އިންޑިއާގެ މުމްބާއީގައި ހުންނަ ކަރްޖާތް ބޯޑިންގ ސްކޫލްގައި ކިޔަވަމުންދާ އަޑު ނީވޭ, ވާހަކަ ނުދެއްކޭ ހުރިހާ ކުދިން ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މުމްބާއި މިރޯގައި ބުނެފައިވާގޮތުގައި، އެ ކަމާއި ގުޅިގެން އެ ކުދިންނަށް އެހީތެރިވުމަށް ތިބޭ ދެ މީހެއްގެ މައްސަލަ ސްކޫލަށް ވަނީ ހުށަހަޅާފައެެވެ. އަދި ކުރި ތަހުގީގުން އެނގުނު ގޮތުގައި، އެ ސްކޫލްގެ މެޖޯރިޓީ ކުދިންނަށް ވަނީ ޖިންސީ އަނިޔާ ލިބިފައެވެ.

ފުލުހުން މިހާރު ދަނީ އެކި ކުދިންގެ ބަޔާންތައް ނަގަމުންނެވެ. މިހާތަނަށް ހަތް އަންހެން ކުއްޖެއްގެ ބަޔާން ނަގާފައިވާކަމަށް ވެއެވެ. އެ ކުދިންގެ އުމުރަކީ 6 އަހަރާއި 13 އަހަރާއި ދެމެދެވެ. ފުލުހުންގެ ތަހުގީގަށް އެހީއެއްގެ ގޮތުން އަތުގެ ހަރަކާތުން މި ކުދިންނާއި ވާހަކަދެއްކޭނެ މީހަކު ވަނީ ހޯދާފައެވެ.

މިގޮތަށް ކުރިއަށްގެންދާ ތަހުގީގުތަކުން އެނގޭގޮތުގައި، އެ ސްކޫލްގެ ހުރިހާ އަންހެން ކުދިންނަށް ވަނީ އެކި ގޮތްގޮތުން ޖިންސީ އަނިޔާ ލިބިފައެވެ.

މި މައްސަލަތައް ފެންމަތިވި ނަމަވެސް، ސްކޫލްގެ ކަމާއި ބެހޭ ބޮޑެތި މީހުން އެކަންކަން ބަލައި ފިޔަވަޅު އަޅާފައިނުވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

40 ކުދިން ކިޔަވަމުން އަންނަ އެ ސްކޫލުގެ ބޯޑިންގ ކުދިންގެ ތެރޭގައި އުޅެނީ އެ ސްކޫލާއި ތަންކޮޅެއް ދުރުގައި އުޅޭ ހަތް އަންެހެން ކުއްޖަކާއި ނުވަ ފިިރިހެން ކުއްޖެކެވެ.

މިކަންތައް ފެންމަތިވީ މި ކުދިން ޗުއްޓީއަށް އަވަށަށް ގޮސް އާއިލާއެކު އުޅެން ފެށުމުންނެވެ. މި ކުދިން ޗުއްޓީއަށް ގޮސްފައި ވަނީ މާރިޗް 28 ގައެވެ. މާރިޗް 27 ގައި އެއް ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަން އެ ކުދިންގެ މައިންބަފައިންނަށް އެނގި އޭނާއާ ޖިންސީ ގުޅުން ހިންގި މީހާ ވަނީ ޖަލަށް ލާފައެވެ.

ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އ

    ޔާ ރައްބީ

  2. ރައްޔިތެއް

    ރާއްޖެއިން އިންޑިޔާއާ އެކު ގާއިމް ކޮށްފައިވާ ހުރިހާ ގުޅުމެއް ކަނޑާލަން އަޅުގަނޑަށް ފެންނަނީ.. އެތަނަށް ގޮސް އުޅެން ހެޔޮވެސް ނުވާނެ..

  3. ސިކް އިން

    އިންޑިއާ ފިރިހެނުންނަށް ކިހިނެތްތަ ވެގެން މިއުޅެނީ މައިތިރިނުވެވިގެން! ކުދިކުދި ކިރުބޯޅަދަރިން ނޫނިއްޔާ ހިތްނުފުރިގެން މިއުޅެނީ އެޔޮއްބޮޑު އިންޑިއާއިން އަންހެނުން ހުސްވީތަ؟ މިވަރުގެ ގައުމެއްގެ ސަރުކާރެއްތަ ރާއްޖޭގެ ކަންކަން ކަމުނުގޮސްގެން ނޭވާނޭފަތުން ނުލެވިގެން މިއުޅެނީ!!!

  4. އެދުރުބެ

    ރޭޕިސްތާން ....ތުމޭ ޝަރަމް ނެހީހޭ...