އިންޑިއާގެ އަސްކަރިއްޔާގެ ކުރީގެ ޖެނެރަލަކު ޓީވީ ޝޯއެއްގެ ތެރެއިން ކަޝްމީރުގެ މުސްލިމް އަންހެނުން ރޭޕްކުރަން ޖެހޭ ކަމަށް ބުނާ މޭރުމަކުން ވާހަކަ ދައްކައިފިއެވެ.

ޓީވީ9 ބާރަތްވާޝް ޗެނަލުން ކުރިއަށް ދިޔަ ސިޔާސީ ބަހުސް ޝޯއެއްގެ ތެރެއިން ވާހަކަ ދެއްކި އިންޑިއާގެ މީހުން ތުހުމަތު ކުރާ ގޮތުން ކަޝްމީރުގެ މުސްލިމް ނޫން ރައްޔިތުން ނައްތާލުމަށްޓަކައި/ ކަޝްމީރުން ފައްސާލުމަށް މުސްލިމް ޖަމާޢަތަކުން 1990 ގެ އަހަރުތަކުން ފެށިގެން މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި އެކަންތައްތަކުގެ ތެރެއިން މީހުން ރަހީނުކުރުމާއި، މެރުމާއި، ރޭޕްކުރުން ފަދަ ޖަރީމާތައް ހިންގަމުންދާ ކަމަށް ތުހުމަތުކޮށްފައިވެއެވެ.

އެ ޝޯގެ ތެރެއިން ބަހުސްގެ ފޯރިގަދަވެގެން ގޮސް، އިންޑިއާގެ އަސްކަރިއްޔާގެ ކުރީގެ މޭޖަރ ޖެނެރަލް، އެސް ޕީ ސިންހާ ގޮވާލާފައިވަނީ، "މަރަށް މަރު، ރޭޕަށް، ރޭޕް." ކަމަށެވެ. އެސް ޕީ ސިންހާގެ ވާހަކައާއި ގުޅިގެން އެ ބަހުސް ޝޯގައި ބައިވެރިވި އެހެން ފަރާތްތަކުންވެސް ވަނީ އޭނާ އާއްމުންގެ ފަރާތުން މަޢާފަށް އެދުމަށް ސިންހާ ކައިރީގައި ބުނެފައެވެ. ނަމަވެސް، އޭނާ އެކަމެއް ކޮށްފައި ނުވެއެވެ. އޭނާގެ ވާހަކަތަކަށް އެ ޝޯވ ބަލަން ގޮސް ތިބި ބައެއް އާއްމުންގެ ތަރުހީބު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ސިންހާ އަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ. އިންޑިޔާގެ ރިޓަޔާ ކޮށްފައި ތިބި ކުރީގެ ބައެއް ސިފައިންވެސް ސިންހާގެ ވާހަކަތައް ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. އިންޑިޔާ އަސްކަރިއްޔާގެ ރިޓަޔާޑް ލެފްޓިނެންޓް ޖެނެރަލް ވިނޯދް ބުނީ "ސިންހާ އަކީ ވަގުތީ މަޝްހޫރުކަން ހޯދުމަށް ތާކުންތާކު ނުޖެހޭ ވާހަކަ ދައްކާ މީހެއް" ކަމަށެވެ.

އިންޑިޔާގެ އަސްކަރިއްޔާއިން ސިންހާގެ ވާހަކަތަކާ ގުޅިގެން ބުނެފައިވަނީ އެއީ އެމީހުންނާ ގުޅުންހުރި ވާހަކައެއް ނޫން ކަމަށާއި، ރިޓަޔާ ކޮށްފައި ތިބޭ ސިފައިން، އަސްކަރިއްޔާގައި މަސައްކަތް ކުރަމުންދާ ސިފައިންނަށް ހިފެހެއްޓިފައި އޮންނަ ޤަވާއިދުތަކާއި އެއްގޮތަށް ޢަމަލްކުރަން މަޖުބޫރު ނުވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސޭހް

    ވަރަށް އިންސާފު ވާހަކައެއްް

  2. ކޮތަރުބިސް

    ޔާމީނުގެ ވެރިކަމުގަ ޗައިނާޔާ ގުޅުން ގާއިމުކުރުމުން ލާދީނީ އެމްޑީޕީ ބައިގަނޑާ އެބައިގަނޑައް ތާއީދުކުރާ ބަޔަކު ވަމަހިފަމުން ދިޔައީ ޗައިނާއިން މުސްލިމުންނައް އަނިޔާ ކުރަނީޔޯ ކޮބާ ނިއަދު އެބައިގަނޑު ތެދުވެރި ކަމެއް ހުރިއްޔާ ނިކަން ބަހެއްބުނެލަބަލަ