ޕަޕުއާ ނިއުގިނީގެ އަވަށެއް ކަމަށްވާ ބޯގަންވިލާ މިނިވަން ޤައުމަކަށް ހެދުމުގެ މަސައްކަތް ފަށައިފިއެވެ.

މިނިވަން ޤައުމެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ބޯގަންވިލާގެ ރައްޔިތުން ވޯޓުލުމަށް ހަމަޖެހިފައިވަނީ މި މަހުގެ 23 ވަނަ ދުވަހުއެވެ.

އެގޮތުން ވޯޓު ލުމަށް މިހާރުންވެސް 2 ލައްކަ އަށް ވުރެ ގިނަ ފަރާތްތަކުން ވަނީ ރަޖިސްޓްރީ ކޮށްފައެވެ. މި ވޯޓުލުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 ވަނަ ދުވަހާއި ހަމަ އަށެވެ.

ބޯގަންވިލާއަށް ގައުމެއްގެ ދަރަޖަ ދިނުމަށް މީގެ ކުރިންވެސް ވަނީ މަސައްކަތް ފަށާފައެވެ. އެހެން ނަމަވެސް އޭރުގެ ކަމާ ބެހޭ އިދާރާތްތަކުން އެކަމަށް އެއްބާރުލުން ދީފައެއް ނުވެއެވެ. ބޯގަންވިލާއަށް ގައުމެއްގެ ދަރަޖަ ލިބިގެންގޮސްފި ނަމަ އެ ގައުމު ވެގެން ދާނީ ދުނިޔޭގެ އެންމެ ކުޑަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމަކަށެވެ. ބޯގަން ވިލާގެ އާބާދީއަކީ ގާތްގަނޑަކަށް 250،000 އެވެ. މިއީ ރާއްޖެއަށްވުރެވެސް އާބާދީގެ ގޮތުން ކުޑަ ގައުމެކެވެ.

ދުނިޔޭގެ ބާރުވެރި ޤައުމުތަކުން އަންނަނީ ބޯގަންވިލާއަކީ ދުނިޔޭގެ މިނިވަން ޤައުމެއްގެ ގޮތުގައި ހެދުމަށް ގިނަ އެހީ ވަމުންނެވެ. އެހެން ނަމަވެސް އެތަނުގައި އޮންނަ ވަކި އިދާރީ ދާއިރާއެއްގެ ސަބަބުން އެކަމެއް ފުރިހަމައެއް ނުވެއެވެ. ބޯގަންވިލާގެ ރައްޔިތުން އަންނަނީ މިނިވަން ޤައުމުކަށް ވެވޭތޯ ވަރަށް މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލީ

    މ.އ ބޯގަންވިލާ ހުރިހާކުދިން އަވަހަށް މިގައުމާއި މިގައުމުގެ ދީނަށް ފުރައްސާރަކުރުން ހުށްޓާލައިފައި ބޯގަންވިލާ އަށް ބަދަލުވާންވީ. ދިވެހިންނާއި ދިވެހިންގެ ދީން ދިވެހިންނަށް ދޫކޮށްލާ.

    82
    1
    • ސަލާހު

      ވަރަށްވެސް ފުރިހަމަކޮމެންޓެއް. މިގައުމުގާ ފިތުނައުފައްދާ އެންމެބޮޑު އެއްބައިގަނޑު އޮންނަނީ އެގޭގާ.

  2. އާދަމް

    އަވަހަށް އެގޭމީހުންފޮނުވާލާ ، ވޯޓްލާމީހުންވެސް ގިނަވާނެއެއްނުން ..!

    58
    1
  3. ބފޅ

    މިއްޔަކީ މިޤައުމުގެބައެއްވެސްނޫނޭ އަހަރެމެންނައް އުނދަގޫކުރަންވެގެން މިމީހުންގެޤައުމު އެހެންބަޔެއްގެ ބާރުގެދަށައް ދިޔައީމަ މިތަނައް އައީ މިމީހުންގެ ޤައުމުމިނިވަންވީމާ މިމީހުން އެޤައުމައްފޮނުވާތި

    22
    2
  4. ދެރަކަމެއް

    ކޮންތާކުއޮތް ޤައުމެއް.... މަވެސް ދާނަން.

    6
    1
  5. ލޮލީ ކަލޯ

    އިސްމާލު ބޭ ގެ ދަރިންތައް އެތަނަށް އަވަހަށް ފޮނުވާ

    24
    1
    • ސަމްސު

      އިސްމާލުބޭ ދަރިން އެކަންޏެއްނޫން. އިސްމާލުބޭވެސް.

      4
      1
  6. ދޭ ޑޯންޓް ކެއާރ

    ތިއީ ބާރުގަދަ ގައުމުތައް އެމީހުންގެ އަމިއްލަ ފައިދާއަށް ކުރާ ކަމެއް.

    17