ރޭޕްގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ދަނިކޮށް ގައިގައި ރޯކޮށް އަންދާލި އަންހެންމީހާއަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

މި އަންހެން މީހާ މަރުވެފައިވަނީ ދިއްލީގެ ސަފްދަރްޖުން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްށެވެ. އެ ހޮސްޕިޓަލުން ބުނީ އޭނާ މަރުވެފައިވަނީ ހަށިގަނޑުގެ ފިހިފައިވާ ތަންތަނަށް ފަރުވާ ހޯދަމުން ދަނިކޮށް ރޭ ގާތްގަނޑަކަށް 11:40 ހާއިރު ހިތް ހުއްޓިގެން ކަމަށެވެ.

އުމުރުން 23 އަހަރުގެ އެ އަންހެން މީހާގެ ގައިގައި ރޯކޮށްލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު، ރޭޕްގެ މައްސަލައަކާއި ގުޅިގެން އޭނާގެ ވަކީލުންނާއި ބައްދަލުކުރުމަށް ކޯޓަށް ދިޔަ މަގުމަތީގައެވެ. އަދި އޭނާގެ ގައިގާ ރޯކޮށްލުމުން، އޭނާ އެންމެ ފުރަތަމަ ގެންގޮސްފައިވަނީ ލަކްނޯ ހޮސްޕިޓަލަށް ކަމަށް އިންޑިޔާގެ ފުލުހުން ވަނީ މަޢުލޫމާތު ދީފައެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ހަށިގަނޑުވެސް 90 އިންސައްތަ ވަނީ ފިހިފައެވެ.

ފުލުހުން އިތުރަށް ބުނީ އެ އަންހެން މީހާގެ ގައިގައި ރޯކުރީ، މީގެ އަހަރެއް ކުރިން އޭނާ ރޭޕް ކުރި ދެ މީހުންނާއި އިތުރު ތިން މީހުންވެގެން ކަމަށެވެ. އެ ދެ މީހުންނަކީ ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަންކޮށްފައި ތިބި މީހުން ކަމަށްވެސް އިންޑިޔާގެ ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން އިންޑިޔާގެ ފުލުހުން ބުނީ، އެ އަންހެން މީހާގެ ގައިގައި ހުޅުޖެހި މީހުންގެ ތެރޭގައި، އޭނަގެ ބައްޕައާއި، އަދި އާއިލާގެ އިތުރު މީހަކު ހިމެނޭކަމަށެވެ.

މިދިޔަ ނޮވެމްބަރުގެ މަހުގެ 27 ވަނަ ދުވަހުގެ ރޭގައިވެސް، އިންޑިޔާގައިވަނީ އަންހެނަކު ރޭޕްކޮށްލުމަށްފަހު އަނދާ، މަރާލާފައެވެ. ޕްރިޔަންކާ ރެޑީ ނަމަކަށްކިޔާ އެ އަންހެން މީހާ ރޭޕްކޮށްލާފައި ވަނީ އޭނާ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް، އޭގެ ފުރޮޅު ފަޅައިގެން ދިއުމުން އެހީތެރިވާނެ ކަމަށް ބުނެ މަގުމަތިން ޕިކަޕެއްގައި ދިޔަ ބައެކެވެ. އޭގެ ފަހުން އޭނާ ފެނިފައިވަނީ ރޭޕު ކުރުމަށްފަހު އަންދާލާފައި އޮއްވައެވެ.

ޕްރިޔަންކާ ރެޑީ އަނދާލާފައި އޮއްވާ ފެނުމާއެކު، ގިނަޔަކު ދަނީ އެކަމާއި ގުޅިގެން ހަޅުތާލު ކުރަމުންނެވެ. އަދި އޭނާއަށް އިންސާފު ހޯދައިދިނުމަށް އެތައް ބަޔަކު ގޮވާލަމުން އެބަދެއެވެ.

އަވައްޓެރި އިންޑިއާއަކީ ރޭޕްގެ މައްސަލަތައް ބޮޑު ޤައުމެކެވެ. އެޤައުމުގައި ހިނގާ މިފަދަ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ރޭޕްގެ ޝިކާރައަކަށް ވެގެންދާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. މި މައްސަލަތައް ހުއްޓުވުމަކަށް ގެނައުމަށް އިންޑިއާގެ އިދާރާތައް ނުކުޅެދިފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރޭޕިސްތާން

    އިންޑިޔާ ތީ މިހާރު އާކަމް ސިޓީ. މިތަނުގެ ނަން ރޭޕިސްތާނަށް ބަދަލު ކުރަން ހިނގާ ޕެޓިޝަނެއް ލާން ގެރި މޯދީއަށް ..

    35
    1
  2. ފިލާވާޅު

    ޢެބައެއްގެ އަބިންނާ އަންހެންދަރިން ހިމާޔައްނުކުރޭބައެއް ތީ ހާދަ ނިކަމެތި ބައެކޭ.

    16
    1