މީގެ 3 ދުވަސް ކުރިން ދުނިޔެއަށް މަޝްހޫރު ލަންޑަން ބްރިޖުގެ މަތީގައި މީހަކު ވަނީ އާއްމު ރައްޔިތުންނަށް ވަޅިން ހަމަލާދީ 2 މީހަކު މަރާލާފައެވެ. އިނގިރޭސިވިލާތުން އެއީ ނިރުބަވެރި އަމަލެއް ކަމަށް ކަނޑައަޅާފައި ވާއިރު، އެ ހަމަލާ ދިން މީހާ ހުއްޓުވުމައި އިސް ދައުރެއް އަދާ ކޮށްފައި ވަނީ މުސްލިމެއްކަން ހާމަ ވެއްޖެއެވެ.

ހަމަލާތައް ދިން މީހާ ވަކި މީހަކަށް އެ ހަމަލާތައް އަމާޒުކޮށްފައި ނުވާއިރު، އޭނާ ހުރީ ފޭކު ގޮވާތަކެތި ހިމެނޭ ވެސްޓެއްވެސް އަޅައިގެންނެވެ. ދެ އަތަށް ދެ ވަޅި ލައިގެން ބްރިޖު މަތީ 2 މީހުން މަރާލައި، އިތުރު ބަޔަކު ޒަހަމް ކޮށްލިނަމަވެސް، އިތުރު ބަޔަކަށް ހަމަލާ ދިނުމުގެ ކުރިން މުހައްމަދު ނަމަކަށް ކިޔާ މީހަކު ވަނީ އެ ނިރުބަވެރިޔާ ގައި މައްޗައް ފުންމާލައި އޭނާ ހިފާއްޓާފައެވެ. މިއާއިއެކު މަގުމަތީގައި ދެން ތިބި މީހުންވެސް ނިރުބަވެރިޔާ ހިފޭއްޓުމަށް އެހީތެރިވެދިނެވެ.

މުހައްމަދު އަކީ ކެފޭ އެއްގެ ތަށިތައް ދޮންނަ މީހެއް ކަމުގައި ވާއިރު ހާދިސާ ހިނގި ވަގުތު އޭނާ ހުރީ ބްރޭކު ގަޑީގައެވެ. އަދި އެކަން ހިނގުމަށް ފަހު އޭނާ ވަނީ ހަމަޖެހިލައިގެން ހުރެ އަނެއްކާވެސް އެނބުރި ވަޒީފާ އަށް ގޮސްފައި ކަމަށް އެ ގައުމުގެ ރިޕޯޓުތައް ބުނެއެވެ.

ނިރުބަވެރިޔާ ގަޔަށް ފުލުހުން ބަޑި ޖެހުމަށް ފަހު

އާއްމުގޮތެއްގައި މިފަދަ ހިތްވަރުގަދަ ކަމެއް ކޮށްފައި މީހުން އުޅޭނީ މީޑިއާގެ ސަމާލުކަން ހޯދާށެވެ. ނަމަވެސް މުހައްމަދު އެނބުރި މަސައްކަތަށް ގޮސް ތަށިތައް ދޮންނަން ހުރި އިރުވެސް އެއްވެސް މީހެއް ގާތު އެވާހަކައެއް ނުދައްކާ ކަމަށް އޭނާގެ ބޮސް ވަނީ ބުނެފައެވެ.

ހަމަލާ ދިން ނިރުބަވެރިޔާ އަކީ މީގެ ކުރިން ޓެރަރިޒަމްގެ އަމަލު ސާބިތުވެ، ޖަލު ޙުކުމްވެސް ތަންފީޒު ކޮށްފައިވާ މީހެއް ކަމުގައި ވާއިރު، ފުލުހުން ވަނީ އޭނާ ހައްޔަރު ނުކޮށް ބަޑި ޖަހައި މަރާލާފައެވެ. އެއީ އޭނާގެ ވެސްޓުގައި ހުރީ އަސްލުވެސް ގޮވާތަކެތި ކަމަށް ހީކޮށްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޭ މިފަދަ ހަމަލާތަކުގެ ޒިންމާ ގިނަ ފަހަރަށް އެޅެނީ މުސްލިމުންގެ ބޮލުގައެވެ. ނަމަވެސް ހަގީގީ މުސްލިމުންނަކީ މުހައްމަދު ކަހަލަ މީހުންކަން މިދަނީ މުޅި ދުނިޔެ އަށް މަޑުމަޑުން ފެންނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޢަބްދުއްލާ

    އިނގިރޭސިވިލާތުގެ ނިރުބަވެރިޔާ ހުއްޓުވީ މުސްލިމެއް!

    18 މިނެޓް ކުރިން ( ޑިސެމްބަރު 3, 2019 )

    الحمد لله رب العالمين الحمد لله رب العالمين الحمد لله رب العالمين

    35
  2. ރޮނޑާ

    މުހައްމަދު އައް ބަރަކާތް ލައްވާށި.

    17
  3. ޢިސްމާއީލުބެ

    ޙަމަލާދިނީވެސް މުސްލިމެއް.