ސީރިޔާގައި ދިން ކެމިކަލް ޙަމަލާ އާއި ގުޅިގެން ސިރިއާގެ ރައީސް ބައްޝާރުގެ ވެރިކަމާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.

އެމެރިކާ އިސްވެ އޮވެ އިގިރޭސިވިލާތް އަދި ފްރާސުން ދަނީ ސީރިއާގެ ރައީސް ބައްޝާރުގެ ސަރުކާރުގެ އަސްކަރީ މަރުކަޒު ތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދެމުން ނެވެ.

އެމެރިކާ އިސްވެ އޮވެ ހަމަލާ ދޭން މިފެށީ ސީރިޔާގައި ދިން ކެމިކަލް ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ ހަމަލާގެ ރައްދުގައި އަސްކަރީ ފިޔަވަޅެއް ނޭޅުމަށް ރަޝިއާއިން އެމެރިކާގެ ކިބައިން އެދިފައިވަނިކޮށެވެ.

އެމެރިކާއާއި ގުޅިފައިވާ އިތްތިހާދުން ދަނީ ރެއިން ފެށިގެން ސީރިއާގެ ވެރިރަށް ދިމިޝްކަށް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ސީރިއާގެ ދައުލަތުގެ ޓީވީ އިން ވަނީ އެމެރިކާގެ މިސައިލްތައް ދިމިޝްކުގެ މަތިން އުދުހޭ ވީޑިއޯ އާންމު ކޮށްފައެވެ.

ސީރިއާގެ ދައުލަތުގެ ޓީވީ އިން ބުނެފައިވަނީ އެމެރިކާ އަދި ގުޅިފައިވާ އިތްތިހާދުން ފޮނުވާލި 13 މިސައިލް ސީރިއާގެ ސިފައިން އޭއާ ޑިފެސް ސިސްޓަމުގެ އެހީގައި ވައްޓާލާފައިވާ ކަމަށެވެ.

ގައުމާއި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، "ފްރާންސްއާއި އިނގިރޭސި ވިލާތުގެ އަސްކަރިއްޔާއިން ގުޅިގެން ހިންގާ އޮޕަރޭޝަން ދަނީ ކުރިޔަށް" ކަމަށެވެ.

ސީރިޔާގެ މީޑިއާތަކުން އެ ޤައުމުގެ ވެރިރަށް ދިމިޝްގުން ގޮވުންތަކެއްގެ އަޑުއިވިފައިވާކަން ރިޕޯޓްކޮށްފައިވާއިރު އެމެރިކާގެ ޖާސޫސީ އިދާރާ ޕެންޓަގަންއަށް މައުލޫމާތުދެއްވަމުން އެމެރިކާގެ ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއާމަން، ޖެނެރަލް ޖޯސެފް ޑަންފޯޑް ބުނެފައިވަނީ މި ހަމަލާގައި ސީރިއާގެ ތިން އަމާޒަކަށް މިސައިލް ހަމަލާ ދީފައިވާ ކަމަށެވެ.

ހަމަލާ އަމާޒުވި އެއްތަނަކީ ދިމިޝްގުގައި ހުރި ސައިންޓިފިކް ރިސަރޗް ފެސިލިޓީއެއްކަމަށްވާއިރު އެމެރިކާއިން ތުހުމަތުކޮށްފައިވާ ގޮތުގައި އެތަނަކީ ކެމިކަލް އަދި ބައޮލޮޖިކަލް ހަތިޔާރު އުފެއްދުމާއި ގުޅުންއޮތް ތަނެކެވެ. ހަމަލާ ދިން ދެވަނަ ތަނަކީ ސީރިއާގެ ހޮމްސްގައި ހުންނަ ކެމިކަލް ހަތިޔާރު ރައްކާކުރާ ގުދަނަކަށެވެ.

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންއާއި އިނގިރޭސި ބޮޑުވަޒީރު ތެރީސާ މޭވެސްވަނީ ހަމަލާތަކުގައި އެ ގައުމުތަކުން ބައިވެރިވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

އެމެރިކާ އަދި ގުޅިފައިވާ އިތްތިހާދުން ސީރިއާ އަށް ހަމަލާދެމުން ދާއިރު ރަޝިއާއިން، އެމެރިކާގައި ހުންނަވާ އެގައުމުގެ އެމްބަސެޑަރ މެދުވެރިކޮށް ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ "މި ހަމަލާތަކަށް ރައްދެއް ނުދީ ދޫކޮށް ނުލާނެ" ކަމަށެވެ.

ސީރީއާ އެމެރިކާއިން އިސްވެ އޮވެ ހަމަލާ ދެމުން ދާއިރު މި ހަމަލާގައި އެއްވެސް މީހަކު މަރުވި ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އެހެންތޭ

  އެމެރިކާ ތިޔާ ކުޅެނީ ރަޝިޔާ އާއި އަދި ޗައިނާ އާއި. އެމެރިކާ ޖެހިދާނެ ޗާރޓުން ފުހެލަން. އެމެރިކާ އިނގިރޭސިވިލާތް އަދި ފްރާންސް ޗާޓުން ފުހެލާ ތަން ފެނިގެން ދާނެއޭ ބުނަން މަމެން ނެތީމު ދޯ. އެމެރިކާ މަހަށް ދޭބަލަ. މިފަހަރު އެމެރިކާ ބަލި ވެއްޖެނަމަ ރަންރީނދޫ ޓްވިޓަރޭ މެންނަށް ކުރު ދޮށިން ބޯން ދޭނަމޭ ބުނަން މަމެން ނެތީމު ދޯ. ތަމެން މަހަށް ދޭބަލަ ދެން.

 2. ނުބުނި

  ?????

 3. އަކުރަމު

  ކޮންމެ ހަމަލާއެއްގައިވެސް އަނިޔާވެ ޝަހީދުވަނީ ހަމަ ޢާންމުންގެ މީހުން. އަދި އެ ހަމަލާ ދެނީ ކޮންމެ ބަޔަކު ކަމުގައިވިޔަސް.

 4. ކެރީ

  ﷲ އަކްބަރު ސާބަހޭ ރައީސް ޓްރަމްޕް ސާރ

 5. ޜަސީދު

  ތިކެމިކަލް ހަމަލާޔަކީ ކުރިން އެމެރިކާ ރާވާގެން ދިން ހަމަލާ އެއް

 6. އަދުނާނު

  ކެކެކެކެ. އެމެރިިކާއިން އައިއެސް އަށް ފަންޑުކުރިކަން ޔަގީންވީ. އައިއެސް ބަލިކޮުރުމާއިއެކު އެމެރިކާއަށް އިތުރު އޮޕްޝަންއެއ ނެތީ ހަމަލާތައް ނުދީ.

 7. ދޫނުދޭތި

  ތީ ސީރިއާ ގައި ކެމިކަލް ހަތިޔާރު ހުރެގެން ވެސް ނޫނޭ ތިޔާ އުޅެނީ އެމެރިކާ އިން. އެެމެރިކާ އަށް ނުދެއްކޭނެ ތީގެ އެއްވެސް ހެއްކެއް އަދި ގަރީނާ އެއް. ތިޔާ ކެމިކަލް ހަތިޔާރު ބޭނުން ކުރީއެއީ ސީއަައިއޭ އިން ދީގެން ސީރިއާގެ ގާނޫނީ ސަރުކާރާއި ދެކޮޅު ހަނގުރާމަ ވެރިންނޭ. ސީރިއާގެ ރައީސް ކަމުން ބައްޝާރު ވެއްޓިއްޖެނަމަ ސީރިއާ ފުނޑޭނެއެވެ. ކަން މިހެން ހުރުމުން ރަޝިޔާ އިން ވަރުގަދަ މިލިޓަރީ ބެކިންގް ދޭން ޖެހޭނެ އަދި އެމެރިކާ އަށް ރަނގަޅު ލެސަން އެއް މީގެއިން ނަގާ ދޭން ޖެހޭނެ އެމެން ހިތުން ނުފިލާ ވަރުގެ. ކޮންގްރެސް އިން ފާސް ނުކޮށް ޓްރަމްޕް ހަނގުރާމަ ފެށީ ހަނގުރާމަ މަސްދުވަސް ވާއިރު އެމެރިކާ އަށް ކާމިޔާބު ނުވެއްޖެނަމަ އެމެރިކާ ތެރޭގައި މުޒާހަރާ ތައް ކޮށް އަދި އިނގިރޭސި ވިލާތުގެ އެތެރޭގައި މުޒާހަރާ ތައް ކޮށް އެ ދެ ގައުމަށް މަޖްބޫރު ވާނެ ޓްރޫޕްސް ވިދް ޑްރޯ ކުރަން. އެމެރިކާގެ ކޮންމެ މިސައިލް އަކީ އެއީ އެތައް ސަތޭކަ މިލިއަން ޑޮލަރު ސްޓޮކް އިންވެންޓްރީ ހުސްވާނެއޭ. ރަޝިޔާއިން ކުޑަ ވެސް ދުލެއް މިކަމުގައި ނުދޭތި.

 8. މަ މިއު މަ

  ސީރިއާގެ ރައީސްއަށް ހަލާކު ހުރި، އޭނަޔާ ހެދިގެން ދިމިޝްކު މަތީގަ މިހާރު އެ އުދުހެނީ ހުސް މިސައިލް.

 9. އަލް ބަޤުދާދީ

  މަހިތަށް އަރާ ހަމަ، ކޮންއިރަކުންބާއޭ ތިގޮތަށް މިތާ މިއުޅޭ އެމްޑީޕީ ބައިގަޑަށް ހަމަލާދޭނީ!

 10. އަހުމަދު

  އަހަރެމެން އިންސާނުންނަށް މާތްﷲ ދެއްވާފައިވާ ސިކުނޑީގެ ބޭނުން ކުރަނީ ކިހިނެއްބާއޭ ހިތަށް އަރާ.
  ޥެރިކަމާހެދި އުޅޭ މީހުން އެމެރިކާ އިނގިރޭސި ވިލާތަށް ދައުވަތު ދެނީ މިކަހަލަ ހަނގުރާމަތަށް މުސްލިމު ޤައުމުތަކުގަ ފަށަން.
  ވާހަކަ ދަޢްކައިގެން ކަންކަން ހައްލު ކުރުމުގެ ވިސްނުން އެންމެންވެސް ގެންގުޅޭނަމަ މިކަހަލަ ކަންތަށް ނުވާނެ.
  ހާލުގަ ޖެހެނީ ނިކަމެތި ރައްޔިތުން. ވީރާނާވެގެންދަނީ ޤައުމާއި އެތައްލައްކަ ބައެއްގެ ދިރިއުޅުން.
  ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ އިލާހު. އެމެރިކާ އިޒްރޭލް ފަދަ މުސްލިމުންނަށް ނިކަމެތިކޮށް ހަދާ ޤައުމުތަކުގެ ނުބައި ރޭވުންތަކުގެ މަޅީގައި އަޅަމެން މުސްލިމްތަކުން ޖެހުނަ ނުދެއްވާންދޭވެ. އަޅަމެނަށް ހެޔޮވިސްނުން ދެއްވާންދޭވެ. އާމީން

  • އ

   އާމީން ޔާﷲ

 11. 8،17

  މި ހަނގުރާމައިގެ އަސްލަކީ ބައްޝާރެއް، އައިއެސްއެއް، ކެމިކަލް ހަތިޔާރެއްވެސް ނޫން!
  މިހުރިހާ ހަނގުރާމަ ތަކުގެ އަސްލަކީ މުދަލާއި ބާރުވެރިކަން ހޯދުމަށް ހުޅަނގުގެ ޤައުމުތަކުން ރާވައިގެން ކުރާ ކަންކަން، ރަޝިޔާގެ ވެސް މުހުތާދަކީ އިރާޤުން ގޭހާއި ތެޔޮ! ބުޝް ވެސް ބޭނުންވީ ތެލާއި ގޭސް! އިރާގު ފުނޑާލައި ސައްދާމު ދަންޖައްސާލައި ތެޔޮ ކުންފުނި ތަކުގެ ވެރިންނާއި ކާރުޚާނާތައް ނެތިކުރުމަށްފަހު މިހާރު އިރާގުގެ ތެޔޮ އެކުންފުނިތައް ހިންގަމުން ގެންދަނީ މިދެންނެވި ޤައުމުތަކުގެ ބޮޑެތި މަހުޖަނުން!!! (ބުޝްއާއިލާގެ ތެޔޮކުންފުނިވެސް ހިމެނޭހެން)
  ސީރިޔާއާއި މެދުވެސް ހަމަ އެގޮތް! ހަނގުރާމަ ކުރަނީ ސީރިޔާ އަކާއި ނޫން! ހަގުރާމަ ކުރަނީ ސީރިޔާއާއި ހެދި! އެމެރިކާއިން ސީރިޔާގެ ވަސީލަތްތައް ބޭނުންގޮތަކަށް ބޭނުން ކުރެވޭނެ ފުރުސަތު ބައްޝާރު ނުދީ ރަޝިޔާ އާއި ގުޅުން ބާއްވާތީ!
  މިހަނގުރާމައިން މޮޅުވާނީ ސީރިއާ ނުވަތަ އެމެރިކާއެއްނޫން! މިހަނގުރާމައިން މޮޅުވާނީ އެމެރިކާ އާއި ރަޝިޔާ! މުޅި ކުކުޅު ކާނުލައި ރަޝިޔާއަށް ބައެއްދީގެން އެމެރިކާއިން ގޭމު ނިންމަން ޖެހޭނީ! އެއްވެސް ހާލެއްގައި ރަޝިޔާއަށް ތެލާއި ގޭސް ފޯރުކޮށްދޭ އެއްވެސް ކާރުޚާނާއަކަށް ބޮންއަޅައިގެން ނުވާނެ، އެހިސާބަށް ގޮސްފިނަމަ އެމެރިކާ ކަރުގަ އަޅައިގަންނާނެ! އަދި އިޒުރޭލު މަތިންވެސް މިސައިލް އުދުހޭނެ، އެކަމަކު އޭގެ ބަދަލުގައި އީރާނަށް މިސައިލެއް އޮޅުމަކުންވެސް އަރައިފިއްޔާ އީރާނާއި އުތުރު ކޮރެއާ އަދި ޗައިނާއިން ސައުދީ އަރަބިޔާ ހޭއަރުވާނެ! އެހެނީ އިރާނަށް ހާލެއް ނުޖެހޭނެ ސައުދީ އިޒުރޭލަށް ވާގިވެރިނުވާނެ ނަމަ، އެހެން ކަމުން އެމެރިކާ އަދި އިޒްރޭލަށް އަދި ސައުދީއާއި އަހަރެމެން މުސްލިމުންނަށްވެސް ފިލާވަޅެއްލިބި، މާލޭ ބަންޑާރަ މިސްކިތް އިމާރާތްކޮށްދިންމީހުން މައްކާގެ ގެފުޅާއި ހަވާލުވާން ޖެހިދާނެ!
  މަށަށް ވިސްނޭ އެއްޗެއް ހާމަކޮށްލީ!!!

 12. ގަބުޅިބޯ

  ހަމަޔަގީނުންވެސް އެމެރިކާ އަދި އިޒްރޭލް އިން މުސްލިމުންއަށް ހެޔޮގޮތެއް ނޭދޭނެ، ހުރި ހިތާމަެއްގެ ބޮޑުކަމާ ދުވަހެއް ދުވަހަކުން މުސްލިމުންގެ ބާރު ނެކަމެތިކޮށް ފަނާކުރަމުން އެދަނީ މުސްލިމް ގައުމުތައް އަޑީގަ ތިބެގެން ކާފިރު ގައުމުތަކުން.........