ދާދި ފަހުން އިންޑިއާ އިން ވަނީ އެ ގައުމާއި އަވަށްޓެރި ގައުމުތަށް ކަމުގައިވާ ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން އަފްޣާނިސްތާނުގައި ދިރިއުޅޭ މުސްލިމުން ފިޔަވައި، އެހެން ދީންތަކުގެ މީހުން ބޭނުން ވެއްޖެނަމަ އިންޑިއާ އަށް ރަށްވެހިކަން ބަދަލު ކުރެވޭނެފަދަ ގާނޫނެއް ފާސްކޮށްފައެވެ.

އިންޑިއާ އިން މިގޮތަށް ކަންތައް ކޮށްފައި ވަނީ މި 3 ގައުމުގައިވެސް އެންމެ ގިނަ އަދަދަކަށް އުޅެނީ މުސްލިމުން ކަމުގައި ވެފައި، އެ ގައުމުތަކުގައި ތިބި ބުދު ދީނާއި، ހިންދޫ އަދި ނަސާރާ ދީންތަކުގެ މީހުން ވަރަށްވެސް މަދުވުމުން އެމީހުން އިންޑިއާ އަށް ބަދަލުވާނެ ކަމުގެ އުއްމީދުގައެވެ.

ނަމަވެސް، ޕާކިސްތާނުގެ ހިންދޫ ދީނުގެ މީހުން މިވަނީ މޯދީގެ އިންސާނިއްޔަތާއި ދެކޮޅު ހުށަހެޅުން ގަބޫލުކުރަން ބޭނުން ނުވާ ކަމަށާއި އެފަދަ ގައުމެއްގެ ހިމަޔާތުގެ ދާން ބޭނުން ނުވާ ކަމަށް ބުނެ އިންޑިއާގެ ހުށަހެޅުން ގަބޫލު ނުކުރަން ނިންމާފައެވެ.

ޕާކިސްތާނުގައި ގިނައީ މުސްލިމުން ނަމަވެސް އެ ގައުމުގެ ސަރުކާރުން އިންޑިއާ އިން އަމަލު ކުރާ ގޮތަށް ޕާކިސްތާނުގައި އުޅޭ ހިންދޫ ދީނުގެ މީހުން އެ ގައުމުން ފަހައި ބޭރުކޮށްލާކަށް މަސައްކަތެއް ނުކުރެއެވެ. އަދި އެމީހުންގެ ދިރިއުޅުން ދަތި ކުރުމުގެ ގޮތުންވެސް ފިއްތުންތައް ކުރިމައްޗެއް ނުކުރުވައެވެ.

ޕާކިސްތާނެކޭ އެއްފަދައިން ބަންގްލަދޭޝް އަދި އަފްޣާނިސްތާނުގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުންވެސް އިންޑިއާ އަށް އެހައި ގިނައިން ދާނޭ ކަމަކަށް ނުބެލެވެއެވެ. މިހެން ކަންތައް ވެއްޖެނަމަ މޯދީ ފާސް ކުރި މޮޅު ގާނޫނު ދާނީ މުޅިން ފެނަށް ވެގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހިޔަލަކަމަނަ

    މި ގައުމުގަ އުޅޭ އިންދިޔާ މީހުން ވެސް ދެން މިގައުމަކުން ނުބޭލޭނެ މިހާރު އެމީހުން ދެގައުމުގެ ރައްޔިތުކަން އެބަހޯދާ ދެން ޖެހޭނީ ދިވެހިންނަށް އޮންނަ ކޮންމެ ހައްގެއް އެމ ިހުންނަށް ދޭން

    46
    4
  2. ހުސޭނުބޭ

    ޕާކިސްތާނުގައި ދިރިއުޅޭ ހިންދޫން އިންޑިޔާއަށް ބަދަލުވާން ދެކޮޅުހެދީ އިންޑިޔާއަކީ އިންދޫންނަށްވެސް ނުރައްކާތެރި ގެރިބަކަރި ފަދައިން ރޭޕްކުރާ ޤައުމަކަށް ވާތީ!

    33
    1
  3. ޟީމާޟި

    ކޮބާ އަލެކުސް؟ އޭނަ އަވަހަށް ފޮނުވާ އިންޑިއާއަށް

    14
    1
  4. ޢަންސާރު

    ޢެމްޑީޕީ ލާ ދީނީ ބައިގަނޑު މިގައުމުން ބޭރުކުރޭ...ވެރިކަމަށް އައިފަހުން ޑިމޮކްރަސީ ނަމުގަ ގައުމު ހަލާކުކޮށްލައިފި...ގެރި މޯ ދީ ވެއްޖެ މި ބައިގަނޑު ގެން ދަން

    8
    1