މަޝްހޫރު ދީނީ ޢިލްމުވެރިޔާ، ޒާކިރު ނައިކް އާއި ދެކޮޅަށް ހައްދުފަހަނައަޅާފައިވާ ހިންދޫ ޖަމާޢަތެއް ކަމަށްވާ "ހިންދުރަފް" އިން ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށް، އެ މައްސަލަ ހުށަހެޅުމުގައި ބައިވެރިވީ ފަރާތްތައް ޖޫރިމަނާކޮށް އެތައް ބައެއްގެ މެދުގައި އެފަރާތްތައް ލަދުގަންނުވާލައިފިއެވެ.

ޒާކިރު ނައިކާއި ދެކޮޅަށް މެލޭޝިއާގެ އެ ޖަމާޢަތުން އެޤައުމުގެ ހައިކޯޓަށް މައްސަލަ ހުށަހެޅީ، އެޤައުމުން ޒާކިރު ނައިކަށް ޕާމެނެންޓް ރެޒިޑެންޓް ދީފައިވާތީ، އޭނާ އެއީ ޤައުމީ ސަލާމަތަށް ނުރައްކާ ކުރިމަތި ކުރުވަފާނޭ މީހެއް ކަމަށް ބުނެއެވެ.

މިމައްސަލަ ކޯޓަށް ހުށަހެޅީ، ހިންދުރަފް ޖަމާޢަތުގެ ޗެއާމަން ޕީ ވޭތާމޫރުތީ އާއި އޭނާގެ 18 ބައިވެރިއަކު ގުޅިގެންނެވެ. މި މައްސަލައާއި ގުޅިގެން ކޯޓުން ޙުކުމް ކޮށްފައިވަނީ، މައްސަލަ ހުށަހެޅި 19 މީހުން އެޤައުމުގެ ސަރުކާރަށް 5000 މެލޭޝިއަން ރިންގިޓް ދައްކަން ޖެހޭ ކަމަށެވެ.

މި މައްސަލަ ކޯޓުން ބޭރުކޮށްލީ، މައްސަލަ ހުށަހެޅުމުގައި ދަޢުވާ ލިބޭ ފަރާތުގެ ގޮތުގައި ޒާކިރު ނައިކް ހިމަނާފައި ނެތުމާއި އެކު، އޭނާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު އެކަމުގެ ސަބަބުން ނުލިބޭތީއެވެ.

ކޯޓުގެ މި ނިންމުމަށް މަރުޙަބާކިޔައި މެލޭޝިއާގެ ޖަމާޢަތަކުން ބުނެފައިވަނީ، ހެއްކެއް ނެތި މީހަކާއި މެދު އޮންނަ ޒާތީ ހަސަދަވެރިކަމެއްގައި، ކޯޓަށް މައްސަލަ ހުށަހެޅުމަކީ ލަދުވެތި ކަމެއް ކަމަށެވެ.

ޒާކިރު ނައިކާއި ދެކޮޅަށް މިދިޔަ އަހަރު ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ، އެޤައުމުގައި ހިނގާދިޔަ ނިރުބަވެރި (ޓެރެރިސްޓް) ޙަމަލާއަކަށްފަހު މީގެ ފަސް އަހަރު ކުރިން މެލޭޝިއާއިން އޭނާއަށް ޕީއާރު ދީފައިވާ ކަމަށް ބުނެ އެޤައުމުގެ މީޑިއާއަކުން ކުރި ރިޕޯޓަކާއި ގުޅިގެންނެވެ. އެއާއި އެކު ހައްދުފަހަނައަޅާފައިވާ ހިންދޫ ޖަމާޢަތްތަކުން އެކަމާއި ދެކޮޅުހަދައި ނުރުހުން ފާޅުކުރަމުންދިޔައިރު، އެ ޙަމަލާއާއި ޒާކިރު ނައިކާއި ގުޅުމެއްވާ ކަމަށް ބުނަމުން ދިޔައެވެ.

ހިންދޫންގެ ބަޔަކު މެލޭޝިއާގައި އެކަމާއި ގުޅޭ ގޮތުން އެކި ވާހަކަ ދައްކަމުން ދިޔަ އެ ދަނޑިވަޅުގައި، އިންޑިއާއިން ވެސް ވަނީ މައްސަލައިގެ ތެރެއަށް ވަދެ ޒާކިރު ނައިކާއި ގުޅޭ ތަހުޤީޤެއް ފަށާފައެވެ. އަދި ނިރުބަވެރިކަމަށް ހިއްވަރުދިން ކަމުގެ ތުހުމަތު އޭނާގެ މައްޗަށް އެޤައުމުން ވަނީ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ހުސޭނުބޭ

    ސަޅި!

  2. 123

    ކަލޭމެންނަކަށް ފާޑުފާޑަކަށް ޒާކިރް ނައިކަކާ ނުކުޅެވޭނެ

  3. އަޙްމަދު

    ޒާކިރުނައިކަށް
    "މަޝްހޫރު ދީނީ ޢިލްމުވެރިޔާ" އޭ
    ބުނެ މުޙާތްބުކުރާއިރު
    މި ޒާކިރުނައިކު ދީނީ ޢިލްމު ހާސިލު ކުރީ ކޮން ޔުނިވަރުސިޓިއަކުންތޯ؟
    މީނާގެ ޝޭޙުންނަކީ ކޮންކޮން ބޭކަލުންނެއްތޯ؟މިނާ ދީނީ އިލްމުހާސިލު ކުރީ ކޮންކޮން ރޮނގަކުންތޯ؟قران ތަފްސީރު އިލްމުންތޯ؟ޙަދީޘް ޢިލްމުނތޯ؟ފިޤްހް ޢުލްމުންތޯ؟
    ނުވަތަ ކޮންކޮން ރޮނގަކުން ދީނުގެޢިލްމު ހާސިލުކޮއްފައި ހުރިމީހެއްތޯ ޒާކިރުނައިކަކީ!؟!؟!؟

    1
    10
    • ަބޮކީ

      ނިކަން ޒާކިރް ނައިކް ކައިރީ އަހާލަބަލަ ތިސުވާލުތައް.....ހިންހަމަ ޖެހޭވަރުގެ ޖަވާބެއްލިބޭނެކަމަށް އުންމީދުކުރަން.ދެން އިތުރަށް ސުވާލެއް ނުއުފެދޭވަރުގެ ޖަވާބެއް ދޭނެ.

      12
    • ނުރަބޯ

      ކަލެއަށްކެރޭނެތަ ޒާކިރުގެ ކުރިމަތީގައި ތިޔަސުވާލުކުރަން؟ ކަލޭގުއިރައްވާލާނެ.

  4. ދުވާރު

    ކަލޭ ބަލަންޖެހޭތަ..ކަލެއާ ކޮންކަމެއް ޒާކިރު ނާއިކް ކޮންމެ ތާކުން ކިޔެވިއަސް..ކަލޭ އަތުން ހިޔެއްނުވޭ ކިޔަވާކައް ބައިރުފިޔާ އެއްވެސް ނަގާނެހެނެއް..