ހެލިކަޕްޓަރެއް ވެއްޓުމުގެ ސަބަބުން އަފްޢާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާ ސިފައިންގެ 2 މީހަކު މަރުވެއްޖެއެވެ.

ހެލިކަޕްޓަރެއް ވެއްޓި އެއިން ދަތުރުކުރި 2 ސިފައިން މަރުވެފައިވާ ކަން އަފްޢާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންގެ ފަރާތުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، އެ ހާދިސާ ހިނގި ތަނާއި، މަރުވި މީހުންގެ ނަންތައް އަދި ހާމަކޮށްފައެއް ނުވެއެވެ. މިއަދު މަރުވި 2 ސިފައިންނާއެކު، މިއަހަރުގެ ތެރޭގައި މިހާތަނަށް އަފްޢާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ 19 ސިފައިން ވަނީ މަރުވެފައެވެ.

އަފްޢާނިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތް، ތާލިބާނުން މިއަދު ހިނގި މި ހާދިސާގެ ޒިންމާ ނަގާކަށް މާ ގިނަ އިރުތަކެއް ނުނަގައެވެ. ތާލިބާނުން ބުނަނީ ބަޑިޖަހައި ހެލިކަޕްޓަރު ވައްޓާލީ އެ ޖަމާޢަތުން ކަމަށެވެ. "އެމެރިކާ ސިފައިން އުޅުނީ އަހަރެމެންގެ މުޖާހިދީންގެ ބޭސް އަކަށް ރެއިޑެއް ކުރަން. އެކަމަކު، އެމީހުންގެ ހެލިކަޕްޓަރަށް ހަމަލާދީ ވައްޓާލުމުން، އޭގައި ހުޅު ރޯވި. ހެލިކަޕްޓަރުގައި ތިބި އެންމެން ވަނީ މަރުވެފަ." ތާލިބާނު ޖަމާޢަތުގެ ތަރުޖަމާނު، ޒަބީހުއްﷲ މުޖާހިދު ބުންޏެވެ. ނަމަވެސް، އެމެރިކާ ސިފައިން މިކަން ދޮގުކުރެއެވެ.

2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހު އެމެރިކާއަށް ދިން ނިރުބަވެރި ހަމަލާތަކެއްގައި އެ ޤައުމަށް ކުރިމަތި ހިތްދަތި ކަމުގައި، އެމެރިކާގެ އޭރުގެ ވެރިންގެ ތުހުމަތު ހުއްޓުނީ އަފްޢާނިސްތާނަށެވެ. ހަނގުރާމަވެރި ނިރުބަވެރިން ތަމްރީން ކުރަނީ އަފްޢާނިސްތާނުގައި ކަމަށް ބުނެ އެމެރިކާ ސިފައިން އެ ޤައުމަށް އެރިގޮތަށް އަދިވެސް، އެ ޤައުމުން ފައިބާކަށް ނޫޅެއެވެ.

އެމެރިކާ ސިފައިން އަފްޢާނިސްތާނުން ބޭލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިސްނަމުންދާ ކަމަށް ބުނެފައި ވިޔަސް، ސިފައިންގެ ޖޮއިންޓް ޗީފް އޮފް ސްޓާފް، މާރކް މިލީ ބުނީ އެމެރިކާ ސިފައިން އަދި 'އަހަރުތަކަކަށް' އަފްޢާނިސްތާނުގައި މަޑުކުރާނެ ކަމަށެވެ. މިހާރުވެސް 13،000 އެއްހާ އެމެރިކާ ސިފައިން އަފްޢާނިސްތާނުގައި ޙަރަކާތްތެރިވަމުން އެބަދެއެވެ.

އަފްޢާނިސްތާނުގައި ހިނގާ ހަމަނުޖެހުންތަކުގައި މިއަހަރުގެ މިހާތަނަށް އެޤައުމުގެ 2500 އަށްވުރެ ގިނަ އާއްމު ރައްޔިތުން މަރުވެފައިވާ ކަމަށް އދ. ގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޑީޑީ

    އާމީން

    6
    1
  2. ޖިންނި

    އަލްޙަމްދުލިﷲ ސޮލީބީންނަށް ހަލާކާއި ގެއްލުން އިތުރު ކުރައްވާށި އާމީން

    10
    3
  3. ދަރޯގާ

    ތިޔަވީ ހަމަ ރަގަލައް ތިޔަ ޔަހޫދީ ބައިގަނޑުން ދޭތި މަދުވި

    11
    1
  4. ރާއްޖެ

    ތި ޙަބަރު މާ ހޫނު ކޮއްގެން ތި އިއްވަނީ ކުށެއް ނެތް އެތައް އިސްލާމީ އަޙުންނާ އުޙްތުން މަރަމުން ދާއިރު ގާހިރުވާ ވެސް ނުލާތަ؟؟؟????