ހައްދުފަހަނަ އަޅާފައިވާ އިސްރާއީލު މީހުން ރޭގެ ދަންވަރުގެ ވަގުތެއްގައި ފަލަސްތީނު ރައްޔިތުންގެ 50 ކާރެއްގައި ރޯ ކޮށްލައިފިއެވެ.

އެމީހުން މި ޖަރީމާ ހިންގާފައި ވަނީ ހުޅަނގު އައްސޭރީގައެވެ.

ކާރުތަކުގައި ހުޅު ޖަހައި ރޯކޮށްލުމުގެ އިތުރުން، އިސްރާއީލު މީހުން ވަނީ ފަލަސްތީނު ރައްޔިތުން ދިރިއުޅޭ ގެތަކުގެ ފާރު ތަކުގައި ސްޕްރޭ ބޭނުން ކޮށްގެން އިސްރާއިލްގެ ދިދަ ކުރަހައި، ފަލަސްތީނު ރައްޔިތުންނަށް އުނދަގޫ ކޮށްފައި ވެއެވެ.

އިސްރާއީލް ރައްޔިތުން ކިތަންމެ ވަރަކަށް މިފަދަށް ޖަރީމާތައް ހިންގި ނަމަވެސް، އެމީހުންނަށް އެއްވެސް އަދަބެއް ނުލިބެއެވެ. ނަމަވެސް މިކަމާއި ނުރުހުން ފާޅުކޮށް ކިރިޔާވެސް ފަލަސްތީނު ރައްޔިތުން އަޑު އުފުލައިފިނަމަ އެމީހުން ހައްޔަރުކޮށް، ބައެއް ފަހަރު ފުރާނަވެސް ނަގާލައެވެ.

މި ހާދިސާ އަށް ފަހު ފަލަސްތީނު ރައްޔިތުން ވަނީ އެމީހުންނާއި މެދު ދުނިޔޭގެ އެކި ފަރާތްތަކުން ވަރަށް ބޮޑަށް ތަފާތު ކުރުންތައް ގެންގުޅޭ ކަމަށްވެސް ބުނެފައެވެ.

 

 

-އިތުރު ތަފްސީލް އަންނަނީ-

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަސަނު

    ފަލަސްތީނަށް އެންމެ ޣައްދާރު ވަނީ މިޞްރު ސަރުކާރުން އޭގެ ފަހުން ޢަރަބި އެހެންނ ޤައުމްތައް އޭގެ ފަހުން އިސްލާމީ އެހެން ހުރިހައި ޤައުމްތައް ، ކާފަރު ޤައުމްތައް އަންނާނީ އޭގެ ފަހުން އދ ، އޔ އަންނާނީ އޭގެ ވެސް ފަހުން