަހްމަދު" އަކީ ލާމުއަތޮޅު މީހެއް ކަމަށް ލަފާާކުރެވޭ.

  2. މުރުތައްދު ޖާބިރު

    ލޮލް..