އެމެރިކާގެ އިންޒާރާއި އެކު ރަޝިއާގެ މަނަވަރު ތަަށް ސީރިއާ އާއިދުރަށް ދާން ފަށައިފިއެވެ.

އެގޮތުން ސީރީގެ އަސްކަރީ މަރުކަޒެއްގައި ބަނދަރުކޮއްފައި ތިބި ރަޝިއާގެ ގިނަ އަދަދެއްގެ އަސްކަރީ މަނަވަރު ތަކެއް މެޑިޓަރޭނިއަން ކަޑަށް މިހާރު ވަނީ ނެރެފައެވެ.

ރަޝިއާގެ އޮފިޝަލަކާއި ހަވާލާދީ ސްކައި ނިއުސް އިން ބުނީ މިއީ ހަމަލާއަކުން ރައްކާތެރި ވުމަށް އަބަދުވެސް އަސްކަރިއްޔާއިން އަމަލު ކުރާ ގޮތް ކަމަށެވެ.

ސީރިޔާގައި ދިން ކެމިކަލް ހަމަލާގެ ރައްދުގައި އަސްކަރީ ފިޔަވަޅެއް ނޭޅުމަށް ރަޝިއާއިން އެމެރިކާގެ ކިބައިން އެދިފައިވަނިކޮށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ ވަރުގަދަ ރައްދެއް ދޭނެ ކަމަށް ވައުދުވެފައެވެ. މީގެ އިތުރުން އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޖޭމްސް މެޓިސް ވަނީ މިހަފްތާއަށް ރޭވިފަހުރި ދަތުރުތައް ކެންސަލް ކޮށްފައެވެ.

"އަޅުގަނޑު އަދިވެސް އެއްފަހަރު އެދެން މިހާރު ތި ބޭފުޅުން ކުރައްވަމުން ތި ގެންދަވާ ޕްލޭނާ ފެއަށް ޖެހިވަޑައިގަތުމަށް މޮސްކޯއިން އދ އަށް ކަނޑައަޅުއްވާފައި ހުންވާ މަންދޫބު ޥެސިލީ ނެބެންޒިއާ އަންގާރަ ދުވަހު ވިދާޅުވިއެވެ.

މީގެ އިތުން އޭނާ ވަނީ ގާނޫނާ ޚިލާފް އަސްކަރީ އެއްވެސް ހަރަކާތެއް ހިންގައިފިނަމަ ވޮޝިންޓަނުން އޭގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފައިވެއެވެ. ނަމަވެސް ހުޅަނގުގެ ލީޑަރުން ވިދާޅުވެފައި ވަނީ ދޫމާގައި ކެމިކަލް ހަމަލާދިން ފަރާތަށް ހަމަލާ ދިނުމަށް އެ ގައުމުތަކުން އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ވިދާޅުވީ ސީރިޔާގެ ސަރުކާރުގެ ކެމިކަލް ރައްކާކުރާ ތަންތަނަށް ކޮންމެ ފަދަ ހަމަލާއެއް ވެސް ދީފާނެ ކަމަށެވެ.

ސީރިޔާގެ އިދިކޮޅު އެކްޓިވިސްޓުންނާއި، މީހުން ސަލާނަތްކުރުމުގެ މަސައްކަތުގައި އުޅޭ ފަރާތްތަކާއި، ސިއްހީ ޚިދުމަތްދޭ ފަރާތްތަކުން ބުނެފައި ވަނީ ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އިރުމަތީ ޣޫތާގެ ދޫމާމާގައި ދިން ކަމަށް ތުހުމަތުކުރެވޭ ކެމިކަލް ހަމަލާގައި އެތައް ބަޔަކު މަރުވެފައިވާ ކަމަށެވެ.

ރަޝިއާއިން އެމެރިކާއަށް އިންޒަރުދީފައި މިވަނީ އދގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައި އެ ހަމަލާ ތަހުގީގުކޮށް ފިޔަވަޅު އެޅުމާއިމެދު ގޮތެއް ނުނިންމި ޚިޔާލުތަފާތުވެގެން ނިމިފައިވަނިކޮށެވެ.

ރަޝިއާއާއި އެމެރިކާއަކީ ވެސް ވީޓޯކުރުމުގެ ބާރު އޮންނަ ދެ ގައުމުކަމަށްވާއިރު ދެ ގައުމުންވެސްވަނީ ހަމަލާގެ މިނިވަން ތަހުގީގެއް ހިންގުމަށް ހުށަހެޅި ހުށަހެޅުންތައް އެއްގައުމުގެ ހުށަހެޅުން އަނެއްގައުމުން ވީޓޯކޮށްފައެވެ.