އިންޑިއާގެ މަހާރަޝްތްރާގައި 55 އަހަރުގެ ޚާއްސަ އެހީއަށް ބޭނުންވާ މުސްކުޅި އަންހެނަކު ރޭޕްކޮށް މަރާލައިފިއެވެ.

މަހާރަޝްތްރާގެ ބުލްޑާނާ އަވަށުގައި ރޭ ހިނގި މި ހާދިސާ އާއި ގުޅުން ހުރި 28 އަހަރުގެ ފިރިހެނަކު މިހާރު ވަނީ ހަމަ އެ އަވަށުން ހައްޔަރުކޮށްފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި އެ އަންހެން މީހާ އަކީ ގެއެއްގައި އެކަނި އުޅޭ މީހެކެވެ. އެ ގެއާއި ޖެހިގެން ހުންނަ ގޭގައި އޭނާގެ އާއިލާގެ މީހުން ދިރިއުޅެއެވެ.

އަންހެން މީހާ ރަހުމް ކުޑަކޮށް ރޭޕްކޮށް، މަރާލި ކަން އޭނާގެ އާއިލާގެ މީހުންނަށް އެނގުނީ މިއަދު ހެނދުނުގެ ވަގުތެއްގައި، އޭނާގެ އާއިލާގެ މީހަކު އެގެއަށް ދިޔުމުންނެވެ. މިކަމާ ގުޅިގެން ބުލްޑާނާ ފުލުހުން ވަނީ ވަގުތުން އެ މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު ހޯދުމުގެ އޮޕަރޭޝަން ފަށާފައެވެ. ކުއްތާވެސް ބޭނުންކޮށްގެން އެމީހުން ފެށި އެ އޮޕަރޭޝަނުގައި އެ ފިރިހެން މީހާ ވަނީ މާ ދުރުނޫން ހިސާބެއްގެ ގެއެއްގެ ތެރެއިން ހައްޔަރުކޮށްފައެވެ.

ފުލުހުން އެމީހާ ހައްޔަރުކޮށްގެން ސުވާލު ކުރަން ފެށީމަ، މިހާރުވެސް އެމީހާ އެކަމަށް އެއްބަސްވެފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. "އޭނާ ވަނީ އެކަމަށް އެއްބަސްވެފައި. އޭނާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި، އަންހެން މީހާގެ ޕޯސްޓްމޯޓަމް މިހާރު ހަދައިފި. އޭގެ ރިޕޯޓު ލިބުމުން ކަށަވަރު ކުރެވިގެން ދާނެ އޭނާ ރޭޕްކޮށްފައިވާ ކަން." ބުލްޑާނާގެ ފުލުހުންގެ ސުޕްރިޓެންޑެންޓް، ބުޖްބާލް ބުންޏެވެ.

އިންޑިއާގައި އަންހެނުން ރޭޕްކުރުމަކީ ވަރަށް އާއްމު ކަމެކެވެ. ދާދި ފަހުން، މުޅި ދުނިޔެ ސިއްސުވާލީ އެޤައުމުގެ ޖަނަވާރުންގެ ޑޮކްޓަރަކު ރޭޕްކޮށް، މަރާލި ހާދިސާ އިންނެވެ. އެކަމުގައި އުޅުނު 4 މީހުން އެ އަންހެން މީހާ ރޭޕްކޮށް، އޭނާ އަންދާލައި، ބްރިޖެއްގެ ދަށަށް އެއްލާލިއިރު، އޭނާގެ މުޅި ހަށިގަނޑު އޮތީ ވަކި ނުވާހާ ބޮޑަށް އަނދާ އަޅިޔަށްވެ، ކުދި ކުދިވެފައެވެ. އިންޑިއާގެ ހައިދަރުއާބާދުގައި ހިނގި އެ ހާދިސާއާ ގުޅިގެން މުޅި އިންޑިއާގައި މުޒާހަރާތައް ކޮށްފައިވެއެވެ.

އެ ޢަމަލު ހިންގި މުޖުރިމުން ވަނީ މީގެ 2 ދުވަހެއް ކުރިން ފުލުހުންގެ ތަހުގީގުގައި، އެކަން ހިނގި ސަރަޙައްދަށް ގެންގޮސްފައިވަނިކޮށް، ފުލުހުންނާއި ކުރިމަތިލުމުން، ބަޑިޖަހައި މަރާލާފައެވެ. އެ ހާދިސާއަށް އަދި ދެހަފްތާވެސް ނުވެއެވެ. އެހެންނަމަވެސް، މިހާރުވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އިންޑިއާގެ ކޮންމެވެސް ހިސާބެއްގައި އަނިޔާވެރިކޮށް އަންހެނުން ރޭޕްކޮށް މަރާލާ ހާދިސާތައް ގިނައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. މާމިގިލީ މީހާ

    މިސަރުކާރުން މިވަރުގެ ބައެކު މިރާއްޖެއަށް އަރުވަމުން އެދަނީ. ގެރި މޯދީ.

    13
    1
  2. ހުވާ

    ރިސޯޓްތަކަށް އައިސްވެސް ހުރިހާ އެއްޗެއް ހިލޭ ހޯދަން އުޅޭބަޔަކު މިނޫނީ ނުދެކެން..އެ ހެޔޮ ހާފް ބޯޑްގަ އަޔަސް..އަދި އެވަރަށް ދޮގުހަދައިގެންވެސް ހިލޭ ސާރވިސް ހޯދަން މަސެއްކެތްކުރާނެ..ތިބައިގަޑާ ހެދި މިހާރު ނޭގެ ރިސޯޓްތަކުގަ ސާރވިސް ދޭނެ ގޮތެއްވެސް..ހާދަ ވައިވާ ބައެކޭ..ރޭޕް އިންޑިޔާ..ހަރަދު ކުރަން ނުކެރޭ ވަރުގަ ރާއްޖޭގެ ރިސޯޓްސް ތަކަށް ނޭރީމަ ވީނު..ޗުއްޓީއެއް ނިންމާލަނީ ކޮންޕްލޭން ކުރުމުގަ..ކީކޭ ބުނާނީ..ޔޫރަޕް މީހުން އުޅޭހެން ކޫލްކޮށް ޗުއްޓީ ނިންމާނީ މަދު އިންޑިއާ މީހެއްކަން ޔަގީން

    16
  3. މަކިނބޫ އެޓް ދުބާއީ

    މި ގެރި އިންޑިޔާ މީހުންނަށް ވުރެން ނާތަހުޒީބު ބައެއް ނުތިބޭނެ މި ދުނިޔޭގަ. އެހެން ބައިތައް ކުރި އަރާ އިރުގަ ވެސް މިމީހުން އުޅެނީ 10000000 އަހަރު ފަހަތުގަ. ލާދީނީ ގަަ ވެސް ހައްދުފަހަނަ އަޅައިގޮސް.

    10
  4. ކޭޑީ

    ދުނިޔޭގެ އެންމެބޮޑު ޑިމޮކުރަސީ އޯ......
    ވަރަށް ނާތަހުޒީބު މީހުން އުލޭ ގައުމެއް މީ

  5. ކޭޑީ

    އަޅެ ނިކަން ކެރެންޔާ ގެރިއެއް ރޭޕް ކޮއްލަބަލަ....

    6
    1
  6. ފިލާވަޅު

    މިމީހުންގެ ނިޒާމު މިތަނައް ގެންނަން މިމަސައްކަތް ކުރަނީ މިމެންބަރުންތައް ދައްކަނީ ސިންގަޕޫރާ ނިއުޒިލެންޑަ ސްވިޒަލޭންގެ ވާހަކަ އިމްޕލިމެންޓްކުރަނީ މުޅިން ދިމާ އިދިކޮޅޮ.
    ހިތާމަ ކުރަން މިހާ ބެކްވޯޑް ދިވެހިންވާތީވެ