ނޭޕާލަށް ބިން ހެލުމެއް އަތުވެއްޖެއެވެ.

ރެކްޓާ މިންގަނޑުން 5.9ގެ ބާރު މިނުގައި އައި މި ބިންހެލުމުގެ އަސަރު އިންޑިއާ އަށްވެސް ވަނީ ކޮށްފައެވެ.

އިންޑިއާ އާއި ނޭޕާލް ގުޅޭ ބޯޑަރު ކައިރިއަށް އެރި މި ބަންހެލުން އުފެދިފައި ވަނީ ނޭޕާލްގެ ކަޕްޓަޑް ނެޝަނަލަ ޕާކުގެ އަޑިން ކަމަށް ވަނީ ބެލެވިފައެވެ. އަދި ބިންހެލުން އުފެދިފައި ވަނީ ބިމު އަޑިން 1.3 ކިލޯމީޓަރު އަޑިންނެވެ.

ބިންހެލުން އައީ ނޭޕާލަށް ނަމަވެސް، ބިންހެލުމުގެ ގުޑުންތަކުގެ އަސަރު އިންޑިއާގެ ބައެއް ހިސާބުތަކަށްވެސް ވަނީ ކޮށްފައެވެ. މިގޮތުން ދިއްލީ އާއި އުއްތަރު ޕްރަދޭޝްގެ ބައެއް ސަރަަހައްދުތައް ހިމެނެއެވެ.

މި ބިންހެލުމުގެ ސަބަބުން މިހައިތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެެއް ނުވެއެވެ. ނަމަަވެސް އެ ގައުމަކީ ބިންހެލުންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް މީގެ ކުރިންވެސް ލިބިފައިވާ ގައުމެއްކަން ފާހަގަކޮށްލެވެއެވެ.

މިގޮތުން، 2009ވަނަ އަަހަރު އެ ގައުމަށް އައި ބިންހެލުމުގައި 9000ށް ވުރެން ގިނަ މީހުންގެ ފުރާނަ ގެއްލުނު އިރު، އެތައް ހާސް ބައެއްގެ ގެދޮރުތައްވެސް ވަނީ ސުންނާފަތި ވެފައެވެ.