2021 ވަނަ އަހަރު ނިމުމުގެ ކުރިން އިންޑިއާއިން މުސްލިމުންނާއި ނަސާރާއިން ނައްތާލާނެ ކަމަށް ބީޖޭޕީއާއި އެޕާޓީގެ އަޞްލު ކަމުގައި ގިނަ ބަޔަކު ޤަބޫލުކުރާ އާރް.އެސް.އެސްގެ ވެރިއެއް ކަމުގައިވާ ރާޖޭޝްވަރު ސިންހް ބުނެފިއެވެ.

އިންޑިއާގެ ޓީވީއަކަށް ދިން އިންޓަވިއު އެއްގައި އޭނާ ބުނެފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ކުރިން މުޅި އިންޑިއާއިން އިސްލާމް ދީނާއި ނަސާރާ ދީން އެއްކޮށް ފޮހެލާނެ ކަމަށެވެ. އަދި އެ ދެ ދީނުގެ މީހުން ނައްތާލާނެ ކަމަށް ވައުދުވާ ކަމަށާއި އެއީ އޭނާއާއި އޭނާގެ އެކުވެރިންގެ ނިންމުމެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"31 ޑިސެމްބަރު 2021 ގެ ކުރިން އަޅުގަނޑުމެން އިންޑިއާއިން އިސްލާމް ދީނާއި ނަސާރާ ދިން ނިމުމަކަށް ގެންނާނަން. މިއީ އަޅުގަނޑުމެންގެ ވައުދެއް. އަޅުގަނޑުގެ ވައުދެއް. މިއީ އަޅުގަނޑުގެ ބައިވެރީންގެ ވައުދެއް. މިކަން ޔަގީނުންވެސް ފުރިހަމަ ކުރާނަން،" ރާޖޭޝްވަރު ދިން އިންޓަވިއުގައި ބުނެފައިވެއެވެ.

ރާޖޭޝްވަރު ސިންޣަކީ ބީޖޭޕީގެ ފިކުރީ އަޞްލު ނުވަތަ މަންމަ ކަމުގައި ބެލެވޭ އާރުއެސްއެސްއިން ކުރިއަށް ގެންދާ ޣަރު ވަޕްސީ ނަމަކަށް ކިޔުނު ޕްރޮގުރާމު ހިންގުމުގައި އެންމެ އިސްކޮށް އުޅޭ ފަރާތެވެ. މިއީ އިސްލާމްދީނަށް ނުވަތަ ނަޞާރާދީނަށް ވަދެފައިވާ ހިންދޫއިން އަނބުރައި ހިންދޫ ދީނަށް ގެނައުމުގެ ގޮތުން ހިންގާ ޕްރޮގުރާމެކެވެ.

ރާޖޭޝްވަރު ސިންޣު ނޫނަސް ބީޖޭޕީއާއި އާރުއެސްއެސްގެ އިސްވެރިން އެކިފަހަރުގެ މަތިން މުސްލިމުންނާއި ނަޞާރާއިންނަށް އަނިޔާވެރިވުމަށް ގޮވާލާފައިވެއެވެ. އެގޮތުން މުސްލިމުންނާއި ނަޞާރާއިންނަށް ދަރިން ނުލިބޭ ގޮތް ހެދުމަށް ސަދްވީ ދޭވާ ތާކޫރު ގޮވާލާފައިވެއެވެ. އަދި މުސްލިމުން ކިބައިން ސަލާމަތްވެފައިވާ އިންޑިޔާއެއް ޤާއިމުކުރުމަށް 150 ހިންދުތުވާ ޖަމާޢަތުން ގޯއާގައި ހަތަރު ދުވަހުގެ އެއްވުމެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. މިއްޓޭ

    ކަލޭމެންގެ ޕާޓީ އަށް ބަހާރަތި އްޔާ ޖަނަތާޕާޓީގެ ބަދަލުގަ އި ހިންދޫޖަނަތާ ޕާޓީ ކިޔުން މާރަނގަޅު.

    80
    2
  2. ކިތަންމެ ނުރުހުނަސް

    "އެއުރެން އެދެނީ، اللَّه ގެ ނޫރު ފުޅު (އެބަހީ: އިސްލާމް ދީން) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވާލުމަށެވެ. ނަމަވެސް، ކާފިރުން ކިތަންމެ ނުރުހުނަސް، اللَّه، އެކަލާނގެ ނޫރުފުޅު ފުރިހަމަކުރެއްވުމަށް މެނުވީ، އެކަލާނގެ އިރާދައެއް ނުކުރައްވަތެވެ. ތައުބާ ސޫރަތުގެ 32 ވަނަ އާޔަތް. "

    193
    4
  3. ސަމީ

    ތިމީހުންގެ ބައިވެރިއެއް ކެނެރީގޭ ނަޝީދަކީ ވެސް ވަރަށް ސާފު ކޮސް މިބުނީ، މިކަމާ ކުރިން ނުވިސްނާ މީހުން މިހާރު ވިސްނުން އެދެން

    152
    7
  4. Anonymous

    ބޮނޑިބޯން ތިއުޅޭނީ

    135
    2
  5. ޙެ ހެ

    ޙެ ހެ މުސްލިމުންނަށް އަމާން ތަނެކޯ ގައިމު

    112
    2
    • ޢަބްދުއްލަޠީފު

      ޢެއީ ބުއްޅަބޭ އާ އޭނަގެ ބައިގަޑަށް އަމާން ވާހަކަ އެ ބުނީ

      36
      2
  6. ރޭޕްއިންޑިއާ

    2022 ގަ ފަށާނީ ދިވެހިރާއްޖެއިނއ މުސްލިމުން ނަ އްތާލަން ދޯ .

    90
    6
  7. ޑަ ލާސްޓް

    މިފަދަ ޤައުމަކާއި ހިތާއި ހިތުގެ ގުޅުން ޤައިމް ކުރުމަށް ސައްތައިން ސައްތަ މުސްލިމް ޤައުމަކުން ކުރަމުންމިދާ މަސައްކަތާއި މެދު ފުންކޮށް ވިސްނަން ޖެހޭ.

    129
    4
  8. ޕޮގުބާ

    ނުވާނެ ތިކަމެ އް

    103
    2
  9. މޯފީ

    ހެހެހެހެ ބުނާނެ އެއްޗެއް އެބައޮށްބާ! ހިންދޫދީނުގެ ކުޑަމޯދީ މިކޮޅުގައި އެބަހުރި!

    107
    6
  10. ބަބުރު

    ކޮބާ ކެނެރީގޭ ލޯދީ.

    33
    3
  11. ސަޓޯ

    މިވަރުގެ ބަޔަކާ އަންނި ބެސްޓްބަޑީ ހެދިގެން އެތެޅީ. މާތް ﷲ އިރާދަކުރެއްވިއްޔާ 2021 އަންނި އާއި ބީޖޭޕީ ނެތިކުރައްވާށި

    154
    7
  12. ކަދުރު

    އިންނާލި ﷲ ވައިންނާ އިލާހިރާޖިއޫން... އިންޑިޔާއަކީ ކިހާ ނުބައިމީހުން ތިބި ތަނެއްދޯ؟ މިވަރުބަޔާއެކު ގުޅުމެއް ބޭއްވުން މިރާއްޖޭގެ ހަލާކު.

    38
    2
  13. ޙަމޭ

    ޢިރާދަކުރެ އްވި އްޔާ ލަސްތަކެ އްނުވެ ﷲގެ ކުޅަދުންވަންތަކަން ފެނި ތިޔަ ޖާހިލު މީހާވާނީ އިންޑިޔާގަ އި އިސްލާމްދީނަށް ދަޢުވަތު އިސްލާމުދީނަށް ނަސްރުދޭ މީ ހަކަށް.

    44
    3
  14. ބިރު

    2021 ގެ ކުރިން އިޑިޔާއިން މުސްލިމުންނާއި ނަސާރާއިން ނައްތާލާނަން :ބީޖޭޕީ ޔާﷲ ހުރިހައި މުސްލިމު އުއްމަތް ތައް ކާފަރުންގެ އަތް ދަށުން ސަލާމަތް ކޮށް ދެއްވާށްއެވެ. އާމީން

    43
    2
  15. ތުމްސޭ

    އެއަށް ވުރެ ކުރިން ކަލޭމެނަށް ްިސްލާމް ދީން އެނގި އިސްލާމްވާނދޭވެ! އާމީން!

    39
    2
  16. ސާޖީ

    ކަލޯ.... ކަލޭ ހަމަ ހޭގަތަ ތިހިރީ؟؟؟ އެހެންޔާފަހެ.... ކަލޭ ރީނދޫތައް ގިރަ ގިރާން ބޯގެން މުޅި ގައިގާ ކާއްތާން ހަމަ ހޭގަ ހުރެވެތޯ ބަލާ... ކަލެއައްވުރެ ބާރުވެރި ފަރާތެއް ވާކަން ހަނދާންނައްތާ ނުލާތި.... ކަލެއް ތިހުރިހާ އެއްޗެއް ތިކިޔެނީވެސް އެފަރާތުގެ ބާރުވެރިކަމާ ލާގެން.... އެހެންވީމަ ވ ސަލާން.....

    25
    3
  17. Mmn

    Be for that you will die inshaa allah or you will become a muslim

    19
    2
  18. Anonymous

    ކަލޭމެންނާ ކަލޭމެންގެ ބައިވެރިން 2021 ގެ ކުރިން ހަލާކު ކުރައްވާށި އާމީންނނނނ

    25
    2
  19. ފަންސުރު

    ރާޖޭސްވަރު އިސްލާމް ވާން ގާތްވަނީތި

    22
    2
  20. ޟިޔަރު

    ގަންޖާބޯ އިހަށްދުވަހު އިންޑިޔާއަށް ގޮސްފައި ބުނީ އިންޑިޔާއިން އިސްލާމް ދީނާއި މައިނޯރިޓީ މީހުންނާއި ދޭތެރޭ ކަންކުރަނީ ވަރަށް ރަނގަޅަށް ކަމަށް.
    ކޮށްނެވެސް ކުއްޖަކު މިހަބަރު އެކަލޭގެއަށް ޓްވީޓްކޮށް ދީބަލަ

    25
    2
  21. އައްޑޫ މީހާ

    ތިކަހަލަ ގޮލައެއް އެބަ އުޅޭ ދިވެހިރާއްޖޭގަވެސް 2023 އައުމުގެ ކުރިން ދިވެހިރާއްޖެއިންވެސް އިސްލާމްދީން ފޮހެލަން ކެންނާރި ދަންނަ ނުދަންނަ މާފަތް އެދުރު ސޫލާސިރާޒް ބޮވޮނު ގަންޖާ މަހާރަދުންނާއި އޭނާގެ އެކުވެރި އެމް.ޑީ.އެން އިން މަސައްކަތް ފަށާފައިވަނީ

    22
    2
  22. އާދަމް

    މީނާ ދުނިޔޭގަހުންނާނެކަމުގެ ޔަގޯީންކަންވެސް ނެއްއިރު ބޮޑުވާހަކަދައްކަނީ... މިކަހަލަ ކިތައްމީހުންދުނިޔެދެކެފިތަ.. އިސްލާމްދީންދަނީ ކުރިއަށް

    23
    2
  23. ޣައްދާރު

    ކޮބާ ތިގުރޫއްޕަށް ކެނެރީގެ ޣައްދާރުގެ ނަން އަންނަން ޖެހޭ.. އޭނައަކީ މުސްލިމުން ނަށްތާލަން މަސައްކަތް ކުރަމުން އަންނަ ބަލާވެރިންގެ ރައީސް ރައީސް ގަމާރު ނަޟީދު

    15
    2
  24. ޓިނު ވަގު

    "އެއުރެން އެދެނީ، اللَّه ގެ ނޫރު ފުޅު (އެބަހީ: އިސްލާމް ދީން) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވާލުމަށެވެ. ނަމަވެސް، ކާފިރުން ކިތަންމެ ނުރުހުނަސް، اللَّه، އެކަލާނގެ ނޫރުފުޅު ފުރިހަމަކުރެއްވުމަށް މެނުވީ، އެކަލާނގެ އިރާދައެއް ނުކުރައްވަތެވެ. ތައުބާ ސޫރަތުގެ 32 ވަނަ އާޔަތް. " ބަލަގަ މޮޔަޔާ ކަލެއަކަށް އިންޑިއާއިން މުސްލިމުން ހުހެއް ނުކުރެވޭނެ.. އޭގެ ކުރިން ކަލޭ ހިއްޕަވާނެ... އިންޝާﷲ!

    15
    2
  25. ޓ،ކ22

    ތިޔަކަމަށް ތާއީދުކުރުމަށްތާ އެވެރިން ފޫގާޅަފަ ގޮސް އެމް އޯޔޫ ގައި ސޮއިކުރީ!

    11
    1
  26. ައަލީބެ

    ސްޕޭން ގައި މުސްލިމުން 800 އަހަރު އުޅުން. އޭގެ ފަހުން ކާފިރުން މުސްލިމުން އެތަނުން ބޭރު ކުރީ. އެ މީހުން ގަބޫލު ކުރިީ ސްޕޭނުން އިސްލާމް ދީން ނައްތާލެވުނީ ކަމަށް. އެކަމަކު މިއަދު އިސްލާމް ދިީން ދަނީ ސްޕޭނުގައި ބާރަށް ފެތުރެމުން. އިސްލާމް ދިީން ފޮހެ ނުލެވޭނެ.

    "އެއުރެން އެދެނީ، اللَّه ގެ ނޫރު ފުޅު (އެބަހީ: އިސްލާމް ދީން) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވާލުމަށެވެ. ނަމަވެސް، ކާފިރުން ކިތަންމެ ނުރުހުނަސް، اللَّه، އެކަލާނގެ ނޫރުފުޅު ފުރިހަމަކުރެއްވުމަށް މެނުވީ، އެކަލާނގެ އިރާދައެއް ނުކުރައްވަތެވެ. ތައުބާ ސޫރަތުގެ 32 ވަނަ އާޔަތް. "

    18
    1
  27. ާަނތހ

    މީނާ އަށް ތެދުމަގު ދައްކަވާދޭވެ.

    16
    2
  28. ފާތުން

    ޢިންޝާ ﷲ އޭގެ ކުރިން ކަލެ އާއި ކަލޭގެ ބަައި ވެރިން މާތްﷲ ނެތިކުރެއްވުން އެދި ދުއާކުރަން އާމީން.

    17
    1
  29. Anonymous

    އެއްއުއްމަތޭ ކިޔައިގެން އުޅޭމީހުން އެދަނީ ދައްޖާލުލް މޯދީ ގައިގާ ބައްދަން!

    9
    1
  30. ނަބީލު

    އޭގެކުރިން ﷲ ތަޢާލާ ތިބާ ހިތްޕަވާފައިހުއްޓެވެ. ޔާ ﷲ! މި ނުބައި މަލްޢޫނުގެ ކިބައިން މުސްލިމުން ޙިމާޔަތްކޮށްދެއްވާންދޭވެ! އާމީން

  31. ާަާމަ

    ކުރިން ބީޖޭޕީ ނެތިކުރެ އްވުމަކީ ވެސް