ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަ ކުރުމުގައި ހައްދުފަހަނައަޅާފައި އޮންނަ އިންޑިއާގައި ޒުވާން އަންހެނަކު ރޭޕް ކުރިކަމަށް ތުހުމަތު ކުރެވުނު ހަތަރު މީހެއްގެ ގަޔަށް ފުލުހުން ބަޑި ޖަހައި އެމީހުން މަރާލައިފިއެވެ. މިކަން ހިނގީ އިންޑިއާގެ ހައިދަރުއާބާދުގެ ދެކުނުގައެވެ.

މި ހަތަރު މީހުންގެ މައްޗަށް ތުހުމަތު ކުރެވެނީ ގޭންގް ހަދައިގެން 27 އަހަރުގެ ޕްރިޔަންކާ ރެޑީ ނަމަކަށް ކިޔަ އަންހެނަކު ރޭޕް ކޮށްލި ކަމަށެވެ. އެމީހުން ހައްޔަރު ކުރީ މިދިޔަ ހަފްތާގައެވެ.

ފުލުހުން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ކުށުގެ އަމަލު އެމީހުން ހިންގި ތަނަށް މިއަދު ހެނދުނު އެމީހުން ގެންދިޔަ ކަމަށާއި ނަމަވެސް ތަޙްޤީޤަށް އެއްބާރުލުން ނުދީ ފުލުހުންގެ އަތުން ހަތިޔާރު އަތުލައިގެން ފުލުހުންނަށް ހަމަލާދޭން އެމީހުން މަސައްކަތް ކޮށްފައިވާ ކަމަށެވެ.

"ފުލުހުންނަށް ހަމަލާދޭން ކުށްވެރިން މަސައްކަތް ކުރުމުން ފުލުހުން ވަނީ އެމީހުންގެ ގަޔަށް ބަޑި ޖަހާފައި. ހަތަރު މީހުން ވެސް ވަނީ ފުލުހުން ބަޑި ޖެހުމުން މަރުވެފައި." ފުލުހުންގެ ތަރުޖަމާނަކު ވިދާޅުވިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ، ޕްރިޔަންކާ ރެޑީ ރޭޕްކޮށްލާފައި ވަނީ އޭނާ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް، އޭގެ ފުރޮޅު ފަޅައިގެން ދިއުމުން އެހީތެރިވާނެ ކަމަށް ބުނެ މަގުމަތިން ޕިކަޕެއްގައި ދިޔަ ބައެކެވެ. އޭގެ ފަހުން އޭނާ ފެނިފައިވަނީ ރޭޕު ކުރުމަށްފަހު އަންދާލާފައި އޮއްވައެވެ.

މިހާރު އިންޑިއާގައި އަނެއްކާ ވެސް ވަނީ ރޭޕް ކުރާ މީހުންގެ މައްސަލަތައް އަވަސްކޮށް އެމީހުންނަށް މަރުގެ އަދަބު ދިނުމަށް ގޮވާލާ މުޒާހަރާތައް ކުރަން ފަށާފައެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިންޑިއާ އަކީ އަންހެނުނަށް އެންމެ ނުރައްކާތެރި އެއް ގައުމެވެ. މިދިޔަ އަހަރު ވެސް އިންޑިއާގައި ދުވާލަކު 90 އަންހެނުން ރޭޕް ކޮށްފައިވެއެވެ. އަދި ރިޕޯޓް ނުކުރަ މިފަދަ އެތައް ސަތޭކަ މައްސަލައެއް ހުންނާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ފަހަކަށް އައިސް އިންޑިއާގައި ރޭޕްގެ މައްސަލަތަކަށް ހަރުކަށި އަދަބު ދިން ނަމަވެސް އަދިވެސް ރޭޕްގެ މައްސަލަތައް މަދެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މޯދީ

    އެކަންތައް އެނިމުނީ، އިންސާފު ލިބުނީ ނޫންތޯ!

    47
    2
  2. ޙަަރުން

    ގަދަ.....

    47
    1
  3. ސޯލިހު ސަރުކާރު

    ތިދިޔައީ ހަމަ ރަނގަޅަށް.

    54
    1
  4. ހަސަން

    މުސްލިމު ބައެއްވީމަ ހަމަ މަރާލީ

    9
    35
    • ޢަލިބެ

      މުސްލިމުން އަންހެނުން ރޭޕްކޮށް މަރާހަދާތަ.

      22
      1
  5. އަލީ

    މުސްލިމު ކުދިން ، ގަދަކަމުން އަންހެނުން ރޭޕް ކުރޭތަ؟ ކުށެއް ކޮއްފިޔާ އަދަބު ލިބެންޖެހޭނެ ކޮންމެ ދީނެއްގެ މީހަކަސް ،،،

    62
  6. ކިނބޫ

    ހައިދަރުއާބާދު ފުލުހުން އެހެދީ ބޮލުގެ އެއްޗެއް. މިރޭޕްކުރާ މީހުން ކޯޓަށް ދަމަދަމާ 5 އަހަރު އުޅުމަށްވުރެ އަވަސް ހައްލެއް އެހޯދީ. ދެން ހިއުމަން ރައިޓްސް ވަންނާނެ މިދޭތެރެ

    38
  7. ޢަލިބެ

    އިންޑިއާގެ ނަން ހިންދުސްތާނުން ރޭޕިސްތާނަށް ބަދަލުކުރަން މޯދީއަށް އަންގަންވީނު

    15
    1
  8. ާައަސްލަމް

    ބަރާބަރު އަންހެންކުއްޖާވެސް ރޭޕްކޮއް މަރާލީ ދެންއެމީހުން މަރަން ނުޖެހެނީތަ މުސްލިމް ވިޔަސް މަރަށް މަރު

    16
  9. އަބޯ

    ފުލުހުން ތިޔަ ނިންމީ ރަނގަޅު ނިންމުމެއް 7،8ފެބްރުއަރީގަ ފުލުހުން ތިަޔަ ހަތިޔާރުގެ ބޭނުން ކުރެއްވިނަމަ ގައުމު މިހާރު އޮތީހީ ހަމަޖެހުމުގަ. އެހެންވެ މާއިދާ ސޫރަތުގެ 33 ވަނަ އާޔަތުގަ އެ އަމުރު އައިސްފަ އެއޮތީ .

    7
    1