ޗެކް ރިޕަބްލިކްގެ އޮސްޓްރާވާ ޓީޗިންގ ހޮސްޕިޓަލަށް ބަޑި ޖަހާ ގިނަ ބަޔަކު މަރާލައިފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އެ މީހާ ހޮސްޕިޓަލަށް ވަދެ ބަޑި ޖަހަން ފަށާފައި ވަނީ މިއަދު ހެނދުނުއެވެ. އެ ހާދިސާގައި މިހާތަނަށް ހަ މީހަކު މަރާލާފައި ވެއެވެ. އަދި ދެ މީހުންނަށް އަނިޔާވެފައިވާކަމަށްވެސް ރިޕޯޓްތައް ބުނެއެެވެ.

އެ ހޮސްޕިޓަލް ހުރި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، ބަޑި ޖެހި މީހާ އަދި އަތުލައިގަނެވިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފުލުހުން ދަނީ އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

މިހާރު އެ ހޮސްޕިޓަލުގައި ތިބި އެންމެން ވަނީ، އެތަނުން ނެރެފައެވެ. އަދި އެ ސަރަހައްދުގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ.

އަދި ފުލުހުން ވަނީ މީށް މީޑިއާ މެދުވެރިކޮށް އެ މީހާގެ ފޮޓޯއެއް އާއްމުކޮށްފައެވެ. އަދި ފުލުހުން ވަނީ އާއްމުން ކައިރިން އެ މީހާ ހޯދުމުގައި އެހީތެރިވެދިނުމަށް އެދިފައެވެ.

ހޮސްޕިޓަލް ހިންގަމުން އަންނަ އޮސްޓްރާވާ ޓެކްނިކަލް ޔުނިވާސިޓީން ބުނެފައިވަނީ ހަމަލާ ދިންފަރާތުން އެވަގުތު ހުރީ ރަތް ކުލައިގެ ޖެކެޓެއް ލައިގެން ކަމަށާއި އެ ހަމާލާއާއި ގުޅިގެން މިހާރު އެސަރަހައްދު އެއްކޮށް ބަންދުކޮށްފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނޭގޭ

    ސާލިހު ވެރިކަމުގަ ހުރީމަ ވީކަމެ.

    5
    7