އަބަދު މަންމައިން އެމީހުންގެ ދަރިންނަށް އަޅާލާ، ލޯބިދޭ ވާހަކަ ދެއްކި ނަމަ ވެސް، ބައްޕައިން އެމީހުންގެ ދަރިންނަށްޓަކާ ވަމުންދާ ގުރުބާނީތައް ފާހަގަކޮށް އެކަމަށް ޝުކުރުވެރިވަނީ މަދު ބައެކެވެ. ހަގީގަތުގައި މައިން އެމީހުންގެ ދަރިންނާއި އެކު އުފަލުގައި ދިރިއުޅުމަށް މަގުފަހި ކޮށްދީ އެމީހުންނަށްޓަކައި އަމިއްލަ އުފާތައް ގުރުބާންކޮށް ބުރަ މަސައްކަތް ކުރާ މީހުންނަކީ ބަފައިންކަން ޔަގީނެވެ.

ސަފީ އަލީ ނަމަކަށް މީހަކު ވަނީ ބައްޕައަކު އޭނާގެ އަންހެން ދަރި ސްކޫލަށް ގެންދިއުމަށް 12 ކިލޯމީޓަރު ކަޑަައްތުކޮށް ކުރަމުންދާ މަސައްކަތުގެ ވާހަކަ ޓްވިޓާ މެދުވެރިކޮށް ހިއްސާކޮށްފައެވެ. އެ ޓްވީޓަށް ގިނަ ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ.

އޭނާގެ ޓްވީޓުގައި ބުނެފައި ވަނީ "މި ބައްޕައަކީ ހަގީގީ ހީރޯއެއް. ކޮންމެ ދުވަހަކު މިއާ ހާން އޭނާގެ އަންހެން ދަރި ސްކޫލަށް ގެންދަނީ 12 ކިލޯމީޓަރު ކަޑައްތުކޮށް. އަދި ހަތަރު ގަޑި އިރު މަޑުުރޭ ދަރިފުޅު ސްކޫލް ނިމެންދެއް. އެބައްޕަ ބޭނުން ވަނީ އޭނާ އަށް ނުކިޔެވި ހުރީމައި އޭނާގެ ދަރިފުޅަށް ރަނގަޅު ތައުލީމެއް ދޭން. އަދި އެ ސަރަހައްދުގައި ޑޮކްޓަރެއް ނެތުމުން އޭނާގެ ދަރިފުޅަށް މޮޅަށް ކިޔަވައިދީ ޑޮކްޓަރަކަށް ހަދައިދޭން"

https://twitter.com/SafiAli94/status/1201937353725677570?s=20

އެ ޓްވީޓަށް އެތައް ބަޔަކު ދަނީ ތައުރީފް ކުރަމުންނެވެ. އެ ޓްވީޓަށް ހާހަކަށްވުރެ ގިނަ މީހުން ލައިކް ދީފައިވާ އިރު ގިނަ ބަޔަކު ދަނީ އެއީ އަގުހުރި ފިލާވަޅެއް ދައްކުވައިދޭ ވާހަކައެއް ކަން ފާހަގަކުރަމުންނެވެ. އަދި ބައްޕައިންގެ އަގު ވަޒަން ކުރުމަށް ގޮވާލާ، އެމީހުން ދަނީ މިއާ ހާން ކުރަމުންދާ މަސައްކަތް ކާމިޔާބު ކޮށްދެއްވުމަށް އެދި ދުއާ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮދުވަރު

    ފަލަސްތީންގަ ތިހާފަސޭހަކަމެޢްނޫން. އަފްގާނިސްތާން ނޫނީ ޕާކިސްތާން އޭ ބުނިނަމަ ރަގަޅު. ނޫނަސް ފޮޓޯ ބަލާލުންވެސް މީ ފަލަސްތީން ބަޔެކޭ ބުނަންދަތި

    13
    3
  2. މޮޔައެނޮނިމަސް

    ގަމާރު ކަން.ތީ ފަލަސްތީނެ އްނޫން.ތީ.މާލޭ މީހެ އް

  3. ކ

    ފަލަސްދީން މިހެއް ނޫން އެއީ. ސާބަސް ވަގުތަށް،

  4. ބޯބުރާންތި

    ފުރަތަމަ ފަހަރަށް ފަލަސްތީނުގެ އަންހެނެއްގެ އިސްތަށިގަނޑު މި ފެނުނީ. ދެން މަށަށް ވާނެވަރު ހީކޮށްލާ

    3
    3
  5. ރަމްޒީ

    100% ތާއިދު

    2
    1