އިސްރާއީލްގެ ހައްދުފަހަނައަޅާފައިވާ، އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ތިން މައްސަލައެއްގައި ދައުވާ އުފުލައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ނަތަންޔާހޫގެ މައްޗަށް ވަނީ ރިޝްވަތުގެ ދައުވާ އަކާއި މަލީ މުއާމަލާތްތަކެއް އޮޅުވާލި މައްސަލައެއްގެ ދައުވާ އަކާއި، އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކޮށްގެން ނުވާނެ އަމަލުތަކެއް ކުރުމުގެ ދައުވާއެއް އުފުލާފައި ކަމަށެވެ.
މީގެ ތެރެއިން އެންމެ ބޮޑު މައްސަލައަކީ މަޝްހޫރު ވިޔަފާރިވެރިއެއް ކަމަށްވާ ޝައުލް އެލޮވިޗްގެ އަތުން ނަތަންޔާހޫ ރިޝްވަތު ހިފި މައްސަލައެކެވެ. ޝައުލް އަކީ އިސްރާއީލްގެ މަޝްހޫރު މީޑިއާއެއް ހިންގާ މީހެކެވެ. ރިޝްވަތު ހިފުމަށް ފަހު ނަތަންޔާހޫ ވަނީ އޭނާ އަށް 500 މިލިއަން ޑޮލަރުގެ މާލީ މަންފާ ހޯދައި ދީފައި ކަމަށް ތުހުމަތު ކުރެވެއެވެ.
ދެވަނަ މައްސަލަ އަކީ ވެސް މީޑިއާއަކާއި ގުޅޭ މައްސަލައެކެވެ. ނަތަންޔާހޫ ވަނީ އިސްރާއީލްގެ ދުވަހު ނޫހެއް ދައުރުވާ ވަރު މަދު ކުރުމަށްޓަކައި އޭނާ އަށް ތާއިދު ކުރާ ނޫހަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދީ އެނޫސް ކުރިއަރުވަން މަސައްކަތް ކޮށްފައި ކަމަށް ތުހުމަތު ކުރެވެއެވެ.
ތިން ވަނަ މައްސަލައަކީ ހޮވީވްޑްގެ ތަރި މޮގުލް އާނޮން މިލްޗަން އާއި ބިލިއަނަރ ޖޭމްސް ޕާލާ އަކުން ހަތިޔާތަކެއް ގަބޫލު ކުރި މައްސަލައެކެވެ. އެއީ ބޮޑުވަޒީރު ކަމުގެ މަގާމު ބޭނުންކޮށްގެން ނާޖާއިޒް މަންފާއެއް ހޯދުން ކަމަށް ޕްރޮސެކިއުޓަރުން ބުނެއެވެ.
ނަތަންޔާހޫގެ މައްޗަށް މިއަދު ދައުވާ އުފުލާފައި މިވަނި އިސްރާއީލްގައި ސަރުކާރެއް އެކުލަވާލަން ނަތަންޔާހޫ އާއި ބެނީ ގަންޓްޒް އަށް ދިން ފުރުސަތު ހަމަވެ އަނެއްކާވެސް އެގައުމުގައި އިންތިޚާބެއް ބާއްވަން ޖެހިދާނެ ކަމުގެ ނިޝާންތައް ފެންނަމުން ދަނިކޮށެވެ.
މިއަދު އިސްރާއީލްގެ ރައީސް ވަނީ ސަރުކާރެއް އެކުލަވާލުމަށް އެންމެ ފަހުގެ 21 ދުވަސް ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުންނަށް ދީފައެވެ. މި 21 ދުވަހުގެ ތެރޭގައި ސަރުކާރެއް އެކުލަވާ ނުލެވިއްޖެނަމަ އެއް އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލްގައި ތިން ވަނަ އާއްމު އިންތިޚާބު ބާއްވަން ޖެހޭނެއެވެ.
ނަތަންޔާހަު މީ ދުނިޔެމަތީގަި ވާ އެއްމެ ނުބާނުލަފާ މީހާ ﷲ ގެ ކުޅަދުން ވަންތަކަމާ އެކު ނަތަންޔަހޫ އަށް ބޮޑް މުސީބާތެއް މެދުވެރި ކުރައްވާންދޭވެ،
ތެދުމަގު ދައްކަވާން ދޭ!
ޔާﷲ މުސްލިމުންނަށް އަނިޔާކޮށް ޝަހީދުކުރުމުގެ ފަހަތުގައިހުރި މި ނުބައި ޝައިޠޯނަށް ދުނިޔެމަތީގައިވެސް ގަދަވޭން ދައްކަވާފައިނޫނީ ފުރާނަ ނުގެންދަވާންދޭވެ!