ނައިކް ކުންފުނިން ފުރަތަމަ ފަހަރަށް ބުރުގާ އަޅާ އަންހެނުންނަށް ޚާއްސަކޮށްގެން ސްވިމް ވެއާއެއް ލޯންޗުކޮށްފިއެވެ.
މި ކަލެކްޝަންގައި ހިމެނޭ ފުލް ކިޓާ ބެހޭ މަޢުލޫމާތު ނައިކް ކުންފުނިން މިހާރު ވަނީ އާއްމުކޮށްފައެވެ. ނައިކުން ބުރުގާ އަޅާ އަންހެންނަށް ޚާއްސަކޮށްގެން ސްވިމްވެއާ ތަޢާރަފްކޮށްފައިވަނީ އެ ކުންފުނިން ދާދި ފަހުން ތަޢާރަފް ކޮށްފައިވާ ކުޅިވަރު ބުރުގާތަކަށް ބޮޑު ތަރުޙީބެއް ލިބިފައިވާ ދަނޑިވަޅެއްގައެވެ.
މި ކަލެކްޝަނުގައި ސްވިމް ސުއިޓާއި، ސްވިމް ޓޮޕާއި، ސްވިމް ލެގިންގްސްގެ އިތުރުން ބުރުގާވެސް ހިމެނޭނެއެވެ. މިއީ 'ވާޕް ނިޓް ފެބްރިކް' ބޭނުންކޮށްގެން ތައްޔާރުކުރާ ކޮލެޓީ، ލުއި ސްވިމްވެއާ އެކެވެ. މި ކަލެކްޝަނުގައި ހިމެނޭ ބުރުގާ އަކީވެސް އިސްތަށިގަނޑަށް އެންމެ އަރާމު ވަރަކަށް ފޮރުވޭނެ ގޮތަށް ޑިޒައިން ކޮށްފައިވާ ބުރުގާއެކެވެ. ނައިކްގެ މި އީޖާދީ ކަލެކްޝަނުގައި އަންހެން ކަނބަލުންނަށް ފަސޭހަވާނެ ގޮތަށް ސްވިމް ސުއިޓާއި، ޓޮޕާއެކު، އެތެރޭގައި ސްވިމް ބްރާ އެއްވެސް އެކުލެވެއެވެ.
ބައެއް މަޝްހޫރު މުސްލިމް އެތުލީޓުން ވަނީ ނައިކްގެ މި ކަލެކްޝަން ޓެސްޓުކޮށްފައެވެ. އެގޮތުންވެސް ދުބާއީގެ މަޝްހޫރު ސްކޭޓަރު ޒަހްރާ ފާހަގަކޮށްލެވެއެވެ. ޒަހްރާ އަކީ ޕާޓް ޓައިމްކޮށް ފަތާ އެތުލީޓެކެވެ. "މި ސްވިމްވެއާ އަކީ ގަޔަށް ވަރަށް ލުއި އެއްޗެއް، މީގެ ސަބަބުން އަހަރެންނަށް ވަރަށް ފަސޭހަ ފަތާއިރު. މިއީ އެހެން ސްވިމް ސުއިޓް ތަކާއި މާ ބޮޑަށްވެސް ތަފާތު ސްވިމް ވެއާއެއް، އަހަރެންނަށް އިތުބާރާއެކު މި ސްވިމް ވެއާ ލެވޭނެ." ޒަހްރާ ބުންޏެވެ.
ނައިކް ކުންފުނީގެ މާކެޓިންގައި އިސްކޮށް ޙަރަކާތްތެރިވާ ބައެއް ފަރާތްތަކުން ބުނާގޮތުގައި ނައިކުން އަލަށް މުސްލިމް އަންހެން ކަނބަލުންނަށް ޚާއްސަކޮށްގެން މިފަދަ ސްވިމް ވެއާ އެއް ނެރުމުގެ މައިގަނޑު މަޤްސަދަކީ މިހާރު އެ ކުންފުނިން މާކެޓަށް ނެރެފައިވާ ސްވިމްވެއާ ތަކުން ބައެއް ކަސްޓަމަރުންގެ ޑިމާންޑު މުޅިން ކަވަރު ނުކުރެވޭތީ ކަމަށާއި، އެއީ އެމީހުން ފަތާއިރު، އެންމެ އެކަށީގެންވާ ގޮތަށް ހިތްހަމަޖެހިގެން ފަތަން ކުރިމަތިވާ ދައްޗެއް ކަމަށް އެ ކުންފުންޏަށްވެސް ޤަބޫލުކުރެވޭތީ ކަމަށެވެ.
ފަހުޒަމާނައް އައިސް ގައިގެބައްޓަންއިނގޭގޮތައް ބާރުކޮއްހެނދުންއަޅާނެކަމަށް މާތް ރަސޫލާ ވަނީ ހަދީސްކުރައްވާފަ...؟! ގަބޫލްކުރިއަސް ނުކުރިއަސް...
ހަދީޘްއަށް ގޮންޖަހަނީކީ ނޫން، ނަމަވެސް ކަމާގުޅޭ ގޮތަށް ހެދުން އެޅުން އެއީ އެންމެ އެދެވިގެންވާގޮތް. އެންމެ ފަހަރަކުވެސް ތި ބެލުންތައް ތިރިކޮށްލުމަކުން ކަމެއް ގޯހެއް ނުވާނެ.
ބައްލަވާ ކޮންކަމަކާ ގުޅޭގޮތުންތޯ
ތެދު ވާހަކައެއް. ނަމަވެސް ނައިކް ގެ މި ސްވިމް ސޫޓް ގަޔަށް ބާރުކަމަކަށް ނުފެނޭ.