ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބައެއް ބިންތަކަކީ ހައްދުފަހަނަ އަޅާފައިވާ އިސްރާއީލުގެ ބިންތަކެއް ކަމަށް އިއުލާނުކުރަން އެމެރިކާއިން ތައްޔާރުވެއްޖެއެވެ.

އެމެރިކާއިން އިއުލާނުކުރަނީ ގަވާއިދާއި ޚިލާފަށް އިސްރާއީލުން ހުޅަނގުގެ އައްސޭރީގައި އިމާރާތްކޮށްފައި ހުރި ގެތަކަކީ ބައިނަލްއަގްވާމީ މުއާހަދާތަކާއި ޚިލާފަށް އިމާރާތްކޮށްފައިހުރި ތަންތަން ނޫން ކަމަށެވެ.

މިޔާއެކު ހުޅަނގު އައްސޭރީގެ ބިންތަކެއް އިސްރާއީލުގެ ބައެއް ގޮތަށް ބަލައިގަންނަން ނިންމި ފުރަތަމަ ޤައުމަށް އެމެރިކާ ވާނެއެވެ.

އިސްރާއިލުގެ މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި އެމެރިކާގެ ނިންމުން އެގައުމުގެ ރައީސް ޑޮނާލްޑް ޓްރަޕް މިރޭ އިޢުލާނު ކުރާނެއެވެ.

އަދި މީގެ ކުރިން ޓްރަމްޕް ވަނީ މުސްލިމުންގެ ތިންވަނައަށް އެންްމެ މުޤައްދަސް މިސްކިތް ހުންނަ ޤުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމުގައި ބަލައިގެންފައެވެ.

އދ ގެ ސަލާމަތީ މަޖިލީހުން ނިންމާފައިވާ ގޮޮތުގައި ހުޅަނގު އައްސޭރީގައި އިސްރާއީލުން އިމާރާތްކޮށްފައިވާ ތަންތަނަކީ ބައިނަލްއަޤްވާމީ ހުރިހާ ޤާނޫނުތަކާއި ޚިލާފަށް އިމާރާތްކޮށްފައިވާ ތަންތަނެވެ.

އެމެރިކާގެ ނިންމުން އިއުލާނުކުރަން ތައްޔާރުވަމުން ދާއިރު އިސްރާއީލުގައި މިހާރުދަނީ އުފާފާޅު ކުރަމުންނެވެ.

މި ނިންމުމާއި އެކު އިސްރާއިލާއި، ފަލަސްތީނުގެ މަޝްރަހު އިތުރަށް ގޯސްވެ، ދެޤައުމު ސުލްހަވާން އޮތް ހުރިހާ މަގެއް ބަންދުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޢަދުރޭ

    ކީރިތި ޤުރްއާނުގައި ރަށެއްގެ އަހްލުވެރިންގެ މައްޗަށް ރަށެއް ޙަރާމް ކުރެއްވި ވާހަކަ އަޑު އެއްސެވިންތޯ ؟ ނު އައްސަވާނެ.. ޝޭޚް އިލްޔާސްއާއި ޑޮކްޓަރ އިޔާޒް އަދި ރާއްޖޭގެ ޝޭޚުން މާ ބިޒީކޮށް އުޅުއްވަނީ އެ ބޭފުޅުން ޤަބޫލުކުރައްވާ ފިކުރަށް މީހުން އަނބުރަން މަސައްކަތް ކުރެއްވުމުގައި . ޢެހެންވެ ކީރިތި ޤުރްއާނުގައި ފަހުޒަމާނުގައި ފާޅުވާނެ ކަމަށް އަންގަވާފަވާ މި ކަހަލަ ޢިލްމީ ޙަޤީޤަތް އެ ބޭފުޅުންގެ ލޮލަށް ވަނީ ފަރުދާ ކުރަށްވާފަ.. ޢަޑު އައްސަވާ. ( އަލްއަންބިޔާ 94-95 )

    وَحَرَامٌ عَلَىٰ قَرْيَةٍ أَهْلَكْنَاهَا أَنَّهُمْ لَا يَرْجِعُونَ

    ތިމަންރަސްކަލާނގެ ހަލާކުކުރެއްވި ރަށެއްގެ أهل ވެރިން އެނބުރި އެރަށަށް ނާންނާނެކަމަށް އެއުރެންގެ މައްޗަށް ކަނޑައަޅުއްވާފައިވެއެވެ.

    إِذَا فُتِحَتْ يَأْجُوجُ وَمَأْجُوجُ وَهُم مِّن كُلِّ حَدَبٍ يَنسِلُونَ

    يأجوج مأجوج ބާގައިމީހުން ވީއްލި، ހުރިހާ އުސްތަންތަނުން ފައިބައިގެން އެއުރެން އަތުވެއްޖައުމަށް ދާނދެނެވެ...

    ސުވާލް:ކޮން ރަށެއްތޯ އެއީ އަދި ކޮން ބައެއްތޯ؟
    ޖަވާބް:. އެއީ ޖެރޫސަލެމްއެވެ . އެބަޔަކީ ޔަހޫދީން އެވެ .

    ޔަހޫދީން ޖެރޫސަލެމް އަށް އެރީމަ އެއޮތީ يأجوج مأجوج ފާޅުވެފަ. މިކަމާ ޝައްކެއް ކުރާނެ ކަމެއް ނެތް . ޤުރްއާން ދޮގެއް ނުކުރެވޭނެ .

    8
    2
  2. ލަވްޔޫ

    ޝުކުރިއްޔާ އެމެރިކާ

  3. ޖައުފަރު

    އަދުރޭ އެ ބުނުއްވީ ހެޔޮކޮށް އެ ރަށަކީ ޖެރޫސަލަމް ޔަހޫދީން ފަހުޒަމާނުގަ އެރަށަށް އެނބުރި އަންނާނީވެސް ''މިކްސްޑް ރޭސް '' އެއްގެ ގޮތުގަކަމަށް ޤުރްއާންގަ އޮންނަނީ އެކަން އެއޮތީ ފެންނަން މެދުއިރުމަތީ ޔަހޫދީން އެފްރިކާ ޔަހޫދީން އިންޑިއާ ޔަހޫދީން ޚަޒާރ ޔަހޫދީން މިހާރު އެތާ އެބަ އުޅޭ އެމީހުން އެރަށަށް އަޔަދިނީ ޔައުޖޫޖު މައުޖޫޖުން އެ ބައިގަނޑު ، ޔައުޖޫޖު މައުޖޫޖު ބާގައިގެ މީހުން ބޮއި ހުސްކުރާނެ ކަމަށް އޮންނަ ބޮޑު ފެންގަނޑު( ސީ އޮފް ގަލިލީ ) މިހާރު އެއްކޮށް ހެން ހިކެއްޖެ ސާފު ފެންފަށަލަ ހުސްވުން ކައިރި ވެއްޖެ ، އެންމެ ފަހު ކަމަކަށް އޮތީ މަސްޖިދުލް އަޤްޞާ ތަޅާލާފަ އެތާ އެމީހުންގެ ރަސްގެފާނަށް ފައްޅި އަޅައިދިނުން !

  4. މުހައްމަދު

    އަމިއްލައަށް ގުރުއާން ތަފުސީރުކުރައްވަން ނޫޅުއްވާ ޢިލްމުވެރިންގެ ބަސް ހޯއްދެވުން ރަނގަޅުވާނެ.

    1
    4