އިނގިރޭސިވިލާތުގެ ލަންޑަން ބްރިޖު މަތީގައި ނިރުބަވެރި ހަމަލާ އެއް ދީފިއެވެ.
މުޅު ދުނިޔެ އަށް މަޝްހޫރު ލަންޑަން ބްރިޖު މަތީގައި ނިރުބަވެރިޔަކު އާއްމުންގެ ބަޔަކަށް ވަޅިން ހަމަލާ ދީ 2 މީހަކު މަރާލައި، އިތުރު ބަޔަކު ޒަހަމް ކޮށްލާފައިވާ ކަމަށް އެ ގައުމުގެ ރިޕޯޓުތައް ދަނީ ބުނަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާތައް ދިން މީހާ ވަކި މީހަކަށް އެ ހަމަލާތައް އަމާޒުކޮށްފައެއް ނުވެއެވެ. އޭނާ ހަމަލާ ދިނީ އެވަގުތު އޭނާ ކައިރިން ދިޔަ މީހުންނަށެވެ.
ފުލުހުން ވަނީ އެ މީހާ އިތުރުު ބަޔަކަށް ހަމަލާ ދިނުމުގެ ކުރިން ބަޑި ޖަހައި މަރާލާފައެވެ.
"އަޅުގަނޑު ވަރަށް ހިތާމަކުރަން އަނެއްކާވެސް ލަންޑަން ނިރުބަވެރިންގެ ޓާގެޓަކަށް ވުމުން" މޮޓްރޯޕޮލިޝަން ޕޮލިސް ކޮމިޝަނަރ ކްރެސީޑާ ޑިކް ބުނެފައިވެއެވެ.
ބީބީސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި ހަމަލާދިން މީހާ ވަނީ ފޭކު ގޮވާ ތަކެތި އޭނާގެ ގައިގައި ހަރުކޮށްފައެވެ. އަދި އެ މީހާ އަކީ މީގެ ކުރިން ޓެރަރިޒަމްގެ އަމަލު ސާބިތުވެ، ޖަލު ޙުކުމްވެސް ތަންފީޒު ކޮށްފައިވާ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.
މި ހާދިސާ ހިނގާފައި ވަނީ ލަންޑަން ބްރިޖުގައި ހުންނަ ފިޝްމޮންގާ ހޯލުގައި އިވެންޓެއްވެސް ކުރިއަށް ދިޔަ ގަޑީގައެވެ.
ލަންޑަން ބްރިޖުމަތީގައި ހަމަލާދިން މީހާ ހުއްޓުވުމުގައި އާއްމުންގެ މީހުން ވަނީ ބޮޑު ދައުރެއް އަދާ ކޮށްފައެވެ. އެގޮތުން ފުލުހުން އެތަނަށް އައުމާއި ހަމައަށް އޭނާ ހިފާއްޓައި، އަތުގައި އޮތް ބޮޑު ވަޅިވެސް އަތުލާފައިވެއެވެ. އޭނާ މަރާލާފައި ވަނީ ފުލުހުން އެތަނަށް އައުމަށް ފަހުގައެވެ.
ތީތޯ ތިޔަ ޑިމޮކްރަސީ އަކީ ތިޔަ މަރާލީ އަސީރެއް އޭނާގެ އަތުގައި އެއްވެސް އެއްޗެއް ނެތް ޙާލު ، ޕޮލިހުންގެ ބާރުގެ ދަށުގައި އޮއްވާ
ރާއްޖެއަށް ވެސް އނގރޭސި ޑިމޮކުރަސީ މިހާރު މިވަނީ އައިސްފައި. މިއީ އައިސިސް އަށް ވުރެ ލައްކަ ގުނަ ނުރައްކާ ބޮޑު ޓެރަރިޒަމް. ނަމަވެސް ކޮންމެ ބަޔަކުވެސް ކުށްވެރިކުރަނީ ދީނަށް އުޅުމުގައި ހައްދުފަހަނައަޅައިދާ މީހުންނަށް، އެމީހުން ރަނގަޅުކުރަނީކީ ނޫން. ދީނާއި ދެކޮޅުވެ ހައްދުފަހަނައަޅައިދާ މީހުންގެ އަމަލުތައް ހުއްޓުވާކަށް ގިނަ މީހުން ބޭނުމެއް ނޫން، އެއިރުން ޒިނޭ ނުކުރެވޭނެ، ރާ ނުބޮވޭނެ.
ތި ފައިސާ ފުލުހުންނާ ހަވާލު ކުރާތީ މަޝަށް ދެރައީ..
އަލްޙަމްދުލިﷲ !
ބޮން ހަރުކޮށްފަ ހުއްޓާ ވަޅި އަތުލެވޭ ޢާއްމުޢްނަށް ހަރުލޮށްފަ ހުރީ ފޭކް ބޮން ކަން ނޭންގި ބަޓް ޕޮލިސް ކޭމް އެންޑް ކިލްޑް ދަ ގައި ޑޭމްނ ޔޫ އސހލސ