އަވައްޓެރި ސްރީލަންކާގައި ކުއްވެރިއަކު 367 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިއެވެ.

ކޮލަމްބޯ ހައިކޯޓުން އޭނާގެ މައްޗަށް މި ޙުކުމް އިއްވާފައި ވަނީ އިއްޔެއެވެ. ޕްރައިވެޓް ކުންފުންޏެއްގެ އެކައުންޓެންޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި އެމީހާ ދިގު މުއްދަތަކަށް ޖަލަށްލާން ޙުކުމްކޮށްފައި ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ޚިޔާނާތުގެ ގިނަ ދަޢުވާތަކެއް ސާބިތުވުމާއި ގުޅިގެންނެވެ.

ކޯޓުން މިގޮތަށް ޙުކުމްކޮށްފައި ވަނީ އެ މީހާގެ ޣައިރު ހާޒިރުގައެވެ. މި މައްސަލައިގެ ތުހުމަތުތަކާއެކު ފިލައިގެން އުޅެމުން އަންނަ އެ މީހާގެ މައްޗަށް ޙުކުމް އިއްވަމުން ގާޒީ ވަނީ އޭނާ ހޯދައި ހައްޔަރު ކުރުމަށް ލަންކާގެ ސަލާމަތީ ބާރުތަކަށް އަމުރުކޮށްފައެވެ.

މި ޙުކުމުގައި 367 އަހަރަށް އޭނާ ޖަލަށްލުމުގެ އިތުރުން، ލަންކާގެ 1.9 މިލިއަން ރުޕީސް އިން އޭނާ ޖޫރިމަނާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.

ލަންކާ ހައިކޯޓުގެ ގާޒީ މި ޙުކުމް އިއްވަމުން ވިދާޅުވެފައި ވަނީ، އެ މީހާގެ މައްޗަށް އެއްވެސް ޝައްކެއް ނެތް މިންވަރަށް މައްސަލައިގެ ދަޢުވާ ސާބިތުވާ ކަމަށެވެ. އަދި މިފަދަ ހަރުކަށި އަދަބެއް އޭނާއަށް ދޭން ނިންމެވީ، އެކަން އެހެން މީހުންނަށް އިބުރަތަކަށް ވެގެންދާނެ ކަމަށްޓަކައި ކަމަށްވެސް ގާޒީ ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ގުއިބެ

    މިހަކު މުތްކޭ ކިޔާބަލަ!

    2
    1