އިންޑިއާގައި ރޭޕްގެ މައްސަލައެއްގައި ކޯޓަށް ދިޔަ އަންހެނެއްގެ ގައިގާ އަލިފާން ރޯކޮށްލައިފިއެވެ.

މިކަން ހިނގާފައިވަނީ އިއްޔެ، އިންޑިޔާގެ އުއްތަ ޕްރަދޭޝްގައެވެ.

ސީއެންއެން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އަންހެންމީހާގެ ގައިގާ ރޯކޮށްލާފައިވަނީ އޭނާ ރޭޕްކޮށްލުމުން، އެ މައްސަލައިގެ ޝަރީއަތަކަށް ކޯޓަށް ދަނިކޮށެވެ. އަދި އޭނާގެ ގައިގާ އަލިފާން ރޯކޮށްލާފައިވަނީވެސް، މީގެ ދެ އަހަރު ކުރިން އެ އަންހެންމީހާ ރޭޕްކުރި ދެމީހުން ކަމަށް އުއްތަ ޕްރެދޭޝްގެ ފުލުހުން ވަނީ ބުނެފައެވެ.

އެ އަންހެން މީހާއަށް ފަރުވާދެމުންދާ ލަކްނައު ހޮސްޕިޓަލާއި ހަވާލާދީ އިންޑިޔާ ފުލުހުން ބުނެފައިވަނީ އޭނަގެ ހަށިގަނޑުގެ 90 ޕަސެންޓު ވަނީ އަނދާފައި ކަމަށެވެ. އަދި އޭނާގެ ފުރާނަ ސަލާމަތް ކުރުމަށް ކުރިއަށް އޮތް 72 ގަޑިއިރު ތެރޭ ދޭ ފަރުވާ ވަރަށް މުހިއްމު ކަމަށާއި އޭނަ ދިއްލީގެ ހޮސްޕިޓަލަކަށް ބަދަލު ކުރުން އެކަށީގެންވާ ކަމަށެވެ.

އިންޑިޔާގެ ފުލުހުން އިތުރަށް ބުނީ އެ އަންހެން މީހާގެ ގައިގައި ރޯކުރީ، މީގެ އަހަރެއް ކުރިން އޭނާ ރޭޕް ކުރި ދެ މީހުންނާއި އިތުރު ތިން މީހުންވެގެން ކަމަށެވެ. އެ ދެ މީހުންނަކީ ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަންކޮށްފައިވާ މީހުން ކަމަށްވެސް އިންޑިޔާގެ ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން އިންޑިޔާގެ ފުލުހުން ބުނީ، އެ އަންހެން މީހާގެ ގައިގައި ހުޅުޖެހި މީހުންގެ ތެރޭގައި، އޭނަގެ ބައްޕައާއި، އަދި އާއިލާގެ އިތުރު މީހަކު ހިމެނޭކަމަށެވެ.

މީގެ އިތުރުން މިދިޔަ ނޮވެމްބަރުގެ މަހުގެ 27 ވަނަ ދުވަހުގެ ރޭގައިވެސް، އިންޑިޔާގައިވަނީ އަންހެނަކު ރޭޕްކޮށްލުމަށްފަހު އަނދާ، މަރާލާފައެވެ. ޕްރިޔަންކާ ރެޑީ ރޭޕްކޮށްލާފައި ވަނީ އޭނާ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް، އޭގެ ފުރޮޅު ފަޅައިގެން ދިއުމުން އެހީތެރިވާނެ ކަމަށް ބުނެ މަގުމަތިން ޕިކަޕެއްގައި ދިޔަ ބައެކެވެ. އޭގެ ފަހުން އޭނާ ފެނިފައިވަނީ ރޭޕު ކުރުމަށްފަހު އަންދާލާފައި އޮއްވައެވެ.

ޕްރިޔަންކާ ރެޑީ އަނދާލާފައި އޮއްވާ ފެނުމާއެކު، ގިނަޔަކު ދަނީ އެކަމާއި ގުޅިގެން ހަޅުތާލު ކުރަމުންނެވެ. އަދި އޭނާއަށް އިންސާފު ހޯދައިދިނުމަށް އެތައް ބަޔަކު ގޮވާލަމުން އެބަދެއެވެ.

އަވައްޓެރި އިންޑިއާއަކީ ރޭޕްގެ މައްސަލަތައް ބޮޑު ޤައުމެކެވެ. އެޤައުމުގައި ހިނގާ މިފަދަ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ރޭޕްގެ ޝިކާރައަކަށް ވެގެންދާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. މި މައްސަލަތައް ހުއްޓުވުމަކަށް ގެނައުމަށް އިންޑިއާގެ އިދާރާތައް ނުކުޅެދިފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަލީ

    ލާދީނީ މީހުން ގިނަވެއްޖެ ކޮއްމެ ތަނެއް ހަލާކުވެ' އެކަމުގެ ދެރަހިތާމަ ލިބޭނީ ނިކަމެތިންނަށް . ޖަނަވާރުންނަށް އަޅުކަންކުރަންޏާ ، ޖަނަވާރުންގެ އުސޫލުތާ އެމީހުންގާ ހުންނާނީ ؛@