ފަރަންސޭސިވިލާތުގެ ލޮއިރް ޝަހަރުގައި އޮންނަ ކުޑަ އަވަށެއްގައި ހަފްތާ ބަންދު ދުވަސްތަކާއި، ޗުއްޓީ ދުވަސްވަރު މީހުން މަރުވުން، އެ އަވަށުގެ މޭޔަރު މަނާކޮށްފިއެވެ.

ފަރަންސޭސި ރޭޑިއޯ ސްޓޭޝަން، ސީ ނިއުސް އިން ބުނާ ގޮތުގައި ލޮއިރްގައި އޮންނަ ގްރެސްލް އަވަށުގެ އަންހެން މޭޔަރު، އިސަބެލް ޑުގްލެޓް މިގޮތަށް ނިންމާފައިވަނީ އެ ސަރަޙައްދުގެ ޑޮކްޓަރުން މަދު ކަމުން، މީހަކު މަރުވެއްޖެނަމަ، އުފުލަން ޖެހޭ ތަކުލީފާ މެދު ސަރުކާރުގެ ސަމާލުކަން ހޯދުމަށް ކަމަށެވެ. ގްރެސްލް އަވަށުގެ ރައްޔިތުން ހަފްތާ ބަންދާއި، ޗުއްޓީ ދުވަސްވަރު މަރުވުން މަނާކުރުމުގެ ސަބަބުން އެކަމަށް ފަރަންސޭސި ސަރުކާރުގެ އިތުރުން މުޅި ދުނިޔޭގެ ސަމާލުކަން ވެސް ވަނީ ލިބިފައެވެ.

އެންމެ ފުރަތަމަ މި މައްސަލަ ފެންމަތިވެފައިވަނީ މިމަހުގެ ކުރީކޮޅުގައެވެ. އެ އަވަށުގެ 'ނާރސިން ގެ' އެއްގެ ތެރޭގައި، ދުވަސްވީ ބަލިމީހަކު މަރުވުމުން، އޭނާގެ ސިއްހީ މަޢުލޫމާތުތައް ހޯދަންވެގެން، އޭނާގެ ސިއްހީ ކަންކަން ބެލެހެއްޓި ޑޮކްޓަރު ހޯދަން އުޅުމުން އޭނާ ނުފެނުނެވެ. އޭނާ ހުރީ ޗުއްޓީ އަށް ގޮހެވެ. އެހެން ސަރަހައްދުތަކުން އެކަމާ ގުޅޭ ސްޕެޝަލިސްޓުން ގެންނަން ބަލާލިއިރު، އެމްބިއުލާންސެއް ނުލިބުނެވެ.

އެންމެ ފަހުން އެ ދުވަސްވީ މީހާގެ މަރު ސާބިތުކޮށް، އިދާރީ ކަންކަން ކުރެވުނީ އެހެން އަވަށަކުން ޑޮކްޓަރަކު، އަމިއްލަ އަށް އެދިގެން އެކަމަށް އެހީވާން ގްރެސްލް އަވަށަށް ދިޔުމުންނެވެ.

"އިމަޖެންސީ ސިއްހީ އޮފީހުން އަހަރެމެންނަށް ޑޮކްޓަރަކު ފޮނުވަން ވެސް އިންކާރު ކުރީ، މަރުގެ މަސައްކަތްތައް ފުލުހުން ކުރަން ބުނެފަ." އިސަބެލް ބުންޏެވެ.

އިސަބެލް ދެކޭ ގޮތުގައި ފަރަންސޭސި ސިއްޙީ ވުޒާރާއިން އޭނާގެ ބެލުމުގެ ދަށުގައި އޮންނަ އަވަށާ މެދު އަޅާލަން ވަނީ ބީރުކަންފަތެއް ދީފައެވެ. ގާތްގަނޑަކަށް 850 އެއްހާ މީހުން ދިިރިއުޅޭ އެ އަވަށުގައި ސިއްހީ ފަރުވާ ބޭނުންވާ މީހުންނާއި، އިމަޖެންސީ ސިއްހީ އެހީ ބޭނުންވާ މީހުންނަށްވެސް ފަރުވާ ކުރުމަކީ މިހާރު ބޮޑު މައްސަލައެކެވެ. ޑޮކްޓަރުންނާއި، ނަރުހުންގެ އިތުރުން ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ މީހުންވެސް މާ ބޮޑަށްވެސް މަދީ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޗާލު

    ތިހެން ބުނި މޭޔަރު އަނެއްކާ ހުރީ ބުއްދި ސަލާ މަ ތުން ތަ؟ الله ގެ އިރާދަ ފުޅާ ނުލާ އެއްވެސް އިންސާނެއް މަރެއް ނުވާނެ! ދެން ގަސްތުގަ މަރުުން މަނައޭ ބުނެފަ އިން ނަ މަ ތާހިރުވިސް

    21
    6
  2. މަންޖެ

    ޢަޖާތްބެއްކަހަލަ ވާހަކައެއް ގަސތުގާ އަމިއްލަ އައް މަރުވުން މަނަލޭ ބުނަގަ.. ކިތެއްމެ ވަރައް ހަފްތާބަންދުގަ މީހުން މަރުވުން މަނާކުރިއަސް الله އިރާދަފުޅުން މަރުވާން ހުންނަ. މީހަކު މަރުވާނެ.

    22
    6
  3. ރޯނުއެދުރު

    ކޮމެންޓް ކުރުމުގެ ކުރިން ޙަބަރު ގަ ލިއެފައޮތީ ކީކޭތޯ ޙަބަރު ރަނގަޅަށް ކިޔާލުން ބުއްދިވެރި ތަނެއް ދޮރެއް ބެލުމެއް ނެތި ކޮމެންޓް ކުރުމުންއެނގެނީ ކަލޭމެންގެ ނުކުޅެދޭކަން

    8
    11
    • މުތް

      ތިހެންބުނި މީހާ ޖެހޭއެބަ ރަނގަަޅައް ސުރުޙީ އާއި ހަބަރު ކިޔާލަން

      13
      6
    • ޢަފީ

      ރޯނު އެދުރު ކިޔާ މީހުންނަަށް ހުރިހާ ކަމެއް އެނގޭނީ

      11
      1
  4. ލޮލް

    ހަފްތާ ބަންދުގަ އެކަނި މީހުންމަރުވާތީތަ ކަންބޮޑުވީ ކޮބަޔޯ އެހެން ދުވަސްތައް

    2
    6
  5. މޭޔަރު

    އަހަރެން އެހެންބުނީ މިތަނުގެ ޞިއްޚީ ހާލަތު ހުރިގޮތް ދުނިޔޭގެ ސަމާލުކަމަށް ގެންނަންވެގެން. އޭރުންދޯ ސަރުކާރުން މިކަންތައް ހައްލު ކޮށްދޭނީ. އަހަރެންނަށް އެނގޭ އަހަރެން އެހެން ބުންޏަސް މީހުން މަރުވާނެކަން. އެހެންވީމާ ޚަބަރު ކިޔާ ހުރިހާއެންމެންވެސް ކޮންމެ ޚަބަރެއްވެސް ރަގަޅަށް ދޭހަވަންދެން ކިޔާ ދަސްކޮށްފަ އިނގޭ ކޮމެންޓް ކުރާނީ. އެހެންނޫނީ މީހުން ބުނާނީ ހާދަ ޤަޅިމީހުންނޭ މިތާ ކޮމެންޓް ކުރަނީ.....

    16
    1
    • އިފާ

      އަސްލުވެސް ރަގަޅަށް ނުކިޔާނަމަ ހީވާނީ މާލޭ މޭޔަރު ކަހަލަ މޮޅު ވާހަކަ ދައްކާ މޭޔަރެކޭ އެއީވެސް.