ދުނިޔޭގެ ރޭޕް ކެޕިޓަލް ނުވަތަ ރޭޕް ކުރާ މީހުން ރަސްކަން ކުރާ ތަނަކަށް އިންޑިއާ ވެގެން ދާއިރު، ބޮޑުވަޒީރު ނަރެންދްރަ މޯދީ ހަނު ހުންނަވާތީ އިންޑިއާގެ އިދިކޮޅު ޕާޓީގެ ލީޑާރު ރާހުލް ގާންދީ ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

ޖަލްސާ އެއްގައި ވާހަކަ ދައްކަމުން ރާހުލް ބުނެފައި ވަނީ މޯދީގެ އަރިސް ބޭފުޅެއްގެ މައްޗައް ދާދި ފަހުން ރޭޕްގެ ތުހުމަތު ކުރެވުނު ކަމަށާއި އަދި އެ ގައުމުގައި އަންހެނުންތައް ރޭޕްކޮށް، އަންދަމުން އަންނަ އިރުގައިވެސް މޯދީ އެކަމާއި ބެހޭގޮތުން އެއްޗެކޭ ނުބުނުއްވާތީ ހައިރާންވާ ކަމަށެވެ.

"ވަރަށް ގިނަ ސުވާލުތަކެއް އުފެދޭނެ އެހެން ގައުމުތަކުގެ މީހުންވެސް. ކީއްވެގެން ބާވައޭ އިންޑިއާގައި ކުޑަކުދިންނާއި އަންހެނުންނަށް ރައްކާތެރިކަން ނުލިބެނީ. މިއަށް ޖަވާބުދާރީ ވާންވާނީ ބޮޑުވަޒީރު މޯދީ ނޫންތޯ؟" ރާހުލް ބުނެފައިވެއެވެ.

ރާހުލް ގާންދީ

ރާހުލް މިހެން ބުނުމާއި އެކު ވެރިކަން ކުރާ ބީޖޭޕީ އިން ވަނީ އެކަމަށް ފާޑު ކިޔައިފައެވެ. އެ ޕާޓީން ބުނެފައި ވަނީ އިންޑިއާ އަކީ ދުނިޔޭގެ ރޭޕް ކެޕިޓަލްގެ ގޮތުގައި ލޭބަލް ކުރީ ރާހުލް ކަމަށެވެ.

ނަމަވެސް، މީގެ ކުރިން އެތައް ފަހަރެއްގެ މަތިން އިންޑިއާ އަކީ ދުނިޔޭގެ ރޭޕް ކެޕިޓަލްގެ ގޮތަށް ދޭހަވާ ޓްވީޓުތަކައި ބަސްތައް މޯދީ ބުނެފައިވާކަން ފާހަގަކޮށްލެވެއެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު އެވަރެޖް ގޮތެއްގައި ދުވާލެއްގެ މައްޗައް 90 މީހުން އިންޑިއާގައި ރޭޕް ކޮށްލައެވެ. މިއީ ފުލުހުންނަށް ރިޕޯޓް ކުރާ އަދަދެވެ. ރިޕޯޓް ނުކުރާ ކޭސްތަކުގެ އަދަދު ހިމަނާނަމަ މި އަދަދު އެތައް ތަނަކުން އިތުރުވެގެން ދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޓްރުތު

    ވެރިކަން ކުރާ ބީޖޭޕީގަ އުޅެނީ ހުސް ރޭޕިސްޓުން. ވަކިން ހާއްސަ ކޮށް މޯދީއަކީ އޭނަ ގެންގުޅޭ ގެރިން ރޭޕް ކުރާ މީހެއް.

    32
  2. މަންސޫރު

    އިންޑިޔާ ދުނިޔާގައި ރޭޕ ރިކޯރޑުގައި
    އެއްވަނަ
    ގެރި ކަލާންގެ ކިޔަ އިންޑިޔާ..ގެރި މަސް އެކްސްޕޯރޓް ކުރަން އެއްވަނަ..

    26
  3. ރވަހަ

    ރާހުލް އައް ވިސްނެ

    32
  4. ކާފަ

    އޭނަގެ އާއިލާ މީހަކު ރޭޕްކުރާ ދުވަހަކުން އުޅޭނެ ތިކަން ހުއްޓުވަން...

    32
  5. ލައިލާ އަލް ކަރީމް

    ރޭޕިސްތާނުން އުޅެނީ ރާއްޖެ ކޮންޓްރޯލްކުރާނެ ގޮތެއްފެނޭތޯ އަންނި ގެންގޮސް ގަންޖާބޯންދީގެން މޮޅުވާހަކަދެއްކެތޯ.

    10
  6. ފަންސޫރު

    ގެރި މޯދީ

    10
  7. ގެރި ބަޅު މޯދީ

    ގެރީގެ ގައުމު ، ރޭޕްގެ ގައުމު = އިންޑިޔާ

  8. ނަސީދު

    އަދިވެސް ރާއްޖެއަށް އެހީވަނީ.. އިންޑިޔާ އެއުޅެނީ އެ ގައުމުގެ ރައްޔިތުން ބޯނެ ފެނެއް އުޅޭނެ ތަނެއް ކާނެ އެއްޗެއް ގުއިރޭނެ ފާހާނާއެއް ފޯރުކޮށް ނުދެވިގެން.. ރާއްޖެއައް އެހީ މިވަނީ ރާއްޖެއަށް އަތްގަދަކުރަންކަން ހަމަ ޔަގީން.. ގެރިޔައް ކުރާ އިޙްތިރާމް އިންސާނުންނަށް ނުކުރާ ތަނެއް އިންޑިޔާ އަކީ...