އިރާގާއި ސީރިޔާގައި ހަރަކާތްތެރިވާ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި ޖަމާޢަތް، އިސްލާމިކް ސްޓޭޓްސް (އައިއެސް) ގެ ލީޑަރު، އަބޫބަކުރު އަލް ބަޣްދާދީގެ ދައްތަ ރަމްޒިއްޔާ އަވާދު ހައްޔަރުކޮށްފިއެވެ.

އުމުރުން 65 އަހަރުގެ ރަމްޒިއްޔާ ހައްޔަރުކޮށްފައި ވަނީ ތުރުކީ ސިފައިން ސީރިޔާގައި ހިންގި އޮޕަރޭޝަނެއްގައި، ސީރިޔާގެ އަޒާޒް އަވަށުގައި ހުރި ދަގަނޑު ކޮންޓެއިނަރ ހައުސިން ޔުނިޓެއްގެ ތެރެއިން ކަމަށް ނޫސްތައް ބުނެއެވެ.

މި އޮޕަރޭޝަނަށްފަހު ތުރުކީގެ އޮފިޝަލުން، އެއީ ބަޣްދާދީގެ ދައްތަކަން ނޫސްތަކަށް ކަށަވަރުކޮށްދީފައިވާއިރު، އެފަރާތްތަކުން ބުނީ ރަމްޒިއްޔާ އަތުލައިގަނެވުމަކީ އައިއެސްގެ މައުލޫމާތުތައް ހޯދައިގަތުމަށާއި، އެ ޖަމާޢަތުގެ ހަރަކާތްތައް ހުއްޓުވުމަށް ތުރުކީން ފަށާފައިވާ އޮޕަރޭޝަނަށް ލިބުނު ކުރިއެރުމެއް ކަމަށެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި، ރަމްޒިއްޔާ އާއި އެކު އޭނާގެ ފިރިމީހާ އާއި އޭނާގެ ދަނބިދަރިއަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ. މި މީހުންނާއި ސުވާލުކޮށް ތުރުކީ އަސްކަރިއްޔާގެ ތަހުޤީޤު އިތުރަށް ފުޅާކޮށްފައިވާ ކަމަށްވެސް އޮފިޝަލުން ބުނެފައި ވެއެވެ.

ރަމްޒިއްޔާގެ ބޭބެ އަދި އައިއެސްގެ ލީޑަރު، ބަޣްދާދީ ވަނީ އެމެރިކާގެ އިންޓެލިޖެންސުން ދާދި ފަހުން ހިންގި އޮޕަރޭޝަނެއްގައި މަރާލާފައެވެ. އޭނާ މަރުވީ ސިފައިން އޭނާ ފިލާއޮތް ބަންކަރުގެ ވަށާލުމުން އެ ސަރަޙައްދުގައި ހުރި ބިންގަރާހެއްގެ ތެރޭގައި ޖާނުންފިދާވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    މުސްކުޅިވެފަ ހުރި ދައިތައެއް ހައްޔަރު ކުރެވުމަކީ ވ ބޮޑު ކުރި އެރުމެއް. ވ ސްޕެޝަލް ފޯސް ތަކަށް ވެސް ނުވެފަ އޮތް ކަމެއް. އައިއެސްގެ ދުވަސް މުޅިން ތި ދިޔައީ. އަދި ބަލާބަ ތި ދައިތަގެ ފިރި ބެއްޔާ ދުނިޔޭގަ ހުރިތޯ.... އަހަރުމެން ބޭނުމީ އައިއެސް ގެ ކޮމާންޑަރުން ހުއްޓުވަން. އެކަމެއް ނުވިއެއްނު .

    17
    3
  2. ފިލާވާޅު

    ވަކިފަރުދެއްކުރާކަމަކުން އާއިލާ ނުވަތަ ގާތްމީހުން އަވައްޓެރިންނައް އަނިޔާވެރިވުމަކީ އިންސާފުބާ ހަމަ ސުވާލެއް އަޅުގަނޑު ވަކިބަޔަކައް މިތާ ތާއީދުކުރަނީކީ ނޫން އިލްމުވެރިޔަކު ނޫނީ ހުމަންތައިޓްސް އެކްޓިސްޓކުވެސް މިކަމުގަ ޙިޔާލު ތަގާތުވެދާނެ

    11
    3