އަވަށްޓެރި އިންޑިއާގައި އަނެއްކާވެސް އަންހެން ކުއްޖަކު ރޭޕް ކުރުމަށްފަހު އަންދާލައިފިއެވެ.

މިހާދިސާ ހިނގާފައިވަނީ އެގައުމުގެ ތްރިޕުރާގެ ދެކުނު އަވަށެއް ކަމަށްވާ ޝާންތިރްބާޒާރުގައެވެ. ޚަބަރުތައް ބުނާ ގޮތުގައި 17 އަހަރުގެ އެ އަންހެން ކުއްޖާ ރޭޕްކޮށްފައިވަނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު ފިރިހެން މީހާއާއި އޭނާގެ ރައްޓެހިން ވެގެންނެވެ. އެމީހުން އެ ކުއްޖާއާ މެދު އެގޮތަށް އަމަލުކުރީ އެކުއްޖާއާ ކައިވެނި ކުރަން ވެގެން ރާވާފައި ވަނިކޮށް އެކުއްޖާގެ އާއިލާގެ ފަރާތުން ކައިވެނީގެ ރަން ނުދިނުމުންނެވެ. އެކުއްޖާގެ ލޯބިވެރިޔާގެ އާއިލާގެ ފަރާތުން ރަނުގެ ގޮތުގައި ހުށައެޅީ 50،000 ރުޕީސް (705 ޑޮލަރު ނުވަތަ 10،871.11 ރުފިޔާ) އަށެވެ. އަންހެން ކުއްޖާގެ އާއިލާ އަކީ ފަގީރު އާއިލާއެއް ކަމުން ދޭން އެއްބަސްވީ 17،000 ރުޕީސް (239.83 ޑޮލަރު ނުވަތަ 36698.17 ރުފިޔާ) އެވެ.

އިންޑިއާގައި ކައިވެނީގެ ރަން ދޭން ޖެހެނީ އަންހެން ކުދިންގެ އާއިލާއިން ކަމަށްވާއިރު ރަނުގެ ގޮތުގައި ފިރިހެން ކުއްޖާގެ އާއިލާއިން ކިޔާ އަގުތަކަކީ ބޮޑެތި އަގުތަކެކެވެ.

އެކުއްޖާ ދިރިއުޅޭ ހިސާބުގެ އަވަށްޓެރިންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ބުނާ ގޮތުގައި އެކުއްޖާ ރަހީނުކޮށްގެން ލޯބިވެރިޔާ ގެންގުޅޭތާ މިހާރު ދެމަހެއްހާ ދުވަސް ވެދާނެއެވެ. އަދި އޭނާގެ ރައްޓެހިންނާއެކު އެކުއްޖާ ގޭންގް ރޭޕް ކުރާތާވެސް މިހާރު ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އެ ހާދިސާގައި އަންހެން ކުއްޖާގެ ހަށިގަނޑުގެ 90 ޕަސެންޓު ފިހިފައިވާއިރު، އަލިފާން ރޯކޮށްފައިވަނިކޮށް ކުއްޖާ ސަލާމަތްކޮށްގެން ހޮސްޕިޓަލަށްވެސް ގެންދިޔައީ އަވަށްޓެރިންނެވެ. އެކުއްޖާ ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢރޮނހ

    ރަން އެއީި މުޅިން ވަކި އެއްޗެއް

    17
  2. ޚަރުން

    ޙަލާކުހުރި ...

    23
    6
  3. ޙަަރުން

    ޢިހްތިޖާޖް ކުރޭ...

    16
    6
  4. ގެރި

    ބަލަ ގެރި އެއް ރޭޕް ކޮށްބަލަ ކެރެންޏާ

    4
    6
  5. މަކިނބޫ އެޓް ދުބާއީ

    ގެރިސްތާން އެކޮޅުކޮޅުން ޖެހޭ ތަން އަދި ފެންނާނެ. މަތި މައްޗައް ހަލާކު ހުރި

    4
    6
  6. ޝިނާ

    ޕިސް ޕިސް އަންހެންމީހާ ރަންދޭން ޖެހުން ހާދަ ތާކުން ތާކުން ނުޖެހޭ ސަގާފަތެކޭދޯ..އެހެންވެ ބުނެވެނީ އެންމެ ފުރިހަމަ ދީނަކީ އިސްލާމް ދީނެވެ. އެންމެ ލުއިފަސޭހަދީން އިސްލާމްދީން..ދެންވެސް މި ހިންދޫއިން އިސްލާމްދީން ގަބޫލް ކުރަން ވެއްޖެދޯ!

    8
    6
  7. ނަސީދު

    އަދިވެސް ރާއްޖެއައް އެހީވާން އިންޑިޔާއިން އެ އުޅެނީ.. އަމިއްލަ ހާލައިގެން ނޫޅެވޭ ބައެއް އެވެސް.. ރާއްޖެއަށް ވުރެންވެސް މާ އަޑީގަ ތިބި ބައެއް.. މުޅިން އެހެން މަގުސަދެއްގައި އެ އުޅެނީ... ޙަބަރުގަ ލިޔުންއިރު އެކްސްޗޭންޖު ރޭޓް ވެސް އޮޅުވާލާފަ ތީނީ ހަހަހަ

    4
    6
  8. ގެރިސްތާން

    ރަނަކީ އަންހެނުން ދޭން ޖެހޭ އެއްޗެއް ނޫން.އެއް މީހަކު ގެންގުޅޭ 6 އެއްކަ ޑިވަޒަކުން އަންލައިކް ދިނަސް ބޮޑުވަރު

  9. ރައްޔިތުން

    އިންޑިޔާގެ ޣައިރު މުސްލިމުންގެ މައްޗަށް އިންޑިޔާގެ އިސްލާމުން ކުރި އަރައިދާން ކުރާ މަސައްކަތުގައި އިންޑިޔާގެ މުސްލިމުން ތެދުވާން ވެއްޖެ. އަދި އިސްލާމީ ޙަޟާރަތާއި ފުށު އަރާ އެންމެހާ ކަންކަމުން އިންޑިޔާ ނަގަހައްޓަން ގޮވާލަން. އިންޑިޔާގެ މުސްލިމުން ކޮބާ !