00:07
ސީރިޔާއަށް ދިން ޙަމަލާއާއި އާއި ގުޅިގެން "ވަގުތު" އިން ގެނެސްދެމުންދިޔަ ލައިވް ކަވަރޭޖް ނިންމާލީ.
22:56
BREAKING: Syria ah dhin Hamalaa Kuhverikoh Hushahelhi Garaarah Libunee 3 Votehttps://t.co/vzAI7xMufR https://t.co/vzAI7xMufR
— Vaguthu Online (@VaguthuOnline) April 14, 2018
22:51
America Isve Ove Syria Ah Dhin Hamalaa Thakah Turkey In Thaeedhu Kohffihttps://t.co/ht7KWZfF2I https://t.co/ht7KWZfF2I
— Vaguthu Online (@VaguthuOnline) April 14, 2018
22:50
އަރަބި ލީގުން ސީރިޔާގައި ދިން ކެމިކަލް ޙަމަލާ ކުއްވެރިކޮށްފި. ނަމަވެސް އެމެރިކާއިން އެޤައުމަށް ދެމުންގެންދާ ވައިގެ ޙަމަލާތައް ކުއްވެރިއެއް ނުކުރޭ. 22 ޤައުމެއްގެ މައްޗަށް އެކުލެވޭ އަރަބި ލީގުން ވަނީ ސީރިޔާގެ ޙާކަތާއި މެދު ކަންބޮޑުވާކަން ހާމަކޮށްފައި. އަދި އެކަމުގެ ޒިންމާ ނަގަންޖެހޭނީ ސީރިޔާގެ ސަރުކާރުން ކަމަށްވެސް ބުނެފައިވޭ.
21:51
21:44
އޮގައިނައިޒޭޝަން ފޯރ ދި ޕްރޮހިބިޓޭޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިޔު) ގެ އިންސްޕެކްޓަރުގެ ޓީމެއް ސީރިޔާގެ ދޫމާއަށް ގޮސްފި. މި ފަރާތްތަކުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ބުނެފައިވާއިރު، މިކަން ހާމަކޮށްފައިވަނީ މީސް މީޑިޔާގައި.
21:37
އިންސާނީ ޙައްޤުތަކަށް ވަކާލާތުކުރާ ގުރޫޕެއް ކަމުގައިވާ "ދަ ސީރިޔަން ކެމްޕޭން" އިން ބުނާ ގޮތުގައި ސީރިޔާގެ ގިނަ އަދަދެއްގެ ރައްޔިތުންވަނީ، ރޭ ދިން ވައިގެ ހަމަލާތަކަށް މަރުހަބާ ކިޔާފައި. ހަމައެހެންމެ، ދިން ހަމަލާތައް މަދުކަމަށް އެފަރާތްތަކުން ބުނެފައިވާކަމަށްވެސްވޭ.
މީގެއިތުރުން، މި ހަމަލާތަކުގެ މަތިން ހަނދާން ނެތުމުން، އަސަދު އަނެއްކާވެސް މިފަދަ ހަމަލާތައް ދީފާނެކަމަށް ބެލެވޭކަމަށް އެގުރޫޕުން ބުނޭ.
21:22
ސައުދީ އަރަބިޔާ: ތިން ޤައުމަކުން ސީރިޔާގެ ކެމިކަލް ހަތިޔާރު ނައްތާލަން ދިން ހަމަލާތަކަށް މެދުއިރުމަތީގެ ޤައުމުތަކުން ފުރިހަމައަށް ތާއީދުކުރަން.
21:21
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް: އެމެރިކާއަށް ވަނީ ސީރިޔާގެ ކެމިކަލް ހަތިޔާރުގެ ޤާބިލުކަން ދަށް ކޮށްލެވިފައި، އަދިވެސް ހަމަލާ ދޭން ޖެހިއްޖެނަމަ ރައީސް ޓްރަމްޕް އަދިވެސް ހަމަލާ ދޭނެ
21:19
އދ. އަށް ފްރާންސުން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު: ބައެއް ފަރާތްތަކުން ދަނީ ރޭ ދިން ހަމަލާތަކަކީ އދ.ގެ ޗާޓަރާ ހިލާފު ހަމަލާތަކެއް ކަމަށް ބުނަމުން. އެހެންނަމަވެސް، އދ.ގެ ޗާޓަރަކީ ކުށްވެރިން ހިމާޔަތްކުރަން އޮންނަ އެއްޗެއް ނޫން. އަހަރެމެންގެ ހުރިހާ ޢަމަލުތަކެއްވެސް ހުރީ ޗާޓަރާ އެއްގޮތަށް.
21:02
އ.ދ އަށް ފްރާންސް އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު: ކެމިކަލް ހަތިޔާރާއި ގުޅޭ ކަންކަން ފްރާންސް އަށް ވަރަށް ރަނގަޅަށް އިނގޭނެ. ކެމިކަލް ހަތިޔާރު ބޭނުން ކުރުމަށް ޖާގައެއް ނުދެވޭނެ. އަހަރުމެން މިކަމުގައި ފަހަތަކަށް ނުޖެހޭނަން.
21:00
އ.ދ އަށް ފްރާންސް އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު: ކެމިކަލް ހަތިޔާރު ސީރިއާގެ ސަރުކާރުން ބޭނުން ކުރި ކަމާމެދު އެއްވެސް ޝައްކެއް ނުކުރަން. ކެމިކަލް ހަތިޔާރު އުފެއްދުމާއި އަދި އޭގެ ބޭނުން ކުރުން މިވަނީ ނިމުމަކަށް ގެނެވިފައި. މިއީ އަހަރުމެންގެ ބޭނުމަކީ.
20:49
އެމެރިކާގެ ސަފީރު ހޭލީ: ސީރިއާގެ ސަރުކާރުން ކެމިކަލް ހަތިޔާރުގެ ބޭނުން ދެންވެސް ކޮށްފިނަމަ އެމެރިކާ އިން އޮންނާނީ އިތުރު ހަމަލާތަކެއް ދޭން ތައްޔާރަށް.
20:48
އެމެރިކާގެ ސަފީރު ނިކީ ހޭލީ: ސީރިއާގެ ކެމިކަލް ހަތިޔާރުގެ މައްސަލަ ހައްލުކުރުމަށް ޑިޕްލޮމެޓިކް ހުރިހާ ހަތިޔާރެއްގެ ބޭނުން އަހަރުމެން ކޮށްފިން. ރަޝިޔާ އިން ދޮގު މައުލޫމާތުތަށް ފަތުރަމުންދާއިރު، ސީރިއާގެ ކެމިކަލް ހަތިޔާރުގެ މައްސަލަ ހައްލުކުރުމަށް ސަލާމަތީ މަޖިލީހަށް ހުށަހެޅި އެތަށް ގަރާރެއް ވީޓޯކޮށް ރަޝިޔާ އިން ވަނީ ބާތިލުކޮށްލާފައި.
20:45
އެމެރިކާގެ ސަފީރު ނިކީ ހޭލީ: ސީރިއާގެ މައްސަލައިގައި ވާހަކަދެއްކުން ރޭ ވަނީ ނިމިފައި. އެމެރިކާ އާއި އަދި އިތުރު ދެ ގައުމަކުން ރޭ ހަމަލާތައް ދިނީ ސީރިއާގެ ސަރުކާރު ޒިންމާދާރު ކުރުވުމަށް. ރަޝިޔާ އިން މިއަދު ދޮގު މައުލޫމާތުތަކެއް ފަތުރައިގެން ކެމްޕެއިންތަކެއް ކުރިއަސް، ރޭ ހަމަލާތައް ދިނީ ގާނޫނުތަކާއި އެއްގޮތްވާ ގޮތުން މަތީން.
20:36
އ.ދ އަށް ރަޝިޔާ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު: ސީރިއާގެ ސަރުކާރާއި އަދި ރަޝިޔާގެ ފަރާތުން އެހީތައް ދެމުންދާތީ އެގައުމުގެ ރައްޔިތުން ތިބީ އުފަލުން. އެމެރިކާ އާއި އެމީހުންގެ ބައިވެރިންނަށް 24 ގަޑިއިރު ތެރޭ ވެސް ސީރިއާގެ ހަނގުރާމަ ނިމުމަކަށް ގެނެވިދާނެ. އެކަމަކު އެމީހުން އިހުތިޔާރު ކުރީ އެހެން ގޮތެއް.
20:31
އ.ދ އަށް ރަޝިޔާ އިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު: ސީރިޔާގެ ސަރުކާރުން ކެމިކަލް ހަމަލާއެއް ދިންކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައެއް ނުވޭ. މިއީ ހުޅަނގުގެ ގައުމުތަކުން ސީރިޔާ އަށް ހަމަލާ ދިނުމުގެ ގޮތުން ދައްކާ ބަހަނާއެއް. އެމެރިކާ އިން ވަނީ ސީރިއާގެ ހާލަތު ކުރިއަށް ވުރެ މިހާރު ގޯހަށް ދުއްވާލާފައި.
20:28
އ.ދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުން ފަށައިފި.
20:27
20:00
BREAKING NEWS: Syria Ge Chemical Factory Thakah Bodethi Gehllun Thakeh Vejje - America https://t.co/6zWkfS6diY https://t.co/6zWkfS6diY
— Vaguthu Online (@VaguthuOnline) April 14, 2018
19:41
އެމެރިކާ އިސްވެ އޮވެ ރޭގެ ވަގުތެއްގައި ސީރިޔާ އަށް ދިން ވައިގެ ހަމަލާތަކަށް ތުރުކީ އިން ތާއީދުކޮށްފި. އެގޮތުން މިއީ ސީރިޔާގެ ސަރުކާރުން ދިން ކެމިކަލް ހަމަލާއަށް ދެވުނު ރަނގަޅު ރައްދެއް ކަމަށް ތުރުކީ އިން ހާމަކުރޭ.
19:38
އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސިވިލާތުން ސީރިޔާ އަށް ދިން ހަމަލާތައް ކުށްވެރިކޮށް ރަޝިޔާ އިން އ.ދ ގެ ސަލާމަތީ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި. މި ގަރާރުގައި ބުނެފައިވާ ގޮތުން މި ގައުމުތަކުން ސީރިޔާ އަށް ދިން ހަމަލާއަކީ އ.ދ ގެ ޗާޓަރާ މުޅިން ހިލާފަށް ކުރި ކަމެއް.
18:55
އެމެރިކާ އިން ރޭގެ ވަގުތެއްގައި ސީރިޔާ އަށް ފޮނުވާލި މިސައިލުތަކެއްގެ ފޮޓޯތަކެއް އާއްމުކޮށްފި.
18:44
އެމެރިކާގެ ޕެންޓަގަން: ސީރިޔާގެ ކެމިކަލް ޕްރޮގްރާމް ކުރިއަށްގެންދާ މައި ސަރަހައްދުތަކަށް ވަނީ ހަމަލާތައް ދެވިފައި. ހަމަލާތަކުގައި މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވޭ.
17:35
ސީރިޔާ އަށް ދިން ހަމަލާ ވަރަށް ކާމިޔާބު ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފި. އަދި މި ހަމަލާތައް ދިނުމުގައި އެމެރިކާއާ ބައިވެރިވި ފްރާންސް އަދި އިނގިރޭސިވިލާތަށް ޓްރަމްޕް ވަނީ މަރުހަބާ ކިޔާފައި.
A perfectly executed strike last night. Thank you to France and the United Kingdom for their wisdom and the power of their fine Military. Could not have had a better result. Mission Accomplished!
— Donald J. Trump (@realDonaldTrump) April 14, 2018
17:00
ސީރިޔާ އަށް ދިން ހަމަލާތަކާ ގުޅިގެން އ.ދ ގެ ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި. މި ބައްދަލުވުން ބާއްވަނީ ރަޝިޔާގެ އެދުމުގެ މަތިން.
16:38
ކެމިކަލް ހަތިޔާރު ބޭނުން ކުރުން ހުއްޓުވުމަށް ސީރިޔާގެ ސަރުކާރަށް ބާރު އެޅުމަށް ރަޝިޔާ އަދި އިރާނަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޮވާލައިފި. ރަޝިޔާ އަދި އިރާނަކީ ސީރިއާގެ ސަރުކާރަށް ވާގިވެރިވާ ދެ ގައުމު.
15:48
ފްރާންސް: ކެމިކަލް އިތުރު ހަމަލާއެއް ދީފިނަމަ ސީރިޔާ ސަރުކާރުގެ ބާރުގެ ދަށުގައިވާ ތަންތަނަށް އަދިވެސް ހަމަލާދޭނަން. މިވަގުތު އާ އިތުރު ހަމަލާއެއް ދިނުމަށް ރޭވިފައެއް ނެތް.
15:43
އިރާނުގެ ރޫހާނީ ލީޑަރު އާޔަތުއްﷲ އަލީ ޚާމަނާއި: އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސިިވިލާތުގެ ބޮޑުވަޒީރަކީ އަނިޔާވެރިން. ސީރިޔާ އަށް ހަމަލާ ދިނުމަކީ ބޮޑު ކުށެއް. މިކަމުން އެމީހުންނަށް ލިބޭނެ އެއްވެސް ކާމިޔާބީއެއް ނެތް.
ޚާމަނާއި މިހެން ވިދާޅުވީ އިރާނުގެ ޓީވީ މެދުވެރިކޮށް ދެއްވި ހިތާބެއްގައި
15:31
ތިން ޤައުމުން ދިން ހަމަލާތަކަށް، ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވެސް ތާއީދު ކުރައްވައިފި.
Canada supports the decision by the United States, the United Kingdom and France to take action against the Assad regime’s ability to launch chemical weapons attacks. Statement: https://t.co/P5jkVJPriv
— Justin Trudeau (@JustinTrudeau) April 14, 2018
15:17
ޖަރުމަނުވިލާތުގެ ޗާންސެލަރ، އެންޖެލާ މާކެލް: އަޅުގަނޑުމެންގެ ޤައުމުންވެސް، އެމެރިކާއާއި އިތުރު ދެ ޤައުމުން ދިން ހަމަލާތަކަށް ތާއީދުކުރަން. ފުރަތަމަ ބޮޑު ހަނގުރާމަ ނިމުނުފަހުން ޤަރުނެއް ވެފައިވާއިރު، ދެން އަލުން ދުނިޔޭގައި ކެމިކަލް ހަތިޔާރު ބޭނުންކުރުމުގެ އެއްވެސް ފުރުސަތެއް ދެވިގެން ނުވާނެ. މިކަމުގައި ޑިޕްލޮމެޓިކް ގޮތުން ޖަރުމަނުން އެހީތެރިކަން ފޯރުކޮށްދޭނަން.
15:13
I firmly support the military action taken in Syria. The barbaric & intolerable use of chemical weapons should never go unchecked. As we have seen in the past, inaction has its consequences - so PM right to join forces with our allies to take targeted & appropriate action. 1/2
— David Cameron (@David_Cameron) April 14, 2018
ތިން ޤައުމުން ދިން ހަމަލާތަކަށް، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަންވެސް ތާއީދު ކުރައްވައިފި.
15:08
ސީރިޔާގެ ރައީސް ބަޝާރުލް އަސަދު: މި ހަމަލާތައް މި ދިނީ ސީރިޔާގައި އޮތް ހުޅަނގުގެ ބާރު ކެނޑުމުން. މި ހަމަލާތަކުގެ ސަބަބުން ޤައުމުން ނިރުބަވެރިކަން (ޓެރަރިޒަމް) ނައްތާލަން އިތުރު ހިތްވަރެއް ލިބިއްޖެ.
15:04
ނޭޓޯ: ތިން ޤައުމަކުން ސީރިޔާގެ ކެމިކަލް ހަތިޔާރު ނައްތާލަން ދިން ހަމަލާއަށް ނޭޓޯ އިން ތާއީދުކުރަން. މިކަމުގެ ސަބަބުން ބަޝާރުގެ ސަރުކާރުން އާއްމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރާވަރު މަދުވާނެކަމަށް އުންމީދު ކުރަން. ސީރިޔާއިން އެފަދަ ހަތިޔާރު ގެންގުޅުމާ، ނޭޓޯ އިން އަބަދުވެސް ދެކޮޅު ހަދަން.
15:02
Tonight, at the order of @POTUS, U.S. Armed Forces, with Britain and France, launched strikes against chemical weapon sites in Syria. America and our allies will not tolerate the use of chemical weapons against men, women and children. God bless our courageous troops & allies.
— Vice President Mike Pence Archived (@VP45) April 14, 2018
އެމެރިކާގެ ނައިބު ރައީސް، މައިކް ޕެންސް ކޮށްފައިވާ ޓްވީޓް
14:59
އިނގިރޭސިވިލާތުގެ އިދިކޮޅު ޕާޓީ ކަމުގައިވާ ލޭބަރ ޕާޓީ އިން ބުނަމުންދަނީ ސީރިޔާއަށް އިނގިރޭސި އަސްކަރިއްޔާއިން ހަމަލާ ދިނުމުގައި ޤާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް. އަދި، ބޮޑުވަޒީރު ތެރިސާ މޭ، މި ފިޔަވަޅު އެޅުމުގެ ކުރިން ޤާނޫނު ހަދާ މަޖިލީހުގެ ލަފައަކަށް އެދެންޖެހޭކަމަށް އެފަރާތްތަކުން ބުނޭ.
14:51
14:44
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކާނަލް ޖެނެރަލް ސާޖީ ރުޑްސްކޯއީ ވިދާޅުވެފައިވަނީ ކެމިކަލް ހަތިޔާރާ ބެހޭ ބައިނަލްއަޤުވާމީ ޖަމިއްޔާއިން ސީރިޔާގައި މަސައްކަތް ފެށި ދުވަހު، އެމެރިކާއާއި ބައިވެރިން ހަމަލާ ދިނުމުން ސުވާލު އުފެދޭކަމަށް
14:42
ރަޝިޔާގެ ޑިފެންސް މިނިސްޓްރީ: އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ސީރިޔާއަށް ހަމަލާ ދިނީ ކެމިކަލް ހަތިޔާރު ނައްތާލަން ނޫންކަން ވަރަށް ސާފު. އެފަރާތްތަކުން އެޤައުމަށް ހަމަލާދިނީ، ސީރިޔާގެ ސިފައިން، "ބައިނަލްއަޤުވާމީ ނިރުބަވެރިންނާއި" ނިރުބަވެރިކަން ނައްތާލުމަށް ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާތީ.
14:39
Strikes by US, France and UK make it clear that Syrian regime together with Russia & Iran cannot continue this human tragedy, at least not without cost. The EU will stand with our allies on the side of justice.
— Charles Michel (@eucopresident) April 14, 2018
ޔޫރަޕިއަން ކައުންސިލްގެ ރައީސް ޑޮނަލްޑް ޓަސްކް ކުރައްވާފައިވާ ޓްވީޓް
14:33
އީޔޫ: އަޅުގަނޑުމެންވެސް އޮންނާނީ އަޅުގަނޑުމެންގެ ބައިވެރިންނާއެކު. ސީރިޔާ، އީރާން އަދި ރަޝިޔާ އަށް އިންސާނީ ބޮޑު ކާރިސާއެއް ގެނައުމުގެ ފުރުސަތު ދެވިގެން ނުވާނެ
14:31
ފަރަންސޭސި ރައީސް އެމެނުއަލް މެކްރޯން: އިރުމަތީ ޣޫތާގެ ދޫމާއަށް ކެމިކަލް ހަމަލާތަކެއް ދިނީ ސީރިޔާގެ ސަރުކާރުންކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ޤައުމުން އެޅި ރަތް ރޮނގު، ސީރިޔާއިން ހުރަސްކޮށްފި. އެހެންކަމުން، އަސްކަރީ ބާރުތަކުން، އެހެން ދެ ޤައުމަކާއެކު ސީރިޔާއަށް ފިޔަވަޅު އަޅަން އަމުރުކުރީ އަޅުގަނޑު
13:38
މޭ: އަސްކަރީ ފިޔަވަޅު އަޅަން ޖެހުނީ ޑިޕްލޮމެޓިކް މަސައްކަތްތަކުން ނަތީޖާ ނުފެނުމުން. އެހެންނަމަވެސް، އަދިވެސް ޑިޕްލޮމެޓިކް ގޮތުން، އދ. އާއި އެނޫންވެސް މަންސަތަކުގައި މަސައްކަތްކުރުން ހުއްޓައެއް ނުލަން
13:35
ތެރިސާ މޭ ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ އިތުރަށް ވިދާޅުވި ގޮތުގައި އިނގިރޭސިވިލާތުން ސީރިޔާގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަންނާކަށްވެސް އަދި ސަރުކާރު ބަދަލުކުރާކަށްވެސް ބޭނުމެއް ނުވޭ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެޤައުމުން ހަމަ އެކަނި ބޭނުންވަނީ އާއްމުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރުން ހުއްޓުވުން.
13:29
ސީރިޔާއަށް ރޭ ދިން ވައިގެ ހަމަލާތަކާ ގުޅިގެން އދ.ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ރަޝިޔާގެ ރައީސް ޕުޓިން ގޮވާލައްވައިފި
13:16
މޭ: ރޭ ދިން ހަމަލާތަކަކީ މީގެކުރިން އެމެރިކާއިން ދިން ވައިގެ ހަމަލާތަކަށް ވުރެ ވަރުގަދަ ހަމަލާއެއް. މި ހަމަލާ ދިނީވެސް، ސީރިޔާގެ ޚުދުމުހުތާރު ވެރިކަމުގެ ޤާބިލުކަން ކުޑަކުރުމަށް.
13:15
މޭ: މިކަމުގައި އިނގިރޭސި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ މަޝްވަރާކުރިން އަދި މިކަމުގެ އަޕްޑޭޓުތައް ކަމާ ބެހޭ ފަރާތްތަކުން ދަނީ ދެމުން، އަދި ހަމަލާ ދޭނެ ޓާގެޓުތައް ކަނޑައަޅަން ރައީސް ޓްރަމްޕް އަދި މެކްރޯން އާއެކު މަޝްވަރާކުރިން
13:14
މޭ: އިންސާނީ ކާރިސާއަކުން ސަލާމަތްވުމަށް، ވައިގެ ހަމަލާ ދިނުން ނޫން ގޮތެއް ނެތް.
13:12
މޭ: ތަހުގީގުތަކުން އެނގުނު ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ސީރިޔާގެ ސަރުކާރުން ވަނީ ކެމިކަލް ހަތިޔާރު ބޭނުންކޮށްފައި، އަދި ކުރިއަށް އޮތްތާ ބޭނުންކުރާނެ ކަމަށް ބެލެވޭ
13:11
މޭ: މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ސީރިޔާގެ ސަރުކާރުން
13:10
އިނގިރޭސި ބޮޑުވަޒީރު ތެރިސާ މޭ، ޤައުމާ މުހާތަބުކޮށް ވާހަކަ ދައްކަވަމުން އެބަދޭ
13:07
މަންޒަރު ފެނުނު މީހުންގެ ދުލުން: ސީރިޔާގެ ދިމިޝްގުގައި މަސައްކަތްކުރާ ފްރީލާންސް ނޫސްވެރިޔާ، ޑެނީ މައްކީ "ސީއެންއެން" އަށް ބުނެފައިވަނީ ހަމަލާތައް ދިން ވަގުތު މީހުން ވަރަށް ބިރުން އުޅުނުކަމަށް. ވަކިވަކިން 12 ހަމަލާ ދީފައިވާއިރު، ރައްދުގައި ސީރިޔާ އިން މިސައިލްތައް އިންޓަސެޕްޓްކޮށް ޓްރެސް ފަޔަރ ކުރަން ފެށިކަމަށް އޭނާ ބުނެފައިވޭ.
ހަމަލާތަކުގެ އިންޒާރާއެކު ދިމިޝްގު އެލާޓުގައި އޮތްއިރު، ފުރަތަމަ ކޮޅުގައި މީހުން ބިރުން އުޅުމަށްފަހު ފަހުން މީހުން ހާސްނުވާކަމަށް އޭނާ ބުނެފައިވޭ. އެއީ މިފަދަ ހަމަލާތަކަށް މިހާރު މީހުން ހޭނިފައިވާތީކަމަށްވެސް މައްކީ ބުނެފައިވޭ.
13:02
ރަޝިޔާގެ ރައީސް ވްލެޑްމިޔަރ ޕުޓިން: ސީރިޔާއަށް ދެމުންދާ ވައިގެ ހަމަލާތައް ކުށްވެރިކުރަން. މިއީ މިނިވަން ދައުލަތަކާ ދެކޮޅަށް ދީފައިވާ ހަރުކަށި އަމަލެއް އަދި މިއީ އދ.ގެ ޗާޓަރުތަކާ ހިލާފަށް ކޮށްފައިވާ ކަމެއް.
ޕުޓިން މިހެން ވިދާޅުވެފައިވަނީ މިއަދު ނެރުއްވި ބަޔާނެއްގައި
12:57
America In Rey Ekanives Syria Ah 110 Missile Fonuvaalihttps://t.co/Hgoaqh3ryj https://t.co/Hgoaqh3ryj
— Vaguthu Online (@VaguthuOnline) April 14, 2018
12:46
ފަރަންސޭސިވިލާތުގެ އަސްކަރީ މަތިންދާބޯޓުތަކުން ސީރިޔާގެ އެކި ސަރަޙައްދުތަކަށް ވައިގެ ހަމަލާދޭ ވީޑިޔޯއެއް އާއްމުކޮށްފި. މަތިންދާބޯޓުގެ ކޮކްޕިޓު ތެރެއިން ނަގާފައިވާ މި ވީޑިޔޯ އާއްމުކޮށްފައިވަނީ އެޤައުމުގެ ޑިފެންސް މިނިސްޓަރ، ފްލޮރެންސް ޕާލީ.
Tir d’un missile de croisière naval depuis une de nos frégates multimissions cette nuit en Méditerranée. Objectif : un site de production d’armes chimiques du régime syrien. pic.twitter.com/A4hO0EtkvQ
— Florence Parly (@florence_parly) April 14, 2018
12:21
ސީރިޔާގެ ޤައުމީ ޓީވީ އިން ބުނާ ގޮތުގައި ދިމިޝްގުގެ ކައިރީގައި ހުންނަ ރިސާޗް ސެންޓަރަށް ދިން ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވޭ، އެހެންނަމަވެސް، އެތަނުގެ ބައެއް ތަކެއްޗަށް ގެއްލުން ލިބިފައިވާކަމަށް އެޓީވީން ބުނެފައިވޭ.
12:19
12:13
صباح الصمود..
رئاسة الجمهورية العربية السورية pic.twitter.com/hhIZT6cOTe
— Syrian Presidency (@Presidency_Sy) April 14, 2018
ރޭ ސީރިޔާއަށް ވަރުގަދަ ހަމަލާތަކެއް ދީފައި ވަނިކޮށް، އެޤައުމުގެ އަނިޔާވެރި ރައީސް، ބަޝާރުލް އަސަދު މިއަދު އޮފީހަށް ވަންނަ މަންޒަރު ފެންނަ ވީޑިޔޯއެއް ޓްވީޓުކޮށްފި. މި ޓްވީޓުކޮށްފައިވަނީ އެޤައުމުގެ ރައީސް އޮފީހުގެ ރަސްމީ ޓްވިޓަރ ހޭންޑަލް އިން
12:08
އެމްނެސްޓީ އިންޓަނޭޝަނަލް: ސީރިޔާއަށް ހަމަލާ ދެމުންދާއިރު، އެފަދަ ހަމަލާތަކުގެ ސަބަބުން އާއްމުންނަށް ލިބޭ ގެއްލުން ވީހާ ކުޑަކުރުމަށް ފިޔަވަޅު އަޅަން ޖެހޭ. އަދި، އާއްމުން، އެސަރަޙައްދު ދޫކޮށް ދާން ބޭނުންވާކަމުގައިވާނަމަ، އެފުރުޞަތު، އެފަރާތްތަކަށް ދޭން ޖެހޭ. ސީރިޔާ ސަރުކާރުން ކޮށްފައިވާ ޤާނޫނާ ޚިލާފު ޢަމަލުތަކަކަށް، އެޤައުމުގެ ރައްޔިތުންނަށް އަދަބު ލިބިގެން ނުވާނެ.
12:05
Bashar Ah Dhey Hamalaa Thakun Syria Rayyithunnah Araameh Libeyne Kamah Heekuran- Trumphttps://t.co/WBoFufSQdj https://t.co/WBoFufSQdj
— Vaguthu Online (@VaguthuOnline) April 14, 2018
12:00
އޮސްޓްރޭލިޔާ: އެމެރިކާ އިސްވެ އޮވެ ސީރިޔާއަށް ދެމުންދާ ހަމަކާތަކަށް ތާއީދުކުރަން. ކޮންމެ ތާކު، ކޮންމެ ހާލަތެއްގައިވިޔަސް ކެމިކަލް ހަތިޔާރު ބޭނުން ކުރުމަކީ މަނާކަމެއްކަމުގައިވާއިރު، މި ހަމަލާތަކުން، މިފަދަ ހަތިޔާރު ބޭނުންކުރާތަން ބަލަން ނުތިބޭނެކަން ހާމަވޭ.
ސީރިޔާއިން ކެމިކަލް ހަތިޔާރު ބޭނުން ކުރި މައްސަލައިގައި ތަހުގީގެއް ކުރުމަށް އޮސްޓްރޭލިޔާ އިން ވަނީ އދ.ގެ ސަލާމަތީ މަޖިލީހަށްވެސް ގޮވާލައްވާފައި.
11:57
އިޒްރާއީލު: ކެމިކަލް ހަތިޔާރު ބޭނުކުރުމަކީ "ރަތް ރޮނގު" ހުރަސްކުރުންކަމަށް މިދިޔަ އަހަރު ޓްރަމްޕް ބުނި. އެހެންކަމުން، ރޭ އެމެރިކާ، އިނގިރޭސިވިލާތް އަދި ފަރަންސޭސިވިލާތުން ދިން ހަމަލާތަކަކީ މި ރަތް ރޮނގު ހުރަސްކުރުމުން ދިން ހަމަލާތަކެއް. ސީރިޔާ އިން ދަނީ ކެނޑިނޭޅި، ލާއިންސާނީ އަމަލުތަކަށް ފުރުސަތު ދެމުން، މިކަމުގައި އީރާނުން ދަނީ އެޤައުމަށް މަދަދުވެރިވަމުން.
11:32
ވައިގެ ހަމަލާތައް ދިނުމަށް ފަށާފައިވާ މިޝަންއާ ގުޅޭގޮތުން އެމެރިކާގެ ރައީސް އާއި އެޤައުމުގެ ދިފާއީ ވަޒީރު ދައްކާ ވާހަކަ ދިމާނުވާކަމަށް ބައެއް މީޑިޔާތަކުން ބުނެފި. މީޑިޔާތަކުން ބުނެފައިވާ ގޮތުގައި ޓްރަމްޕް ބުނެފައިވަނީ މިއީ ދިގު ދެމިގެންދާ މިޝަން އެއް ކަމަށް، އެހެންނަމަވެސް، ދިފާއީ ވަޒީރު މެޓިސް ބުނެފައިވަނީ މިއީ އެއް ފަހަރުގެ ކަމެއް ކަމަށް
Curious contradiction between Trump and Mattis. President talks of sustained mission ; Mattis of one off strike . #SyriaStrikes
— Mark Austin (@markaustintv) April 14, 2018
11:29
ސީރިޔާގެ ދައުލަތުގެ ޓީވީ: އެމެރިކާ އިސްވެ އޮވެ ދިން ވައިގެ ހަމަލާތަކުގެ ތެރެއިން ފުރަތަމަ ހަމަލާ އަރާފައިވަނީ ދިމިޝްގުގެ ކައިރީގައި އޮންނަ ބަރުޒާގެ ސައިންޓިފިކް ރިސާޗް ސެންޓަރަކަށް. އަދި، ހޮމްސް ގައި ހުންނަ އަސްކަރީ މަރުކަޒަކަށްވެސް ހަމަލާ ދީފައިވޭ. ރޭ ހަމަލާ ދިނުމަށްފަހު، ޤައުމީ ލަވަ ޖަހައިގެން ދިމިޝްގުގެ މަގުތައްމަތީގައި ވެހިކަލް ދުއްވާފައިވޭ.
11:25
11:11
ރަޝިޔާގެ ޑިފެންސް މިނިސްޓްރީ: އެމެރިކާ އިސްވެ އޮވެ އެހެން ދެ ޤައުމަކާއެކު ސީރިޔާއަށް ފޮނުވާލި މިސައިލުތައް، ސީރިޔާގެ ވައިގެ ސަލާމަތާ ބެހޭ ނިޒާމުންވަނީ އިންޓަސެޕްޓް ކޮށްފައި
11:09
Welcome the news of UK military strikes against major chemical weapons facilities in Syria alongside our US and French allies. The world is united in its disgust for any use of chemical weapons, but especially against civilians
— Boris Johnson (@BorisJohnson) April 14, 2018
ސީރިޔާގައި ހުރި ކެމިކަލް ހަތިޔާރުތައް ނައްތާލުމަށް ދެމުންދާ ހަމަލާތަކަށް އިނގިރޭސިވިލާތުގެ ފޮރިން އެންޑް ކޮމަންވެލްތު މިނިސްޓަރ، ބޮރިސް ޖޯންސަން މަރުޙަބާ ދަންނަވައިފި
11:06
11:04
ސީރިޔާގެ ފޮރިން މިނިސްޓްރީ: އެއް ރެޔަކުން ސީރިޔާއަށް ދޭ ހަމަލާތަކުގެ ސަބަބުން އެޤައުމުގެ އަސްކަރިއްޔާގެ މަސައްކަތްތަކެއް ނުހުއްޓުވޭނެ. އަދި، އެޤައުމުން ހަނގުރާމަވެރިންނާ ދެކޮޅަށް ކުރަމުންދާ އެއްވެސް މަސައްކަތެއްވެސް ނުހުއްޓުވޭނެ. މިކަމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވާނެކަމަށް ބެލެވޭ.
11:02
އީރާނުގެ ފޮރިން މިނިސްޓްރީ: ސީރިޔާގެ ކެމިކަލް ހަތިޔާރު ހުރިކަމުގެ އެއްވެސް ސާބިތު ހިފޭ ހެއްކެއް، އެމެރިކާ އާއި އެޤައުމުގެ ބައިވެރިންގެ އަތުގައި ނެތް. ކެމިކަލް ހަތިޔާރާ ބެހޭ ބައިނަލްއަޤުވާމީ ޖަމިއްޔާއިން ގޮތެއް ކަނޑައަޅާފައި ނުވަނީހުން ސީރިޔާއަށް ހަމަލާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.
10:58
އެމެރިކާގެ ޑިފެންސް ސެކެރެޓަރީ ޖޭމްސް އެން. މަޓިސް: މިހާތަނަށް އެމެރިކާއަށް މި ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުލިބޭ. ހަމަލާތައް ވަރުގަދަކުރާނެކަން ކަށަވަރުވާނީ، ކުރިއަށް އޮތްތާ ބަޝާރު، ކެމިކަލް ހަތުޔާރު ބޭނުންކުރާ ގޮތަކަށް ބަލާފައި.
10:56
އެމެރިކާގެ ޑިފެންސް ސެކެރެޓަރީ ޖޭމްސް އެން. މަޓިސް: މިއަދު ފެށި ވައިގެ ހަމަލާތަކަކީ މީގެ ކުރިން އެމެރިކާއިން ސީރިޔާއަށް ދިން ވައިގެ ހަމަލާތަކަށް ވުރެ ވަރުގަދަ ހަމަލާތަކެއް
10:52
ސީރިޔާއަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެޤައުމުގެ ވެރިރަށް ދިމިޝްގުގެ މަގުތަކަށް ނިކުމެ އާއްމުންދަނީ ހުޅަނގުގެ ޤައުމުތަކާ ދެކޮޅަށް އަޑު އުފުލަމުން. އެސިޓީއަކީ ސީރިޔާގެ ހަނގުރާމައިގައި ހަމައެކަނި ސުންނާފަތި ނުވެ އޮތް ސިޓީކަމަށްވާއިރު، މަގުތަކަށް ނިކެމެ އަޑު އުފުލަމުންދަނީ ޝިއައީން. ބަޝާރުލް އަސަދުގެ ސަރުކާރުން ހަމަލާ ދެމުންދަނީ ސުންނީ މުސްލިމުންނާ ދެކޮޅަށް
ސީރިޔާގައި ދިން ކެމިކަލް ޙަމަލާ އާއި ގުޅިގެން ސިރިއާގެ ރައީސް ބައްޝާރުގެ ވެރިކަމާއި ދެކޮޅަށް އެމެރިކާ އިން ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ.
އެމެރިކާ އިސްވެ އޮވެ ހަމަލާ ދޭން މިފެށީ ސީރިޔާގައި ދިން ކެމިކަލް ހަމަލާއެއް ކަމަށް ތުހުމަތު ކުރެވޭ ހަމަލާގެ ރައްދުގައި އަސްކަރީ ފިޔަވަޅެއް ނޭޅުމަށް ރަޝިއާއިން އެމެރިކާގެ ކިބައިން އެދިފައިވަނިކޮށެވެ.
މި ހަމަލާތައް ދެމުންދަނީ އިގިރޭސިވިލާތް އަދި ފްރާސުން ސީރިއާގެ ރައީސް ބައްޝާރުގެ ސަރުކާރުގެ އަސްކަރީ މަރުކަޒު ތަކަށް އަމާޒުކޮށްގެންނެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނާގޮތުގައި "ފްރާންސްއާއި އިނގިރޭސި ވިލާތުގެ އަސްކަރިއްޔާއިން ގުޅިގެން ހިންގާ އޮޕަރޭޝަން ދަނީ ކުރިޔަށް" ކަމަށެވެ.
ރެއިން ފެށިގެން ސީރިއާގެ ވެރިރަށް ދިމިޝްކަށް ހަމަލާތައް ދެމުންދާއިރު ގުޅިފައިވާ އިތްތިހާދުން ފޮނުވާލި 13 މިސައިލް ސީރިއާގެ ސިފައިން އޭއާ ޑިފެސް ސިސްޓަމުގެ އެހީގައި ވައްޓާލާފައިވާ ކަމަށް ސީރިއާ އިން ބުނެއެވެ.
އިރާދަކުރެއްވިއްޔާ އެމެރިކާއާއި ފްރާންސާއި އިނގިރޭސިންނަށް ރަނގަޅު ފިލާވަޅެއް ލިބިގެންދާނެ. އެމީހުންގެ މަޤުޞަދު އެބައެނގޭ، ސީރިޔާގައި މިހާރު އޮތްތަންކޮޅުވެސް ފުނޑުފުނޑުކޮށްލުން. އިދިކޮޅު އެމީހުންނަށް ވާގިދޭ ފަރާތްތަކަށް ސީރިއާ ހަވާލުކުރުން. ދެންވާނެގޮތަކީ އެއްބަޔަކު އަނެއްބަޔަކަށް ތަޅާލަތަޅާލ ތިބޭނީ، މީ އިޒުރޭލު އަޑީގައި އޮވެގެން ސަރަހައްދުގެ އެއްވެސް ބަޔަކު ކުރިއަރައި ދިޔަނުދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ.
މި ހުރިހާކަމެއް ރޭވީ ސައޫދީ ރަސްގެފާނާ ޓްރަމްޕް ގެ ފޯންކޯލުގަ . މިދެމީހުން ކެމިކަލް ހަމަލާދިނީ އިޒްރާއީލުން .ހަރަދު ދެނީ ސައޫދީން . ކޮންމެ މިސައިލް އަކަށް 2.6 މިލިއަން ޑޮލަރު
ކަލޭތިކަން އެނގިހުރެ ހަމަލާދޭން ދެން ސިއްރުކުރުމުން އެނގެނީ ކަލޭވެސް އެކަމަށް ހިއްވަރުދޭކަން
އެމެރިކާ ކޮންމެވެސް ބަހަނާ ދައްކައިގެން ސީރިޔާއަށް ހަމަލަ ދެނީ އެއްމެ ބޭނުމަކު، އިޒުރޭލު ރުއްސަން. އިޒުރޭލުން ސީރިޔާ އަސްކަރިއްޔާ ވަރުގަދަވާތީ ބޮޑާހާކާތާ ދުވަދްކޮޅެއް ވެއްޖެ.
އެމެރިކާ މަހަށް ދޭބަލަ އަދި އެމެރިކާ އަށް ވާގިވެރިވާ މިގައުމުގައި އޮތް ހަމަ އެކަނި ދަ ބަލާ ބޮޑު ޕާރޓީ އެމްޑީޕީ ވެސް މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ އެމްޑީޕީ. މަހަށް ދޭބަލަ ރަންރީނދޫ ޓްވިޓަރޭ މެން ފޭކް ރިޕޯރޓްސް ތައް ތައްޔާރު ކޮށްގެން. މަހަށް މަަހަށް މަހަށް ދޭބަލަ ދެން.
މިރާއްޖޭގައި ސެންސްލެސް ކަންކަން ކުރާނީ އެއީ އެމްޑީޕީ ގަމާރުން ތަކޭ މަމެން ބުނަން ނެތީމު ދޯ. އެމެން ދޯ ގަރުދިޔަ ފެކްޓަރީ. އައްޑޫ ގައި ހުޅުވަން އުޅުނީ. އައްޑޫ އަކީ ތިޔާ ބުނާ މަސައްކަތް ތެރިން ވެސް ތިބި ތަނެއް ކަމަށް މަމެން ނުދަންނަން ދޯ. ދެން ހަމަ އެގޮތަށް އެމެރިކާ އަކީ އެއީ މުސްލިމް ގައުމު ތައް ލޫޓުވައިގެން އަބަދުވެސް އުޅޭ ބަޔެއް. އެމެން އެކަން ކުރަނީ އެއީ އަރަބި ގައުމު ތަކުގެ ތެލުން ވައްކަން ކުރަން ވެގެން. އެމެރިކާ އެމްޑީޕީ މީ އެއް ޕޭޖެއްގައި ތިބޭ ދެ ބަދަވިން ތައް. އެމްޑީޕީ އަށް މިރާއްޖޭގެ ވެރިކަން ހަވާލު ކުރުމުން އައްޑޫގައި ދަގަނޑު ދަޚަނާ އެއް ދަރުބާރުގެ އެއް ނަމުގައި އަޅަން ކަމަށް ބުނެ އެތަނަށް 4 ބިލިއަން ރުފިޔާ ދުއްވާލީ އައްޑޫގައި ތިބި ފަސްމާމުލު ފަސް ވަގުން އެއީ އެކަމުގެ ލީޑަރުން ކަމުގައި ހަދައިގެން ނެވެ. އޭގެ ތެރޭގައި ޑީބީ އާއި ލަބިއްޓެ ގްރޫޕް އަދި ރަންރީނދޫ ޓްވިޓަރޭ ސަންތިމަރިޔަނބޭ ހިމެނެއެވެ. އެމެރިކާ ވެސް ކުރަން އުޅެނީ ވައްކަން އެމްޑީޕީ ވެސް ރާއްޖޭގެ ވެރިކަަމަށް ގެންނަން ރަންރީނދޫ ޓްވިޓަރޭ މެން އެހާ ވަރުން އެއުޅެނީ ހަމަ އެމެން ދައުލަތުގެ ޚަޒާނާ އިން ވައްކަން ކުރަން އޭ އެނޫން އެއްވެސް ކަމެއް ގައެއް ނޫނޭ. މިކަން ދަންނާތި ރައްޔިތުން. ޓްވިޓަރޭ ތަމެން ދެން އެއް ކެންޑިޑޭޓް ނެރުން ހުއްޓާލާ ރަށުތެރޭން ކާށި ހޮވުން ފަދަ ކަމަކާއި ގެން އުޅެގަ. ދަގަ ކާށި ހޮވަން. ކާށިހޮވާދޯ.
ސުޢޫދު އަރަބިއްޔާ އިން މުޅި އިސްލާމީ އުއްމަތުގެ ދުވަސް ދުއްވާލައިފި. މިކަމަކީ ސައުދީ އަޑީގަ އޮވެގެން އެމީހުން ފަންޑު ކޮއްގެން ހިންގާ ޖަރީމާ.
ޔާﷲ
"މި ހަމަލާ ދިނީވެސް، ސީރިޔާގެ ޚުދުމުހުތާރު ވެރިކަމުގެ ޤާބިލުކަން ކުޑަކުރުމަށް."
ތެރީސާމޭ އޭގެ ކުރިން ބުނީ ތިމަންމެން ބޭނުމެއް ނުވޭ ބައްޝާރުގެ ވެރިކަން ބަދަލުކުރަން، އަދި ދާޚިލީ މައްސަލައެއްްގެ ތެރެއަށް ވަންނަންވެސް ބޭނުން ނުވެޔޭ!
މޮޔަ ގޮވަނީއޭ އެއޮއްގެން!
އެމެރިކާ މަހަށް ދޭބަލަ. އެމެރިކާ ބޮޑޭ ރަންރީނދޫ ބޮޑޭ އާއި ދެމީހުން ވެގެން އަޑާ ދަމާ ބަލަ. އަޑާދަމާ ދޯ.
މިލިޔުންތައް ކިޔާލުމުން ވަރަށްދެރަވި
ސަބަބަކީ ކެމިކަލް ހުރެގެންނޭ ކިޔާފަ
ތިބުނާއެމެރިކާ އިރާގަށްވެސް އެރި
އެގައުމުވެސް އެއޮތީ ސުންނާފަތި ކޮށްފާ
ތިއެމެރިކާ އަކީ ދުނިޔޭގެ ހަލާކު