އިސްރާއިލްގެ ޖަލެއްގައި ކެންސަރާއި ހަނގުރާމަ ކުރަމުން ގެންދިޔަ ފަލަސްތީނުގެ ފިރިހެނަކު ނިޔާވެއްޖެއެވެ.

މިއަދުގެ ވަގުތެއްގައި އެ މީހާ ނިޔާވެފައި ވާއިރު، މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.

އޭނާ އަށް ޖެހިފައި ހުރީ ޓާމިނަލް ކެންސަރެވެ. އެއަށް އަދި ފަރުވާ އެއް ހޯދިފައެއް ނުވެއެވެ. ނަމަވެސް އިސްރާއިލްގެ ހައްޔަރުގައި ފާއިތުވެދިޔަ 17 އަހަރު ހޭދަކޮށްފައިވާ އަބޫ ޑިއަކްގެ ހާލު މީގެ 2 ހަފްތާ ކުރިން ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު، އޭނާގެ އެންމެ ފަހުގެ އެދުމެއްގެ ގޮތުގައި އެދިފައި ވަނީ އޭނާގެ ފަހު ދުވަސްތައް މަންމަ އާއި އެކު ހޭދަ ކޮށްލުމަށެވެ. ނަމަވެސް އިސްރާއިލް ސިފައިން މިކަމަށްވެސް ދީފައި ވަނީ ބީރު ކަންފަތެކެވެ.

ނިޔާވެފައިވާ އަބޫ ޑިއަކް

ޑިއަކްގެ މަރާއި ގުޅިގެން ފަލަސްތީނުން ވަނީ އޭނާގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ އިސްރާއީލުން ކަމަށް ބުނެފައެވެ. މި މަރާއި ގުޅިގެން އިސްރާއިލް އަސްކަރިއްޔާ އިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ ހާލު ދެރަވަގެން ނަން ގައިދީ އަކު ހޮސްޕިޓަލަށް ގެންގޮސްފައި ވަނިކޮށް މަރުވެފައިވާ ކަމަށެވެ.

ފަލަސްތީނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޑިއަކް އަށް ކެންސަރު ޖެހިފައިވާކަން 2015 ވަނަ އަހަރުގެ ތެރޭގައި އިސްރާއިލްގެ ކަމާބެހޭ ފަރާތްތަކަށް ވަނީ އެނގިފައެވެ. ނަމަވެސް ޑިއަކް އަށް ދީފައި ވަނީ ޕެއިންކިލާ ކޮޅެއް އެކަންޏެވެ. އޭގެ ފަހުން ޑިއަކްގެ ހާލު ދެރަވެގެން ހޭނެތެން ފެށުމުން އޮޕަރޭޝަނެއް އެމީހުން ކޮށްދިނެވެ. އޭގެ ފަހުން އޭނާ އަށް ބޭސް ދިނުމުގައިވެސް އިސްރާއިލު އަސްކަރިއްޔާ އިން ވަނީ އިހުމާލުވެފައެވެ.

ޑިއަކް އަށް އެހީވުމަށް ރެޑް ކްރެސެންޓާއި ޔޫރޮޕްގެ ގައުމުތަކަށް ބާރު އެޅި ނަމަވެސް ޑިއަކްގެ ފުރާނަ މި ދުނިޔެ އާއި ވަކިވީ އެއިން އެއްވެސް ކަމެއް ނުވެއެވެ. ޑިއަކް ނިޔާވުމާއި އެކު އޭނާ ވެގެން ގޮސްފައި ވަނީ މިއަހަރު ތެރޭގައި އިސްރާއިލްގެ ބެލުމުގެ ދަށުގައި ތިބި ފަލަސްތީނު މީހުންގެ ތެރެއިން ނިޔާވި 5ވަނަ މީހާ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ?

    ???

    18
    1
  2. އަހްމަދު

    އިސްރާއީލަށް ހަލާކުހުރި.

    14