ޣައްޒާގެ ހާލަތު މުޅި ދުނިޔޭގެ އެންމެނަށްވެސް އެނގެއެވެ. ގަދަކަމުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތްފައިވާ އިސްރާއިލުން އެމީހުންގެ ބިންތައް ނުހައްގުން އަދިވެސް ފޭރެމުން ދާއިރު، ޣައްޒާގެ ރައްޔިތުން ތިބެނީ ކޮންމެ ވަގުތެއްގައިވެސް އިސްރާއިލް ސިފައިންގެ ފަރާތުން ހަމަލާ އެއް އައިސްދާނެކަމުގެ ބިރުވެރިކަމުގެ ތެރޭގައެވެ. ނަމަވެސް އެ ބިރުވެރިކަމުގެ ތެރޭގައިވެސް ފޮޓޯ އިން އެ ފެންނަ ޒުވާނާ ހިތްހަމަޖައްސައިލަނީ ވަރަށްވެސް އާދަޔާ ޙިލާފް ގޮތަކަށެވެ.

ޣައްޒާގައި ހަރަކާތްތެރިވާ "ވަގުތު"ގެ ނޫސްވެރިޔާ މައުލޫމާތު ދެމުން ބުނެފައި ވަނީ މި ޒުވާން ކުއްޖާ ހަރުފަތަކާއި ބާޒު ގެންގުޅެން ވަރަށް ލޯބި ކުރާ ކަމަށާއި، އޭނާ ދިރިއުޅޭ ގޭގައި އެ ޖަނަވާރުތަކަށް ވަކިން ކޮޓަރި އެއްވެސް ޙާއްސަ ކޮށްފަައި ހުންނަ ކަމަށެވެ. އަދި ބައެއް ރޭރޭ އެ ޒުވާނާ ނިދަނީވެސް އެ ޖަނަވާރުތަކާއި އެއްކޮށް ކަމަށް ބުނެފައިވެއެވެ.

ބައެއް ފަހަރު އޭނާ އެ ޖަނަވާރުތައް މީހުންނަށް ވިއްކާވެސް ހަދައެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އޭނާގެ ކޮޓަރީގައި ކުޅޭކުޅޭ ރާމާ މަކުނެއްވެސް ހަރުކޮށްފައި ވެއެވެ. އަދި އެ ކޮޓަރި ތެރޭގައި ތަފާތު އެކި ޒާތްޒާތުގެ ހަރުފަތައްވެސް ފެންނަން ހުރިއިރު، އޭނާ ގެންގުޅޭ ބާޒު އަތް މައްޗައް ލައިގެން އިންނަ މަންޒަރުވެސް ފެނެއެވެ.

ޣައްޒާ ފަދަ ތަނެއްގައި ޒުވާނަކު މިފަދަ ކަމެއް ކުރާތީ ބައެއް މީހުންނަށް ގަބޫލުވެސް ނުކުރެވެއެވެ. ނަމަވެސް، އެ ޒުވާނާ ޖަނަވާރުތަކަށް ލޯބި ކުރާ ކަމީ ރަނގަޅު ސިފައެކެވެ. އަދި މިކަމަށް އިސްރާއިލް ސިފައިން ހުރަސް ނާޅައިފިނަމަ ކިތަންމެހައިވެސް ރަނގަޅެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުހައްމަދު

    މާރުކޭޓު މިއަދު ރޯކަޱުމަސް ވިއްކާއެބަ ހަހަހާ

    13
    9
  2. ނިސާ

    މީދެން ހަބަތެއްތަ

    13
    13
  3. .....

    އަޖައިބެއް...އިންސާނުން ކާން ނުލިބިގެން މަރުވަމުންދާއިރު ޖަނަވާރުތަކަކަށް ހިމާޔަތް ދީގެން...ކޮންފަދަ ނުބައި ފާލެއްތޯ...އިންސާނުންނަށްވުރެ ޖަނަވާރުން ހުރުމަތްތެރިކަން ބޮޑީތޯ...

    4
    18