ޖަރުމަނުގައި ހުންނަ މިއުޒިއަމް އަކުން 1 ބިލިއަން ޔޫރޯ ނުވަތަ 16 ބިލިއަނަށް ވުރެން ގިނަ ދިވެހި ރުފިޔާގެ އަގުހުރި ތަކެތި ވަގަށް ނަގައިފިއެވެ.

މި ހާދިސާ ހިނގާފައި ވަނީ އެ ގައުމުގެ ޑްރެސްޑެންގައި ހުންނަ ގްރީން ވޯލްްޓް މިއުޒިއަމްގައެވެ. ކަމާބެހޭ ފަރާތްތަކުން މި ވައްކަން ސިފަ ކުރަނީ ދެވަނަ ބޮޑު ހަނގުރާމަ އަށް ފަހު ދުނިޔޭގައި ކުރި މިފަދަ އެންމެ ބޮޑު ވައްކަމުގެ ސިފައިގައެވެ.

އެ މިއުޒިއަމް އިން ވައްކަން ކުރި މީހުން އެކަން ކޮށްފައި ވަނީ ފަތިން ގަޑީގައެވެ. އެންމެ ފުރަތަމަ އެ އިމާރާތުން ކަރަންޓު ދުއްވާލުމަށްފަހު އެތެރެއަށް ވަދެ އެމީހުން ވަނީ މިއުޒިއަމް ތެރޭގައި ހުރި އެތައް އަހަރެއް ވެފައިވާ ޑައިމަންޑް ތަކާއި އަގުބޮޑެތި އެތައް ގަހަނާތަކެއް ނަގާފައެވެ.

މިއުޒިއަމް ބަންދުކޮށް ފުލުހުން ތަހުގީގު ކުރަނީ

މި ހާދިސާ ހިނގި ވަގުތު މިއުޒިއަމް ކައިރީ ހުރި އެހެން ސަރަހެއްދެއްގަިއ ވަނީ އަލިފާނުގެ ހާދިސާ އެއް ހިނގާފައެވެ. ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެ އަލިފާންގަނޑު ވަނީ މި ވައްކަމާއި ގުޅިފައެވެ.

މި ޖަރީމާ ހިންގި މީހުން ސާމާނު ތަކާއި އެކު މިއުޒިއަމް އިން ގޮސްފައި ވަނީ ކާރެއްގައި ކަމަށް ޖަރުމަނުގެ ބައެއް ރިޕޯޓުތައް ބުނަމުން އައި ނަމަވެސް، ކަރަންޓު ނެތުމުގެ ސަބަބުން އެ ކާރު ކެމެރާތަކަށް އަރާނޭ ކަމަކަށް ނުބެލެވެއެވެ.

މިހައިތަނަށް އަދި އެއްވެސް މީހަކު ހައްޔަރުވެސް ކޮށްފައި ނުވާއިރު މިކަމާއި ގުޅިގެން މުޅި ޖަރުމަނުވެސް އޮތީ ސިހުމެއްގެ ތެރޭގައިކަން ފާހަގަކޮށްލެވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު