އަވަށްޓެރި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި އަންހެން ކުދިން ރޭޕް ކުރާ މައްސަލަތައް އިތުރުވެފައިވަނިކޮށް، ދިއްލީގެ ސްކޫލުތަކުގައި އަންހެން ކުދިންނާ ނުފޮށޭނެ ކަމަށް ފިރިހެން ކުދިން ލައްވާ ހުވާ ކުރުވަން ތައްޔާރުވެއްޖެ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އެގޮތަށް ނިންމާފައިވަނީ، ފިރިހެނުންގެ މެދުގައި އަންހެންނަށް އިހުތިރާމްކޮށް ރައްކާތެރިކަން ފޯރުކޮށްދިނުމަށާއި އެކަމާ ގުޅިގެން ފިރިހެނުން ހޭލުންތެރި ކުރުވުމަށް ކަމަށް ވެއެވެ. ދިއްލީގެ ޗީފް މިނިސްޓަރު އަރުވިންދު ކެޖްރިވާލް ވިދާޅުވެފައިވަނީ، ދިއްލީގެ ސަރުކާރު ސްކޫލުތަކުގެ ފިރިހެން ކުދިން ލައްވައި އަންހެން ކުދިންނާ ނުފޮށުމަށާއި އަންހެން ކުދިންނަށް އިހުތިރާމް އަދާ ކުރުމަށް ހުވާ ކުރުވަން ނިންމާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން އެބަޖެހޭ ފިރިހެން ކުދިންގެ ވިސްނުމާއި ފިކުރު އަންހެނުންނާ މެދު ދެކޭ ގޮތް ބަދަލުކުރަން. އަދި އަންހެނަކާ މެދު އިހުތިރާމް ކުޑަކޮށް ކަމެއް ކޮށްފި ނަމަ އެކަމުގެ ސަބަބުން ހަރުކަށި ފިޔަވަޅު އެޅޭނެ ކަން އެމީހުންނަށް ކިޔައިދޭން އެބަ ޖެހޭ. އަދި އަންހެން ކުދިންނަށްވެސް ކިޔައިދޭން އެބަ ޖެހޭ، ފިރިހެން ކުއްޖަކަށް އަންހެން ކުއްޖަކާ މެދު އިހުތިރާމް ކުޑަކޮށް ކަމެއް ކުރެވިގެން ނުވާނެ ކަން،" ދިއްލީގެ ޗީފް މިނިސްޓަރު ވިދާޅުވެފައިވެއެވެ.
އަންހެން ކުދިންނާ މެދު ބޭ އަދަބީ ބަސް ބޭނުން ކުރުމާއި ބަދު އަޚުލާގީ އަމަލު ނުވަތަ އިހުތިރާމު ކުޑަވާ ކަހަލަ ކަމެއް ކޮށްފި ނަމަ، ފިރިހެން ކުދިން ހެދި ބޮޑުވަމުން އަންނަ އިރު އާއިލާގެ ތެރެއިންވެސް އެކަން ކަމަށް ފިޔަވަޅު އަޅައި އެފަދަ ކަންކަން ހުއްޓުވަން އޭނާ ވަނީ ގޮވާލާފައެވެ.
ކިތަންމެ ހުވައެއް ކުރުވިޔަސް ތިކަމެއް ނުހުއްޓުވޭނެ. ކަށީގައި ހިފާފަ ހުރި ކަމެއް. ރޭޕިސްތާން ބިމުގައި ތިކަން އެބަހުރި.