އެމެރިކާ އާއި އެޤައުމާ ގުޅިފައިވާ ޤައުމުތަކުން ސީރިޔާގެ ސަރުކާރަށް އަމާޒުކޮށް ދޭން ފެށި ވައިގެ ހަމަލާތަކުގެ ސަބަބުން ސީރިޔާގެ ރައްޔިތުންގެ ހާލަތު ރަނގަޅުވެ، އެފަރާތްތަކަށް އަރާމެއް ލިބޭނެކަމަށް އުންމީދުކުރާކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ޓްރަމްޕް މިހެން ބުނެފައިވަނީ ވައިގެ ހަމަލާތައް ދޭން ފަށާފައިވާކަން ހާމަކުރުމުގެ ގޮތުން ދިން ޕްރެސް ބްރީފިން އެއްގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޓްރަމްޕް ބުނެފައިވަނީ ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނުއިރު، ކެމިކަލް ހަތިޔާރުގެ ސަބަބުން އެއް މިލިއަނެއްހާ މީހުން މަރުވިކަމަށެވެ. އަދި، އަލުން މިފަދަ ކަމެއް އިޔާދަވުމުގެ ފުރުޞަތު ދެވެން ނެތްކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ގުޅިގެން، ބަޝާރުލް އަސަދުގެ ފައުޖުތަކަށް އަމާޒުކޮށް ހަމަލާ ދެމުންދާއިރު، އެޤައުމުތަކުން ބުނެފައިވަނީ ހަމަލާތައް ދެމުންދަނީ ކެމިކަލް ހަތިޔާރުތައް ގުދަންކޮށްފައި ހުރި ތަންތަނަށްކަމަށެވެ.

ވައިގެ ހަމަލާ ދޭން ފޮނުވި ބޯޓެއް- ފޮޓޯ: ފްރާންސް އަސްކަރިއްޔާ

ވެރިރަށް ދިމިޝްގާއި ހޮމްސް އަދި ބައެއް އެހެން ހިސާބުތަކުންވެސް މިއަދާއި ރޭ ފަތިހު ވަރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވެއެވެ.

އެމެރިކާއިން އިސްވެ އޮވެ ސީރިޔާއަށް ހަމަލާ ދެމުންދާއިރު އެޤައުމުން މި ފިޔަވަޅު އެޅުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، އިރުމަތީ ޣޫތާގެ ދޫމާއަށް ކެމިކަލް ހަމަލާއެއް ދިނުންކަމަށް އެމެރިކާއިން ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ސީރިޔާއާ ވަފާތެރި ރަޝިޔާއިން ދަނީ ދެކޮޅު ހަދަމުންނެވެ. އަދި، އެޤައުމުގައި މިހާރު ކެމިކަލް ހަތިޔާރު ނެތްކަމަށްވެސް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    1991 ވަނަ އަހަރު އިރާޤްގެ ރައްޔިތުންނަށް އަރާމެއް ހޯދާދިނުމަށް މުޅި އިރާޤް ތަޅާ ސުންނާފަތިކޮށް އެތަކެއް މިލިއަން އާންމުން އެއްވެސް ކުށަކާނުލައި މެރީމު! އެކަމަކު ނަންވާނީ ހިޓިލަރު.

    • ބޫ

      ހުސޭނުބެއަކަށް ނޭނގުނެއްނު...އެމެރިކާއާއި އެމީހުންގެ އެކުވެރީން އެއްވެސް ހާލެއްގަ މީހުންނެއްނުމަރާނެ .(އެމީހުން ބުނާގޮތުން)
      އެމީހުން ކުރާހާވެސް ކަމަކީ މުސްލިމު ގައުމުތަކުން ނުރައްކާތެެރި ހަތިޔާރު ނައްތާލުން.

  2. މަކަރޭ

    އިޒުރޭލަށް ކޮށްދޭކަމެއް ތީ މޮޅެތި ވާހަކަ ނުދައްކާ