މީގެ ކުރިން ޖަރުމަނުވިލާތުގެ ރައީސްގެ މަގާމުގައި ހުރި ރިޗާޑް ވޮން ވެއިޒްސައެކާ ދަރިފުޅު އަނިޔާވެރިކޮށް މަރާލައިފިއެވެ.

ހޮސްޕިޓަލެއްގެ ހެޑް އޮފް ފިޒީޝަންގެ މަގާމުގައި ހުރި އުމުރުން 59 އަހަރުގެ ފްރިޓްޒް ވޮން ވެއިޒްސައެކާ މަރާލާފައި ވަނީ އެތައް ފަހަރެއްގެ މަތިން އޭނާ ގަޔަށް ވަޅި ޖެހުމުންނެވެ. ފްރިޓްޒް އަށް ހަމަލާ ދިން ވަގުތު އޭނާ ހުރީ ގިނަ އަދަދެއްގެ ބަޔަކަށް ފިލާވަޅެއް ނަގައިދޭށެވެ. އެވަގުތު އޭނާގެ ފިލާވަޅު އަޑު އަހަން އިން މީހަކު ވަނީ ކުއްލިއަކަށް ފްރިޓްޒް ގައި މައްޗައް ފުންމައިގަނެ، އޭނާ އަށް ހަމަލާ ދީފައި ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ.

ހަމަލާ ދިނުމާއި އެކު ލިބުނު ޒަހަމްތަކުގެ ބޮޑުކަމުން ފްރިޓްޒްގެ ފުރާނަ ސަލާމަތް ކުރަން ހޮސްޕިޓަލުގައި ތިބި އެހެން ޑޮކްޓަރުން މަަސައްކަތް ކުރި ނަމަވެސް، އޭނާ ވަނީ މަރުވެފައެވެ. ފްރިޓްޒް އަށް ހަމަލާ ދިން ވަގުތު އޭނާގެ ފިލާވަޅު އަޑު އަހަން އިން އޮފް ޑިއުޓީ ފުލުހެއްވެސް ވަނީ މިކަން ހުއްޓުވަން މަސައްކަތް ކޮށްފައެވެ. މިކަން ކުރަން އުޅުމުގެ ތެރޭގައި އެ ފުލުސް މީހާ އަށްވެސް ބޮޑެތި ޒަހަމްތަކެއް ވަނީ ލިބިފައެވެ.

ފްރިޓްޒް އަށް ހަމަލާ ދިން އުމުރުން 57 އަހަރުގެ ފިރިހެން މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭނާ މިކަން ކުރުމުގެ ފަހަތުގައިވާ ސަބަބެއް އަދި ހޯދިފައެއް ނުވެއެވެ. ފްރިޓްޒްގެ ބައްޕަ ޖަރުމަނުގެ ރައީސްކަން ކޮށްފައި ވަނީ 1984-1994އާއި ދެމެދުއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔޫލީ

    5
    4
  2. ޖިންނި

    ސިކުނޑި ހަމަނުޖެހޭ މީހަކަށް އޮޅިގެން ކުރެވުނު ކަމެއް އެއީ ޔޫރަޕް މީހުން އެކަހަލަ ކަމެއް ނުކުރާނެ އެ ނޫން ގޮތަކަށް

    7
    1