އިންޑޮނޭޝިއާގެ ގައުމީ އެއާލައިންގެ ސީއީއޯ ވަޒީފާގެ ބާރު ބޭނުންކޮށްގެން ވަގަށް ސައިކަލެއް އެތެރެ ކުރަން އުޅުމުން ވަޒީފާއިން ވަކި ކޮށްފިއެވެ.

ގަރުޑާ އިންޑޮނޭޝޮއާގެ ސީއީއޯ، އަރީ އަޝްރަކާ ވަނީ އޭނާގެ ވަޒީފާގެ ބާރު ނުހައްގު ގޮތުގައި ބޭނުންކޮށް އެ ސައިކަލު އެތެރެކުރަން އިތުރު މީހެއްގެ އެހީވެސް ހޯދާފައެވެ. އޭނާ އެތެރެކުރަން މަސައްކަތް ކޮށްފައިވަނީ 4 މިލިއަން ރުޕީސްގެ އަގު ހުރި ހާލީ ޑޭވިޑްސަން އެކެވެ.

އަޝްރަކާ ވަގަށް އެ ސައިކަލު އެތެރެ ކުރަން އުޅުމުގެ ތުހުމަތު ކޮށްފައިވަނީ ސަރުކަރު ކުންފުންޏެއްގައި މަސައްކަތް ކުރަމުން އަންނަ ބޭފުޅެކެވެ. އެހެން ނަމަވެސް އަޝްރަކާ އެކަމަކަށް އެވަގުތު ވަކި އެއްޗެކޭ ނުބުނެއެވެ.

އޭނާ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެ ސައިކަލު އިންޑޮނޭޝިއާއަށް ގެނެސްފައިވަނީ ފްރާންސް އިން ކަމަށެވެ. އަދި އެކަމަށް ފައިސާ ހަރަދުކޮށްފައިވަނީ އެމްސްޓަޑެމްގައި ހުންނަ ގަރުޑާ އިންޑޮނޭޝިއަންގެ އޮފީސް މެދުވެރިކޮށް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ތޯހިރު ބުނެފައިވަނީ އެ މައްސަލައިގައި އިތުރު މީހަކުގެ އަތެއް ވޭތޯ މިހަރު ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެމަގާމުގެ ބޭނުން ނާޖައިޒު ގޮތުގައި ބޭނުން ކޮށްފައިވާ މައްސަލަ މިހާރު ބަލަމުން އަންނަ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން އިންޑޮނޭޝިއާގެ ފިނޭންސް މިނިސްޓަރު ބުނެފައިވަނީ ސަރުކަރަށް 2.7 މިލިއަން ރުޕީސް އާއި 7.6 މިލިއަން ރުޕީސްގެ ގެއްލުމެއް ވެފައިވާ ކަމަށެވެ. އަދި އެ ފްލައިޓްގައި ތިބި އެފްލައިޓްގެ މުވައްޒަފުންގެ އަތެއް އެކަމުގެ ތެރޭގައި ވާނަމަ އެފަރާތްތަކާއި މެދުވެސް ފިޔަވަޅު އެޅިގެންދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު