ޣައްޒާ އިން އިސްރާއިލް އަށް ރޮކެޓު ހަމަލާތަކެއް ދީފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ދެ ގައުމުގެ މެދުގައި ގިނަ އަދަދެއްގެ ރޮކެޓު ހަމަލާތަކެއް ބަދަލުކުރުމަށްފަހު ވަނީ އެކަން ވަނީ ހުއްޓާލާފައެވެ. ނަމަވެސް އިސްރާއިލްގެ ނޫސްތަށް ބުނާގޮތުން ޣައްޒާ އިން ވަނީ ދާދި ދެންމެއަކު އިސްރާއިލް އަށް 2 ރޮކެޓު ހަމަލާ ފޮނުވާލާފައެވެ.

ޣައްޒާ އިން ފޮނުވާލި 2 ރޮކެޓާއި އެކު އިސްރާއިލްގެ 2 އަވަަށެއްގައި ވަނީ ސައިރެން އަޅުވާފައެވެ. އަދި އެ ގައުމުގެ ރައްޔިތުން ވަނީ ބިންގަރާސްތަކަށް ވަދެފައެވެ. މައުލޫމާތު ލިބޭ ގޮތުގައި ބިންގަރާހަކަށް ވަންނަން ދުވެފައި ދިޔަ އަންހެނަކަށް ވަނީ ވެއްޓި އަނިޔާވެފައެވެ.

ޣައްޒާ އިން ފޮނުވާލި ރޮކެޓު ހަމަލާތައް އިސްރާއިލްގެ ރޮކެޓުތަކުން ދިފާއުވާ ނިޒާމުން ވަނީ ވައްޓާލާފައި ކަމަށްވެސް އެ ގައުމުގެ ރިޕޯޓްތައް ބުނެއެވެ.

އިސްރާއިލް އަސްކަރިއްޔާ އިން ބުނެފައިވާ ގޮތުގައި ޣައްޒާ އިން ރޮކެޓު ހަމަލާތައް އަމާޒުކޮށްފައި ވަނީ އިސްރާއިލްގެ ދެކުނަށެވެ. އަދި އެ ގައުމުގެ އަސްކަރިއްޔާ އިން ދަނީ ހަމަލާ އަމާޒުކުރި ސަރަހައްދު ބަލަމުންނެވެ.

ޣައްޒާ އިން އިސްރާއިލް އަށް ރޮކެޓު ހަމަލާތަކެއް ފިނުވާލާފައި ވީ ނަމަވެސް، އިސްރާއިލް އިން ރައްދު ހަމަލާތައް ދީފައިވާކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު