އިންޑިއާގައި އަންހެނަކު ރޭޕްކޮށްލުމަށް ފަހު އަލިފާނަށް ލައި އަންދާލި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ ހައިދަރައާބާދުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ. ނޫސްތައް ބުނާގޮތުގައި މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 27 އަހަރުގެ އަންހެނެކެވެ.

މި އަންހެން މީހާ ރޭޕްކޮށްލާފައި ވަނީ އޭނާ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް، އޭގެ ފުރޮޅު ފަޅައިގެން ދިއުމުން އެހީތެރިވާނެ ކަމަށް ބުނެ މަގުމަތިން ޕިޕަޕެއްގައި ދިޔަ މީހެކެވެ. އޭގެ ފަހުން އޭނާ ފެނިފައި ވަނީ ބޮޑެތި ޒަޚަމްތަކާއެކު އަންދާލާފައި ވަނިކޮށެވެ. މި ހާދިސާގައި އޭނާގެ ހަށިގަނޑުގެ ބޮޑު ބައެއް ފަނީ ފިހިފައެވެ.

އޭނާ ފެނިފައި ވަނީ، ޚަބަރެއް ނުވެގެން އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓް ކޮށް، އޭނާ ހޯދަމުން ދަނިކޮށެވެ.

މި މައްސަލަ އާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ހައިދަރައާބާދުގެ ފުލުހުން ބުނެފައި ވެއެވެ. އޭގެ ތެރޭގައި އެ އަންހެން މީހާއަށް އެހީވާނެ ކަމަށް ބުނެ ޕިކަޕުގައި އޭނާ ގެންދިޔަ މީހާވެސް ހިމެނޭ ކަމަށް ވެއެވެ.

އަވައްޓެރި އިންޑިއާއަކީ ރޭޕްގެ މައްސަލަތައް ބޮޑު ޤައުމެކެވެ. އެޤައުމުގައި ހިނގާ މިފަދަ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ރޭޕްގެ ޝިކާރައަކަށް ވެގެންދާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. މި މައްސަލަތައް ހުއްޓުވުމަކަށް ގެނައުމަށް އިންޑިއާގެ އިދާރާތައް ނުކުޅެދިފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ސުލޯލިހުމޯދީޖީ

  ބަރާބަރު ޑިމޮކްރަސީ ހުންނަނީ.

  18
  2
 2. ކކ

  އެ ކުއްޖާ ދިރި އެބަހުރިތަ. ނޫނީ މަރާލީތަ.

 3. ތިވާހަކަ ޖެހޭނެ

  ތިވާހަކަ ޖެހޭނެ ކޮންމެހެންވެސް ދިވެހިމީޑިޔާގަ ޖަހަން! ލަދުކުޑަކަން!

  4
  8
 4. މުހައްމަދު

  އި ންޑިޔާ އަކީ ކޮ ންބައްތަރު ގެރި ބޯ ނދީ ގައުމު ހު ންނ ނަ ނީ.
  ބައިބަރު އަ ންގި ނާ މައްސަލަ ހު ންނ ނަނ ނީ. ބޮރުމައްސޮލަ..