އަވަށްޓެރި އިންޑިޔާއަކީ އަބަދުވެސް ރޭޕްގެ މައްސަލަތައް ވަރަށް ގިނަ ގައުމެކެވެ. އެގައުމުގައި އަންހެނުން ރޭޕްކުރާ ވާހަކައާއި، އަންހެނުންނަށް އެއްވެސް ރައްކާތެރިކަމެއް ނޯންނަ ވާހަކައަކީ އަބަދުވެސް ދެެކެވޭ ވާހަކައެވެ. މި ފަހަކަށް އައިސް އިންޑިޔާގައި ހިނގައިދިޔަ ބައެއް ބޮޑެތި ރޭޕްތަކުގެ ވާހަކަތަކާއެކު، ގިނަބައެއްގެ ސަމާލުކަން މިވަނީ އެކަމަށް ހުއްޓިފައެވެ.

ޓައިމްސް އޮފް އިންޑިޔާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ އެއް ހަފްތާގެ ތެރޭގައި އިންޑިޔާގައި ރޭޕްގެ 19 މައްސަލައެއް މިވަނީ ފެންމަތިވެފައެވެ. އެހެންނަމަވެސް އޭގެތެރެއިން އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓުނު ދެ މައްސަލައަކީ ދާދި އެއްގޮތް ދެ މައްސަލައެކެވެ. ސަބަބަކީ މި ދެ މައްސަލައިގައިވެސް ރޭޕްގެ ޝިކާރައަކަށްވި މީހުން މިވަނީ ރޭޕްކުރުމަށްފަހު އަންދާލާފައެވެ.

އެގޮތުން އެންމެ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ރޭޕްކޮށްލުމަށްފަހު އަންދާލާފައި އޮއްވާ ފެނުނު ޕަރިޔަންކާ ރެޑީގެ މައްސަލައަށެވެ. މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ، ޕްރިޔަންކާ ރެޑީ ރޭޕްކޮށްލާފައި ވަނީ އޭނާ ސައިކަލެއްގައި ދުއްވާފައި ދަނިކޮށް، އޭގެ ފުރޮޅު ފަޅައިގެން ދިއުމުން އެހީތެރިވާނެ ކަމަށް ބުނެ މަގުމަތިން ޕިކަޕެއްގައި ދިޔަ ބައެކެވެ. އޭގެ ފަހުން އޭނާ ފެނިފައިވަނީ ރޭޕު ކުރުމަށްފަހު އަންދާލާފައި އޮއްވައެވެ.

ޕްރިޔަންކާ ރެޑީ އަނދާލާފައި އޮއްވާ ފެނުމާއެކު، ގިނަޔަކު ދަނީ އެކަމާއި ގުޅިގެން ހަޅުތާލު ކުރަމުންނެވެ. އަދި އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ އެތައް ބަޔަކު އަންނަނީ އިހުތިޖާޖުވެސް ކުރަމުންނެވެ.

އެހެންނަމަވެސް އޭގެ ފަހުން އަނެއްކާވެސް މިމަހުގެ 5 ވަނަ ދުވަހު، ރޭޕްގެ މައްސަލައެއްގައި ކޯޓަށް ދިޔަ އަންހެނެއްގެ ގައިގާ އަލިފާން ރޯކޮށްލާ އޭނާ މަރާލާފައިވެއެވެ. މިކަމަށްވެސް ވަނީ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައެވެ. އަންހެން މީހާގެ ގައިގައި ރޯކުރީ، މީގެ އަހަރެއް ކުރިން އޭނާ ރޭޕް ކުރި ދެ މީހުންނާއި އިތުރު ތިން މީހުންވެގެންނެވެ. އެ ދެ މީހުންނަކީ ހައްޔަރު ކުރުމަށް ފަހު ކަފާލާތުގެ ދަށުން މިނިވަންކޮށްފައިވާ މީހުން ކަމަށްވެސް އިންޑިޔާގެ ފުލުހުން ވަނީ ބުނެފައެވެ. މީގެ އިތުރުން އިންޑިޔާގެ ފުލުހުން ބުނިގޮތުގައި އެ އަންހެން މީހާގެ ގައިގައި ހުޅުޖެހި މީހުންގެ ތެރޭގައި، އޭނަގެ ބައްޕައާއި، އަދި އާއިލާގެ އިތުރު މީހަކުވެސް ހިމެނެއެވެ.

މީގެ އިތުރުން މިދިޔަ ހަފްތާގައި ހިނގާފައިވާ ރޭޕްތަކަށް ބަލާއިރު، ރޭޕްކޮށްލާފައިވާ މީހުންގެ ތެރޭގައި ހަތް ކުޑަކުދިން ހިމެނެއެވެ. އަދި ރޭޕްގެ ޝިކާރައަށްވި 19 މީހުންގެ ތެރެއިން 11 މީހުން ރޭޕްކޮށްފައިވަނީ އާއިލާގެ ތެރެއިން ކަންވެސް ފާހަގަކޮށްލެވެއެވެ.

އަވައްޓެރި އިންޑިއާއަކީ ރޭޕްގެ މައްސަލަތައް ބޮޑު ޤައުމެކެވެ. އެޤައުމުގައި ހިނގާ މިފަދަ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، ރޭޕްގެ ޝިކާރައަކަށް ވެގެންދާ މީހުންގެ ތެރޭގައި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް ހިމެނެއެވެ. މި މައްސަލަތައް ހުއްޓުވުމަކަށް ގެނައުމަށް އިންޑިއާގެ އިދާރާތައް ނުކުޅެދިފައިވާ ކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ވާނުވާ

    ތީ އަދި ރިޕޯޓް ކުރެވުނު އަދަދު.. އިންޑީޔާގއި ހެދި ދިރާސާ އަކުން ދައްކާ ގޮތުގައި ރިޕޯޓް ކުރަނީ ކޮންމެ 15 ކޭސް އަކުން 1.. އެހެން ވީމާ ޖުމލް ރޭޕް 1 ހަފްތާ ގައިވާނީ ގާތްގަނޑަކަށް 285

    10
    1
    • ތިއަށް ވުރެ ގިނަވާނެ

      އިންޑިޔާގައި ހަދާ ރޭޕްގެ ދިރާސާތައް އެއްކޮޅަކަށް ބުރަވާނެވާނެ. އިންޑިޔާގެ ހިންދޫއިންނާއި ގިނަ "މުސްލިމުން" (ހިންދޫދީނުގެ ބައެއް ކަންތައް ސަގާފަތުގެ ތެރެއިން ކުރާ މުސްލިމުން) ގަބޫލެއް ނުކުރާނެ އަންހެނުންނާ ގަދަކަމުން ގުޅުން ހިންގުމަކީ ރޭޕްކަމަށް.
      މަގުމަތިން އަންހެނެއް ދިޔަޔަސް ފިރިހެނުން ރާޑަރުތަކެއް ހެން އެސްފިޔަވެސް ނުޖަހާ އަންހެނުންނާ ދިމާލަށް ބަލާ، އަންހެނުންނަށް ފުރައްސާރަކޮށް ރޭޕް މިކުރަނީ.
      އިންޑިޔާގައި އޮންނަނީ މަޖްބޫރުން ކައިވެނިކުރުން. މުސްލިމެއްވިޔަސް ހިންދޫއެއްވިޔަސް ކައިވެނި މިކުރަނީ އަންހެންމީހާގެ ހުއްދަޔާ ނުލާ، އަންހެންމީހާގެ ދެކޮޅުހެދުންތަކާ އެކު ކުރާ ކައިވެނި އިސްލާމްދީނުގައި ސައްހައެއް ނުވާނެ. (އަންހެންމީހާ ރުހުމުގައި ކައިވެނިކޮށްގެން ފިރިމީހާއަށް ނުކިޔަމަންތެރިވުމަކީ އެހެން ވާހަކައެއް/ އެހާލަތުގައިވެސް އަނިޔާވެރިވުމެއް ދީނުގައި ނޯވޭ). އިންޑިޔާ މީހުންގެ ސަގާފަތާއި ޕާކިސްތާން މީހުންގެ ސަގާފަތަކީ އިސްލާމްދީނާއި ބީރައްޓެހި ސަގާފަތްތަކެއް.
      މިކޮމެންޓް މިލިޔުނީ މިހަފްތާގެ ރޭޕްގެ މައްސަލައިގައި މުސްލިމު ނަންތައް ބޭނުންކުރާ މީހުން ހިމެނިފައި، މިކަމުގައިވެސް އިސްލާމްދީން ކުއްވެރިކުރާ މީހުން އުޅޭތީ ހަމަ ހިޔާލު ފާޅުކޮށްލަން.

  2. ވަޒީރެއާލާ

    ތިޔަމައްސަލަ ހައްލު ކުރުމަށް މިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ އިސްޕީކަރު(ތާޅަފިލި) 15މީހުންގެ ފައުޖަކާއެކު މިހާރު ވާނީ އިންޑިޔާގައި.

    6
    1
  3. އދ

    ކޮބައިތަ ދުނިޔޭގެ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ އދ ޗުއްޕުވެސް ނުބުނޭ މިރާއްޖޭގައި ކުޑަ ކުޑަ ކަމެއް ވިއަސް ދަތި ކުރުމުގެ ފިޔަ ވަޅު އަޅަން ގޮވަމުން ދިޔައީ ޒިނޭ ކޮށްގެން ތައުޒީރު ކުރިއަސް އެއީ އިންސާނީ ހައްގު ނިގުޅައިގަންނަނީ މަރުގެ ހުކުމް ތަންފީޒް ކުރަން ތަނެއް ހެދީތީ ދަތި ކުރުމުގެ ފިޔަވަޅު އަޅަން އުޅުނު އެކަމު އެމެރިކާ އިންޑިޔާގައި މީހުން މަރަނީ ދިރިތިއްބާ އަންދަނި ހާދަ ހާ އިންސާފުންނޭ ދުނިޔެ މިހިނގަނީ

    10
    1
  4. ބަހަނާ

    އިންޑިޔާގަ އެޖެންޑާ 19 ގެ ދަށުން މިހާރު 19 ރޭޕް ކުރީދޯ

    7
    1
  5. ގެރިސްތާން

    ގެރި މޯދީގެ މޮޅުކަން ތީ. އަދި ތިރަށު މީހުން އެމީހުންގެ ދަރީންތައް ހޭލުންތެރި ކުރުވުމުގެ ބަދަލުގަ ގިނައިން ލާރި ހޯދޭތޯ ބަލާނީ. އަންހެން ވެރިން ވެސް އެއްވެސް ބިރެއް ޖެހިލުމެއް ނެތި ރޭގަނޑުގަ ވެސް ތަންތަނަށް ދާނީ އެހާ މީހުން ނުބައި ިރު ވެސް. މައިން ބަފައިން އެމީހުންގެ ދަރީންނަށް އަބަދުހެން ނަސޭހަތް ދޭނީ ކިޔަވާ މޮޅުވެގެން ވަޒީފާ އަދާ ކޮށް އެމީހުންނަށް ލާރި ހޯދަ ދޭން. ފަގީރު ބައެއް ވެއްޖެއްޔާ ދަރީން ރަނގަޅަށް ހެދި ބޮޑު ނުވަނީސް ފޮނުވާލަނީ ހިތު ހުރި ދިމާއަކަށް ލާރި ހޯދަން. އަބަދުވެސް އުޅޭނީ ފަގީރު ވެދާނެތީ މީހުން ކުރިމަތީ ގަދަރު ގެއްލިދާނެތީ. ބަލަ އަމިއްލަ ރައްކާތެރިކަން ހޯދައިގެން އަމިއްލަ ދަރީންތައް ރައްކާތެރިވާން ދަސް ކޮށް ދީގެން މަރުން ސަލާމަތް ވެގެންތާ ދުނިޔޭގަ އުޅެވޭނީ؟.. ވެރީން ރަނގަޅު ނުވާއިރު ކަން އިނގޭއިރު ވެސް އެހާ ގިނަ މީހުން އުޅޭ ތަނެއްގަ އެއްވެސް ވަރެއް ނުތިބޭ އެމީހުން ތަޅާ މަރާ ސަރުކާރު ވައްޓާލާކަށް ވެސް. ލިބޭ ހުރިހާ ވަގުތެއް އިސްރާފް ކުރަނީ ކޮންމެވެސް ބުދެއް ހިފައިގެން އޭގަ ނުފިރުމިގެން. މިމީހުންގެ ސިކުނޑިތައް މިހާ ބަލިކަށި ވާހާ ވަރަރުން ތިތަނަކަށް އަމާން ކަމެއް ނާންނާނެ. އެއޮތް ގެރިމޯދީ އަވަދި ނެތި އުޅެނީ ކޮންމެވެސް ޔޯގާ އެއް ނެހެދިގެން ހަމަ ޖެހިލައިގެން މީނައަށް މިގޮތައް އުޅެވޭނެ އޭނަގެ ގައުމުގެ މީހުންތައް ތަޅާ ހަފުސް އަރުވާއިރު ގިޔާމަތް ދުވަހަކުން ވަރަށް ސަލާމަތުން. އެދުވަހަކުން މީނަ ނިކަމެތި ވާނެ ތަން ދެކެން އެންމެން ތިބޭތި ބަލަން. ވަރަށް ސަޅިވާނެ.

    7
    2