އިރާގުގެ ސަރުކާރާއި ދެކޮޅަށް ކުރާ މުޒާހަރާގަައި އެގައުމުގައި ހުރި އީރާނުގެ ކޮންސިއުލޭޓެއް އަންދާލަައިފިއެވެ.

އަންދާލާފައި ވަނީ އީރާގުގެ ދެކުނުގައި އޮންނަ ނަޖަފް ސިޓީގަައި ހުރި އީރާނުގެ ކޮންސިއުލޭޓެވެ.

އީރާނުގެ ކޮންސިއުލޭޓް އެއްކޮށް އަންދާލާފައި ވަނީ އެތާ އެތެރޭގައި އީރާނަށް ނިސްބަތްވާ މުވައްޒަފުންވެސް ތިބި ވަގުތެއްގައެވެ. ނަމަވެސް އެމީހުން ވަނީ ހުޅު ރޯވުމުގެ ކުރިން އެތަނުގެ ވަލު ދޮރާށިން ނިކުމެފައެވެ.

އީރާގުގެ ސަރުކާކުގެ ކޮރަޕްޝަން އިންތިހާ އަށް އިތުރުވެފައިވާ ކަމަށް ބުނެ އެ ގައުމުގެ ރައްޔިތުން ސަރުކާރާއި ދެކޮޅަށް ކުރަމުން އަންނަ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި މިހައިތަނަށް ވަނީ އާއްމުންގެ 350ށް ވުރެން ގިނަ މީހުން މަރުވެފައެވެ. މި އެންމެންވެސް މަރުވެފައި ވަނީ ސަލާމަތީ ބާރުތަކުން ލައިވް ވަޒަން އެމީހުންނަށް އަމާޒުކޮށް ޖެހުމާއި ގުޅިގެންނެވެ.

މުޒާހަރާގެ ބައިވެރިން އެ އިމާރާތަށް ވަނުން ހުއްޓުވުމަށް ސަލާމަތީ ބާރުތަކުން އުޅުމުގެ ތެރޭގައި މިރޭ އެކަކު މަރުވިއިރު، އެ ގައުމުގެ އެހެން ހިސާބުތަކުގައި ކުރިއަށް ދިޔަ މުޒާހަރާތަކުގައި އިތުރު 6 މީހަކު ވަނީ މަރުވެފައެވެ. އަދި 1000ށް ވުރެން ގިިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މިރޭ ހިނގި ހާދިސާ އަށް ފަހު ނަޖަފް ސިޓީގައި މިހާރު ވަނީ ކުއްލި ހާލަތުވެސް އިއުލާން ކޮށްފައިކަން ފާހަގަކޮށްލެވެއެވެ.

އީރާގުގެ އާއްމު ރައްޔިތުން މުޒާހަރާ ކުރަަނީ ކޮރަޕްޝަންގެ އިތުރުން، ވަޒީފާތައް މަދުވުމާއި އާއްމު ޙިދުމަތްތައް ލިބުމުން ރައްޔިތުން މަހުރޫމްވުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ. އެމީހުން އީރާނުގެ ކޮންސިއުލޭޓް ރޯކޮށްލާފައި ވަނީ އީރާގުގެ ދާޙިލީ ކަންކަމުގެ ތެރެއަށް އީރާނުގެ ނުފޫޒް ފޯރުވަމުން ގެންދާތީ ކަމަށްވެސް ވެއެވެ. މުޒާހަރާގެ ބައިވެރިން ވަނީ އީރާން ކޮންސިއުލޭޓް އަންދާލުމަށް ފަހު އީރާނުގެ ދިދަ އެތަނުން ނަގައި، އޭގެ ބަދަލުގައި އީރާގުގެ ދިދަ އަރުވާފައެވެ.

މިހާރު ކުރިއަށްދާ މުޒާހަރާތަކަކީ އީރާގުގެ ފަހުގެ ތާރީޙެއްގައިވެސް އެ ގައުމު ދުށް އެންމެ ބޮޑު އަދި އެންމެ ވަރުގަދަ މުޒާހަރާތައް ކަމަށް ރިޕޯޓްތައް ބުނެއެވެ.

މި މުޒާހަރާތައް ފެށި ފަހުން ކޮންމެ ދުވަހެއްގައިވެސް އާއްމު ރައްޔިތުންނާއި ސަލާމަތީ ބާރުތަކާއި ދެމެދު އަންނަނީ ކުރިމަތިލުންތައް ހިނގަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސަމީރު

    ތީ އެމެރިކާއާ އެކުވެރިން ޢިރާޤަށް ލޯތްބާއެކު ދިން ހަދިޔާ. މި ދިވެހިރާއްޖެއަސް ވެސް ތިކަހަލަ ހަދިޔާއެއް ދެވޭތޯ އަވަށްޓެރި ޤައުމުތަކުން އެދަނީ ބަލަމުން. އެގޮތުން އެމީހުންގެ އެޖެންޓުން ވަރުގަދަ މުއައްސަސާތަކުގެ ވެރިކަމަށް ލައިގެން ކުޅިބައި ހަމަޖައްސަމުން އެދަނީ. ﷲ މިައުމު ރައްކާތއެރިކުރައްވާށި އަދި އެފަދަ ހިތްވަރު މިޤައުމުގެ މީހުނަށް ދެއްވާށި. އާމީން

    20
    3
    • ޖިންނި

      އާމީން

      9
      2
  2. ޖަހާންގީރު

    ޞައްދާމް ޙުސައިން ނުތުމުގެ ހިތާމައިގެ ބޮޑު ކަމާއެވެ ( ސޮލީބީންނާއި ގުޅުމުގެ ހިތިރަހަ މިހާރު ޢަރާޤީންނަށް އިޙްސާސަ ކުރެވޭނެ )

    18
    2
  3. ކޮތަރުބިސް

    މީއިރާގު އެމްޑީޕީ ކޮމްމެ ގައުމެއްގަވެސް އެމްޑީޕީއެއް އޮވެދާނެތާ

    9
    2
  4. ދިވެހި ފޭރާން

    ވަރައް ޒިންމާދާރު ހަބަރެއް

  5. ލޮލް

    ތަންދޮރު އޮޅުންފިލުވާގެން ހަބަރު ލިޔޭ!

    4
    4