އިންޑިއާގެ ބިހާރްގައި 19 އަހަރުގެ ބަނޑުބޮޑު އަންހެން ކުއްޖަކު ރޭޕްކުރަން އޭނާގެ ލޯބިވެރިޔާ މަސައްކަތް ކުރުމުން އެކަމަށް ހުރަސްއެޅުމުގެ ސަބަބުން، އެ ކުއްޖާގެ ގައިގައި ރޯކޮށްލައިފިއެވެ.

އިންޑިއާގެ ބިހާރްގެ މުޒައްފަރުޕޫރުގައި އިއްޔެ ހިނގި ހާދިސާގައި ރޯކޮށްލާފައިވަނީ ކޮލެޖަށްދާ އަންހެން ކުއްޖެއްގެ ގައިގައެވެ. ކަރާސީން ތެޔޮ އަންހެން ކުއްޖާގެ ގަޔަށް ޖެހުމަށްފަހު، އޭނާގެ ގައިގައި ރޯކޮށްލުމާ ގުޅިގެން އެ ކުއްޖާ މިހާރު ދަނީ މަރާ ހަނގުރާމަ ކުރަމުންނެވެ. އޭނާގެ މޫނަށާއި، ގައިގެ އެހެން ހިސާބުތަކަށްވެސް ވަނީ އެ ހަމަލާގެ ސަބަބުން އަސަރު ކޮށްފައެވެ.

އަންހެން ކުއްޖާގެ ހަށިގަނޑުގެ 70 އިންސައްތަ އެ ހަމަލާގެ ސަބަބުން ފިހިފައިވާ ކަމަށް އޭނާއަށް އިންޑިއާގެ ގަވަމެންޓް މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައި ފަރުވާދެމުން ގެންދާ ޑޮކްޓަރު، ސުމިތް ކުމާރު ވަނީ ބުނެފައެވެ. އެ ހޮސްޕިޓަލުން އޭނާ އަށް ދެވެން ހުރި ފަރުވާ އެއް ދީފައި، އޭނާ ޕަޓްނާގެ ބޮޑު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

އަންހެން ކުއްޖާގެ ބޭބެ ބުނިގޮތުގައި އެދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދުވަސްގަނޑެއް މިހާރު ވެއްޖެއެވެ. އޭނާގެ ކޮއްކޮ ބަނޑުބޮޑުވުމާ އެކު ދެމީހުންގެ ކައިވެނި ކުރުވަން އޭނާގެ އާއިލާއިން ބާރު އެޅި ކަމަށާއި، ނަމަވެސް އެ ފިރިހެން މީހާ އާއި އޭނާގެ އާއިލާއިން އެކަމަށް އެއްވެސް ކަހަލަ އެއްބާރުލުމެއް ނުދޭ ކަމަށް އޭނާ ބުންޏެވެ.

މި ހާދިސާ އާއި ގުޅުންހުރި މީހާ މިއަދު އެ ސަރަޙައްދުގެ ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. އަދި އެ މައްސަލަ މިހާރު އިތުރަށް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އިންޑިއާ އަކީ މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ގިނައިން ރޭޕްގެ ހާދިސާތައް ހިނގާ އެއް ޤައުމެވެ. އެ މައްސަލަ ހައްލުކުރަން ބޮޑުވަޒީރު ނަރެންދުރަ މޯދީ އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅާ ކަމަށް ބުނެ، އެ ޤައުމުގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ރަށުމީހާ

    އިންޑިއާގެ ނަން ރޭޕިސްތާނަށް

    12
    1
  2. އަލީ

    ﴿19﴾ إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

    ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.

    6
    3
  3. އަހްސަން

    ﴿19﴾ إِنَّ الَّذِينَ يُحِبُّونَ أَن تَشِيعَ الْفَاحِشَةُ فِي الَّذِينَ آمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآخِرَةِ ۚ وَاللَّهُ يَعْلَمُ وَأَنتُمْ لَا تَعْلَمُونَ

    ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.

    7
    3
  4. އާޔާ

    ނުބައި އަމަލުތައް ކުރާ މީހުން އަދި އެހެން މީސްތަކުން އެންމެ އަނިޔާ ވެރި ކޮށް މަރާ މީހުންގެ ވާހަކަތައް ދައްކަން ޖެހޭ. އެބައެއްގެ ނުކުޅެދުންތެރިކަމުން އެބައެއްގެ އަންހެން ވެރިންނާ ދަރީންނާ މައިން ބަފައިންނަށް ރައްކާތެރި ކަން ނުދެވޭ އިންސާފު ހޯދައި ނުދެވޭ ބަޔަކަށް އެހެނިހެން ގައުމުތަކުން ވޯނިންގ ދޭން ޖެހޭ. މުޅި ދުނިޔޭގަ ވެސް މިވާހަކަތައް ދައްކާ މުޒާހަރާ ކޮށް އެބަޔަކާ މެދު ފިޔަވަޅު އަޅަން ޖެހޭ. ބޭން އިންޑިޔާ . އިންޑިޔާގެ ނާގާބިލު އަނިޔާ ވެރި ސަރުކާރު ދުނިޔޭގެ އެއްވެސް ގައުމަކުން ބަލައެއް ނުގަންނާނެ.

    7
    2
    • އަލީ

      ފާޙިށް ވާހަކަތައް މީހުންގެ ތެރޭފެތުރަން ލޯބި ކުރާމީހުންވެސް އުޅޭ.. އަންހެންވެރިންނާއި ދަރިންނާއި މައިންބަފައިންނަށް ރައްކާތެރިކަންހޯދަން އޮތް މަގަކީ ތީ ތޯ؟

      4
      5
      • ބޯގޯސް

        ކަލޭ ވާހަކަތަ؟

        4
        1
      • ހައްވަ

        މީހަކަށް އަނިޔާ ލިބޭ ވާހަކަ އެއް އަޑު އިވުނީމަ ގުނަވަން ތައް ހޭލާ ވާހަކަ ބުނާނީ ހާދަހާ ނުބައި ކަން ބޮޑު ވީމަ އޭ ދޯ.. ތިކަހަލަ ތާކުން ތާކު ނުޖެހޭ މީހުން ކޮމެންޓު ނުކުރިއްޔާ ރަނގަޅު ވާނީ

        5
        1
  5. މަކިނބޫ އެޓް ދުބާއީ

    ހާދަ އަސަރެއް ކުރެއޭ ދޯ މިއުޅޭ ބައެއް މީހުން އަނިޔާއާ ދެކޮޅަށް ވާހަކަ ދެއްކިޔަސް ރޭޕިސްތާނު ބައެއް މީހުން އެބައުޅޭ ކަން ދައްކަނީ..

    6
    2