މިދިޔަ ހަފްތާ ތެރޭގައި އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުން ފާސްކުރި ގާނޫނާއި ގުޅިގެން އެކަމާއި ދެކޮޅަށް އެ ގައުމުގެ މުސްލިމުން އަޑުއުފުލައި މުޒާހަރާ ކުރަމުން އަންނައިރުގައި ނަރެންދްރަ މޯދީ ފުރަތަމަ ފަހަރަށް އެކަމާއި ބެހޭގޮތުން ވާހަކަ ދައްކައިފިއެވެ.

މޯދީ ބުނެފައި ވަނީ މިއީ އަޙުވަންތަކަން ދަމަހައްޓައި، އެންމެން އެކަތިގަނޑަކަށްވެ ސުލްހަވެރި ކަމާއި އެކު މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި އެ ގާނޫނަކީ އަވަށްޓެރި ގައުމުތަކުން ބާކީ ވެފައި ތިބި މީހުންނަށް މަގެއް ހޯދައިދިނުމުގެ ގޮތުން ކުރި ކަމެއް ކަަމަށެވެ.

އެ ގައުމުގައިި ދާދި ފަހުން ފާސް ކުރި ގާނޫނާއި އެކު ބަންގްލަދޭޝް އާއި ޕާކިސްތާނުގެ އިތުރުން އަފްޣާނިސްތާނަށް ނިސްބަތްވާ މުސްލިމުން ފިޔަވައި އެހެން ދީންތަކުގެ މީހުން އިންޑިއާގެ ރަށްވެހިކަން ބޭނުންވެއްޖެނަމަ އެކަން ކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ. މިކަމާއި ގުޅިގެން މުސްލިމުން ބުނަމުން ދަނީ މިިއީ އެ ގައުމުގެ މުސްލިމުންގެ އަޑު ކަނޑުވައިލުމަށް ގަސްތުގައި ރޭވިގެން ހިންގޭ ޖަރީމާ އެއް ކަމަށެވެ.

މޯދީ ކުރި ޓްވީޓެއްގައި މިހެން ބުނެފައިވާއިރު، އެ ގައުމުގެ އެކި ކަންކޮޅުތަކުގައި މުސްލިމުން އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދި ފުލުހުން ވަނީ ބައެއް މުސްލިމުން ގަޔަށް ބަޑި ޖަަހައި މަރާލާފައިކަންވެސް ފާހަގަކޮށްލެވެއެވެ. މިގޮތުން މިއަދު އެ ގައުމުގެ ފުލުހުން މުސްލިމް ޔުނިވާސިޓީ އަކަށް ގަދަކަމުން ވަދެ، 100 އަށް ވުރެ ގިނަ ދަރިވަރުން ހައްޔަރު ކުރިއިރު މުޒާހަރާގައި ބައިވެރިވެސް ނުވާ ދަރިވަރުންނަށް ވަނީ އެތަކެއް އަނިޔާ އެއް ކޮށްފައެވެ.

މިކަމާއި ގުޅިގެން އިންޑިއާގެ ގިނަ އަދަދެއްގެ ގާނޫނީ ވަކީލުން އަންނަނީ މި މައްސަލަ އަށް ސުޕްރީމް ކޯޓުން ވަންނަން ޖެހޭ ހިސާބަށް ކަންތައް ގޮސްފި ކަމަށާއި ފުލުހުން ދަރިވަރުންނާއި އާއްމު ރައްޔިތުންނަށް ކުރާ އަނިޔާތައްވެސް ހުއްޓުވަން ޖެހޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ގެރި މޯދި

    އަހު ވަންތަ ކަން ދައްކަންވީ އެތަކެއް މީހުންނަށް އަނިޔާ ކޮށްފަ އޭގެ ފަހުންތަ. ބަލަގަ ތި ގެންގުޅޭ ގެރިންނަށް ތި ދޭ އިހުތިރާމެއް ތިތާ ރައްޔިތުންނަކަށް ނުދެޔޭ. މުސްލިމަކަށް ވިޔަސް އެހެން ދީނެއްގެ މީހަކަސް. މުނާފިގު ވިޔަސް ބޮޑު ވަރު.

    79
    1
  2. ވާނުވާ

    މި ބިލް މުޅި މަގުސަދަކީ އިންޑީޔާ އިން މުސްލިމުން ބޭރު ކުރުން. މިބިލާ އެކު ދެން ފާސްކުރަނީ އެން އާރް ސީ ކިޔާ ބިލެއް. އޭގައި ވާގޮތުން އައިޑީ ކާޑް އޮތް ނަމަވެސް ފާއިތުވެދިޔަ 70 އަހަރު އިންޑިޔާ ގަ އުޅުނުކަން (ބައްޕަ އަދި ކާފަ ވެސް) ޔަގީން ކޮށް ދޭން ޖެހޭ. ލިޔަން ކިޔަން ނޭނގޭ ފަގީރުން ނަށް މި ފަދަ ލިޔެ ކިޔުން ތައް ހުށަހެޅުން އެއީ ވާނެ ކަމެއް ނޫން. ނަމަވެސް "ކެބް" ބިލް ގެ ދަށުން މިފަދަ މީހުންނަށް (މުސްލިމުން ނޫން ނަމަ) އިންޑިޔާ ގެ ރަށްވެހިކަން ލިބޭ. ނަމަވެސް މުސްލިމުން އެއީ ހަގީގަތުގައި އިންޑިޔާ މީހުން ކަމަށް ވިޔަސް މި ފަދަ ހެކި ތައް ހުށަނާޅާ ނަމަ ވާނީ ސްޓޭޓްލެސް ބަޔަކަށް. މުސްލިމުން މި ބިލާ ދެކޮޅު ހަދަނީ އެހެންވެ.

    62
    2
  3. ޚކ3434

    ތިޔަކަންހައްލުވާނީ ފޮރިން މިނިސްޓަރ ޝާހިދު އަށް! ދިހަވަރަކަށްފަހަރު އުތުރު ކަރައަށް ދެވިގެން!

    41
    1
  4. Anonymous

    މުޝްރިކުންނާއި މެދު ބާއްވަން ޖެހޭނެ އަޚްވަންތަ ކަމެއް ނޯއްނާނެ. ކަލޭ ބޭއްވިންތަ. ނުބާއްވާ

    38
    1
  5. އިއްބެ

    يا الله : ހައްދު ފަހަނަ އަޅާފައިވާ މޯދީ އާއި އޭނާގެ އެކުވެރިން ބަލިކުރައްވާ ނިކަމެތި ކުރައްވާދޭނދޭވެ! އަދި މުސްމުންނަށް ކާމިޔާބުދެއްވާނދޭއެވެ.

    73
    1
  6. ކާގރ

    އިހަކަށްދުވަހުދޯ މާތް ﷲ ކަލޭ ސަޖިދައަށް ތިރިކުރުވީ. ޑޯންޑް އަންޑަ އެސްޓިމޭޓް ދަ ޕަވަރ އޮފް މުސްލިމްސް

    42
    1
  7. ާަާމަ

    މޯދީއާ އޭނާގެ ބައިވެރިން ބޮޑުބައްޔަ ކުން ބަލި ކުރައްވައި މުސްލިމުންނަށް ގަދަ ކަންދެއްވާނދޭވެ. އާމީން ޔާރައްބަލް އާލަމީން.

    44
    1
  8. ގަމާރު

    މުސްލިމުންނަށް ނަސޭހަތްދޭން ކަލެއަކީ ކާކުތަ؟ ކަލޭ ކަހަލަ ގޮތެއް ފޮތެއް ނެތް ޚަސީލަތް ނުބައި މީހަކު ދޭ ނަސޭހަތް އަޑުއަހާނެ ތެދުވެރި މުސްލިމަކު ނުހުންނާނެ.

    34
    1
  9. އަޙްމަދު

    ތިޔަ މައްސަލަ ޙަައްލު ކުރަން ދުޢާ ކުރި ދެމީހުން ފޮނުވާ.

    21
    1
  10. ނަގޫރޯޅި

    ތެދެއް މި ގައުމުގަވެސް އެބަތިބި އެތައް ދިވެހިންނެއް އެއްޖިއްސުން ގުޅުން ނުހިންގިގެން އެއްޖިއްސުން ކައިވެނި ނު ކުރެވޭތީ އެ ކަމާ ހިތާމަ ކޮއް މިގައުމައް ދަތި ކުރުމުގެ ފިޔަވަޅު އަޅަންގޮވާ މީހުންވެސް. އެ ކަހަލަ މީހުނައް މޯދީ ހޯދައިދިން ފުރުސަތެ ކޭ.

    26
    1
  11. ޓިނު ވަގު

    ގެރިބެ... އަކީ ކަނޑައެޅިގެން ހުރި އިސްލާމް ދީނުގެ ޢަދުއްވެއް....

    25
    1
  12. ބިޖޫ

    ބޮޑުގެރި މޯދީ ކަލެޔައް ހަލާކާއި ގެއްލުންހުރި

    17
    1
  13. ބޮންދުމޭން

    މިއީ ބަކަރި ވަންތަކަން ދަމަހައްޓަން ވީ ވަގުތު. ބަކަރި ބަކަރި ވަންތަކަން!

    12
    1
  14. ހުސެން

    ލޮލާލޯ ދިމާކުރޭ ނަޟީދުއާ ކަލެއާ ދެމީހުން.ކަލޭ ގެ ދެމީހުން ސިޔާސީ ގޮތުން ބަލިކަށި ކުރައްވާށި'މުސްލިމުން އެ ޤާނޫނުން ބޭރުކޮށް ކަލޭ ތިޔަކިޔަނީ ފަޅޯއޭތަ؟

  15. ޅ

    ދެން ކަލޭ ގެ ގެރި ތައް ކަތިލާ ވީ އެށްނު