އެމެރިކާގެ ސްޓޭޓެއް ކަމަށްވާ މިނެސޯޓާގެ މެދުތެރޭގެ ސަރަޙައްދަކުން ދަތުރުކުރި ހެލިކަޕްޓަރެއް ވެއްޓި، އެއިން ދަތުރުކުރި އެންމެން މަރުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި މި ހާދިސާ ހިނގި ވަގުތު ހެލިކަޕްޓަރުން ދަތުރުކުރީ ތިން މީހެއް ކަމަށް ވެއެވެ. މިއެންމެން ވެސް ހާދިސާގައި މަރުވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ. މި ހާދިސާގައި މަރުވެފައި ވަނީ މިނެސޯޓާގައި އޮންނަ އެމެރިކާގެ އަސްކަރީ ގޮތްޕެއްގެ ހެލިކަޕްޓަރެކެވެ. އެއިން ދަތުރުކުރި ތިން މީހުންނަކީވެސް މިނެސޯޓާގެ ނޭޝަނަލް ގާޑުންނެވެ.

މި ހާދިސާގައި ހެލިކަޕްޓަރު ވެއްޓިފައި ވަނީ ދަތުރުކުރަމުން ދަނިކޮށް ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން މިނެސޯޓާގެ އަސްކަރީ މަރުކަޒާއި މުވާސަލާތީ ގުޅުން ކެނޑިފައި ވަނިކޮށެވެ. ނަމަވެސް މި މައްސަލަ ދިމާވި ސީދާ ސަބަބެއް އަދި ކަމާއި ބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.

މި ހާދިސާ އާއި ގުޅީގެން މިނެސޯޓާގެ އަސްކަރީ އިސް އޮފިޝަލަކު ނޫސްތަކުގައި ބުނިގޮތުގައި، ހެލިކަޕްޓަރު ވެއްޓިފައި ވަނީ ނައްޓާލިތާ މާގިނައިރެއް ނުވަނީހެވެ. އަދި ހެލިކަޕްޓަރު ނައްޓާލިތާ 9 މިނެޓު ވީފަހުން މައްސަލަ ދިމާވެފައިވާކަން އޭގައި ތިބި މީހުން ބުނެފައިވާ ކަމަށާއި، ނަމަވެސް އޭގެ ފަހުން މުވާސަލާތީ ގުޅުން ކެނޑުނީ ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާ އާއި ގުޅިގެން އެމެރިކާގެ އަސްކަރިއްޔާ އިން ވަނީ ހާދިސާގައި މަރުވި މީހުންގެ އާއިލާއަށް ތައުޒިޔާ ފޮނުވާފައެވެ. އަދި ހާދިސާގެ ތަހުޤީޤެއް މިހާރު ވަނީ ފަށާފައެވެ.