އަނެއްކާވެސް އަވައްޓެރި އިންޑިޔާގައި އަންހެން ކުއްޖަކު ރޭޕްކޮށްލައިފިއެވެ.

އިންޑިޔާގެ ކަރްނަތަކާގައި، އުމުރުން 9 އަހަރުގެ މި ކުއްޖާ ރޭޕްކޮށް، މަރާލާފައި އޮއްވާ ފެނިފައިވަނީ އިއްޔެއެވެ.

ސުލެޕެތް ޕޮލިސް ސްޓޭޝަނުގެ ފުލުހުން ވިދާޅުވީ އެ އަންހެން ކުއްޖާ ވީނުވީއެއް ނޭނގި ގެއްލިގެން، މިދިޔަ ހޮނިހިރު ދުވަހު ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން، އިއްޔެ އެ ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ވެސް ވިދާޅުވިއެވެ.

އެ އަންހެން ކުއްޖާގެ އާއިލާއިން ބުނެފައިވަނީ، އެކުއްޖާ އެންމެ ފަހުން ގެއިން ބޭރަށް ދިޔައީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އެއަށްފަހު ގެއަށް އައިސްފައި ނުވާތީ، އެކުއްޖާ ހޯދަން އެއަވަށުގެ ގިނަ އާންމުންނާއި، ފުލުހުން ގުޅުގެން އެތައް މަސައްކަތެއް ކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ އިއްޔެ އެކުއްޖާ ފެނުނީ، ކަރްނަތަކާ ޕޮލިސް ސްޓޭޝަނާއި މާ ދުރުނޫން ހިސާބަކުން ކަމަށެވެ. އަދި އެ ކުއްޖާ ފެނުނު އިރު އޮތީ ރޭޕް ކުރުމަށްފަހު މަރާލާފައި ކަމަށެވެ. އަދި މިހާރު އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސްް އިންޑިޔާގެ ފުލުހުން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިދިޔަ އާދީއްޔަ ދުވަހުވެސް ވަނީ އިންޑިއާގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް މަރާލާފައި އޮއްވާ ފެނިއްޖެއެވެ. އެކުއްޖާ ރޭޕް ކުރުމަށްފަހު މަރާލާފައި ވަނީ، އެ ކުއްޖާގެ ސްކޫލް ބެލެޓް ބޭނުންކޮށްގެންނެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭވެސް އިންޑީޔާގެ ހައިދްރަބާދުގައި ވަނީ އުމުރުން 25 އަހަރުގެ އަންހެނަކު ރޭޕްކޮށް މަރާލާފައެވެ. މި އަންހެން މީހާ ރޭޕްކޮށްލާފައި ވަނީ އޭނާ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް، އޭގެ ފުރޮޅު ފަޅައިގެން ދިއުމުން އެހީތެރިވާނެ ކަމަށް ބުނެ މަގުމަތިން ޕިކަޕެއްގައި ދިޔަ މީހެކެވެ. އޭގެ ފަހުން އޭނާ ފެނިފައި ވަނީ ގައިގެ ބޮޑު ބައެއް އަނދާ، އަޅިޔަށް ވެފައި އޮއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މީހަކު

    ވަރައްވުރެން ޖަނަވާރީ މި މީހުން

    20
    3
  2. އިސްލާހު

    ނުބަ އިކޮށް އިން ޚަބަރެ އް. ރަނގަޅު ގޮތަކީ ޗާންދަނީ މަގާ އި ބޮޑުތަކުރުފާނު މަގު