އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ސައުތު ޑަކޯޓާއަށް މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް، އެ ސްޓޭޓުގެ އެއާޕޯޓަކުން ނައްޓާލި ފްލައިޓެއް ވެއްޓިއްޖެ.

މި ހާދިސާގައި ވެއްޓިފައި ވަނީ އެއް އިންޖީނުގެ ޕިލާޓިއަސް ޕީސީ-12 މަރުކާގެ ފަސެންޖަރުން އުފުލާ ކުޑަ ފްލައިޓެކެވެ.

ނޫސްތައް ބުނާގޮތުގައި ސައުތު ޑޮކާޓޯގެ ސިޓީއެއް ކަމަށްވާ ޗެމްބާލައިންގެ އެއާޕޯޓެއްގައި ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި 9 މީހަކު ވަނީ މަރުވެފައެވެ. މި ހާދިސާ ހިނގި ވަގުތު ފްލައިޓުގައި ތިބީ ޖުމްލަ 12 މީހުން ކަމަށް ވެއެވެ. މި ހާދިސާގައި ސަލާމަތްވި ތިން މީހުންނަށްވެސް އަނިޔާވުމުގެ ސަބަބުން ދަނީ ފަރުވާދެމުންނެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ސަރަޙައްދަށް ފިނި މޫސުން ކުރިމަތިވެ މޫސުން ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށެވެ. މިކަމުގެ ސަބަބުން ސިއޮކްސްފޯލްގެ މޫސުމާއި ބެހޭ އިދަރާއިން އޮތީ ޑޮކާޓާގެ ބައެއް ހިސާބުތަކަށް ސަމާލުވެސް ނެރެފައެވެ.

މި ހާދިސާގައި ފްލައިޓު ވެއްޓެން މެދުވެރިވި ސީދާ ސަބަބެއް އަދި އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ. 12 މީހުންނާއެކު ދަތުރުކުރި މި ފްލައިޓު ވެއްޓުނީ، އެއާޕޯޓުން ނައްޓާލިތާ މާގިނައިރެއް ނުވަނީހެވެ. ފްލައިޓު ދަތުރުކޮށްފައި ދަނިކޮށް ވެއްޓުމުގެ ސަބަބުން އޭގައި ވަނީ އަލިފާންވެސް ރޯވެފައެވެ. ނަމަވެސް އޮފިޝަލުން ވަނީ ހާދިސާ ހިނގިތާ މާގިނައިރެއް ނުވަނީސް އެ ސަރަޙައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އާއި އެޤައުމުގެ ނޭޝަނަލް ޓްރާންސްޕޯޓް ސޭފްޓީ ބޯޑުން މިހާރު ދަނީ މި ހާދިސާ ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖަހާންގީރު

    ފްލައިޓެއް ވެއްޓިއްޖެތަ މުސްލިމުން ކޮޅެން މަރަން ޖެހޭނެ

    1
    3
  2. ކަންނެލި

    ޑޮކާޓޯ އެއް ނޫން، ރަނގަޅު ގޮތަކީ ޑަކޯޓާ