ނިއުޒިލެންޑްގެ ވައިޓް އައިލެންޑްގައި ހުރި އަލިފާން ފަރުބަދަ ގޮވުމުގެ ސަބަބުން ފިހިފައިވާ މީހުންނަށް ފަރުވާ ދިނުމުގެ ގޮތުން 12000 އަކަ މީޓަރުގެ ހަން އޯޑަރުކޮށްފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި ހަން އޯޑަރުކޮށްފައިވަނީ އެމެރިކާއިންނެވެ. އަދި ހަން އޯޑަރު ކުރަން ޖެހުނީ އެ ކާރިސާގައި ފިހުނު މީހުންގެ "ސްކިން ގްރާފްޓިން" ހެދުމަށް ކަމަށް ވެއެވެ.

ވައިޓް އައިލެންޑުގެ ފަރުބަދަ ގޮވުމުގެ ސަބަބުން ފިހިގެން ގިނަ ބަޔަކަށް މިހާރުވެސް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އެމީހުންގެ ހަށިގަނޑުގެ 95 ޕަސެންޓާ ހަމައަށް ފިހިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެމީހުންގެ ސާޖަރީތައް ހަދަން 500 އަށްވުރެ ގިނަ ގަޑި އިރު ހޭދަވާނެ ކަމަށާއި އެކަން ކުރުމަށް މި މަހުގެ ދެން އޮތް ބަޔާއެކު އަދި އިތުރު ދެ މަސް ނަގާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ޚަބަރުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ފަރުބަދަ ގޮވި ހާދިސާގައި އެ ރަށުން ސަލާމަތްކުރި 34 މީހުންގެ ތެރެއިން 27 މީހެއްގެ ހަށިގަނޑުގެ 30 ޕަސެންޓާ ހަމައަށް ވަނީ ފިހިފައެވެ. އަދި ފަރުބަދަ ގޮވުމުގެ ސަބަބުން ޖައްވަށް ބޭރުވި ވިހަ ގޭސް އެތެރެ ކުރުވުމުގެ ސަބަބުން 22 މީހެއްގެ ފުއްޕާމޭ އަށް ވަނީ ގެއްލުންވެފައެވެ. މީގެ އިތުރުންވެސް ގިނަ އަދަދެއްގެ މީހުންގެ ހަށިގަނޑުގެ 95 ޕަސެންޓާ ހަމައަށް ފިހިފައިވާ ކަމަށް އެގައުމުގެ ހަބަރުތައް ބުނެއެވެ.

އެގައުމުގެ ބޮޑު ވަޒީރު ޖަސިންޑާ އާޑިން ވިދާޅުވެފައިވާ ގޮތުގައި ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ގިނަ އަދަދެއްގެ މީހުންގެ ހާލު އަދިވެސް ސީރިއަސް އެވެ.

އެ ހާދިސާގައި ގިނަ ބަޔަކަށް އަނިޔާވެ އެއް ބަޔަކު ވީނުވީ ތަނެއް އެނގިފައި ނުވާއިރު މަރުވި މީހުންގެ އަދަދު ވަނީ 6 އަށް އަރާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރައްޔިތުމީހާ

  ކޮންކަހަލަ ހަމެއްތަ؟

  4
  2
  • ދޮންބެ

   ހަމަށް އޯޑަރ ކުރާނީ. ހަން އޯޑަރެއް ނުކުރާނެ. ފޮތް އޯޑަރެއް ނުކުރާނެ، ފޮތަށް އޯޑަރ ކުރާނީ.

   13
   2
   • ރައްޔިތުމީހާ

    ހަންވެސް އޯޑަރުކުރެވޭނެ. ދެން ކޮންމެ އެއްޗެއް ބުންޏަސް އެތަކެއް މާނައެއް ދޭހަވާނެ. އަހަރެން މިއެހީ ނުވަތަ މިބުނީ ކޮންކަހަލަ ހަމެއްހޭ..؟

    3
    2
  • ފެން

   ފެންއަޅާ ބޮޑެތި ކަޅުހަން

   8
   1