އިންޑިއާ އާއި އަފްގާނިސްތާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ އެވެ.

މި ބިންހެލުން އައިސްފައި ވަނީ ރެކްޓާ މިންގަނޑުން 6.3 މެގްނެޓިއުޑް ބާރު މިނުގައެވެ.

އަފްގާނިސްތާނުގެ ހިންދުކުޝް އަށް 210.2 ކިލޯމީޓަރު އަޑިއަށް އައި މި ބިންހެލުމުގެ އަސަރު ވަނީ އިންޑިއާގެ ވެރި ރަށް ދިއްލީ އާއި އުތުރުގެ ގިނަ ސަރަހައްދުތަކަށް ކޮށްފައެވެ.

އިންޑިއާގެ ވެރިރަަށް ދިއްލީއަށް މިނިޓެއްހާ އިރަށް ބިންހެލުމުގެ ލޮޅުމުގެ އަސަރު ކުރިއެވެ.

ބިންހެލުމުގެ ސަބަބުން ލޮޅުމުގެ އިހުސާސު އިންޑިއާގެ މަޝްހޫރު ޓީވީ ޗެނަލް އެންޑީޓީވީއަށްވެސް ވަނީ ކޮށްފައެވެ.

މި ބިންހެލުމާއި ގުޅިގެން އިންޑިއާ އާއި އަފްގާނިސްތާނަށް ގެއްލުމެއް ލިބުނުކަމެއް އަދި ނޭގެއެވެ. ނަމަވެސް ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަވަށްޓެރި ޕާކިސްތާނަށްވެސް މި ބިންހެލުމުގެ އަސަރު ވަނީ ކޮންމެވެސް ވަރަކަށް ކޮށްފައެވެ.

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާ އިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އުފެދިފައި ވަނީ ބިމުގެ 190 ކިލޯމީޓަރު އަޑިން ކަމަށެވެ.

މި ބިންހެލުމާއި ގުޅިގެން މި ގައުމުތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުތޯ ކަމާބެހޭ ފަރާތްތަކުން ބަލަމުން އަންނައިރު، މީގެ ކުރިން މި ގައުމުތަކަށް އައިސްފައިވާ ބާރުގަދަ ބިންހެލުންތަކުގައި އެތައް ހާސް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. Anonymous

    މާތްﷲގެ ކޯފާއަށް ބިރުވެތިވޭ، ދުނިޔެ ނިމުން އޮތީ ބޮޑު ޒަލްޒަލާއަކުން.

    122
    4
    • މޮޔައެނޮނިމަސް

      އަބަ ދު ކަލޭ ތިހެން ކިޔާ ؟؟؟؟؟؟

      1
      45
      • Anonymous

        އެއީ އިބިލީހުގެ ވަސްވާހުގަ ޖެހިފަތިބިމީހުންނަށް ހަނ ދާންކޮށް ދިނުމުގެ ގޮތުން.

        15
        1
  2. އެންޓި ބުއްޅަބޭ

    ގެރި މޯދީި އާ ހެދި އިންޑިއާ އައް ކޯފާ އެ އަންނަނީ

    82
    2
    • ނާތަހުޒީބުޑީފެކުސަނު

      ދެން އަފުޢާނަށް؟؟ ނިކަމެތި މުސްލިމުން ގިނަވީމަތަ؟؟ނޫނީ ހަރުކަށި ތޯލިބާނުންނާ ހެދިތަ؟؟ 16 ވަނަ ޤަރުނުގެ ވިސްނުމާ ދުރިވެ 21ވަނަ ޤަރުނަށް ލޯ ހުޅުވަބަލަ.. ލޯ

      9
      69
      • ސައިއްޓޭ

        މޮޔަނުގޮވާ އެމްޑީއެން ތިތިބަ ފާޅުވަނީ

        58
        1
        • ޑީފެކުސަނު

          މޮޔަ ގޮވާ މީހަކު އޮޅިޖެ؟؟ ބަލަ ޤުދުރަތީ ކޮނއމެކަމެއް ސިޔާސީކޮށް ދީނީ ކުރިވުނއ ނޫންބާ އެމްޑީއެންއަކީ؟؟ އެމްޑީއެންއޭ ދީނޭ ދީނޭ ކިޔާ މީހުން އެންމެ ފަހުން ނަމާދެއް ކުރި ދުވަހެއް ނޭނގެ ފިތުނަ އުއްދާ އުންމަތް ބައޮބައި ކުރުމުގަ އަބަދު ތިޔަ އުޅެނީ؟؟ ޑީފެކުސަނުގަ އުޅޭނި ކުޅަދު މަދު ގުނބޯލުން ގިނައިން

          2
          10
      • މޮޔައެނޮނިމަސް

        އަ ދިވެސް ހަޠް ވަނަ ގަރުނުގަ

        5
        21
      • އަހްމަދު

        ބަޔަކު މީހުން ކުރާ ގޯސްކަމަކުން އަންނަ ކޯފާ ޙައްސައެއް ނުވާނެ. އާއްމުވާނީ އެގައި މުއުމިނުންވެސް ހިމެނުން އެކަށީގެންވޭ!!! ހުރިހާކަމަކަށްމެ ﷲ ކުޅަދުންވަންތަވެ ވޮޑިގެންވޭ!

        10
        1
  3. ބޯގޯސް

    އަފްގާނިސްތާނާ އިންޑިއާއި ދެމެދު އޮންނަނީ ޕާކިސްތާ އެތާކަށް ބިންހެލުމެއް ނަަދޭތަ، ކަސްމީރަކީ ޕާކިސްޔާނުގެ ބައެއް، މަލިކު ގޮތައް ގެރި އނޑޔ ފޭރިގަނެން އުޅޭތަނެއް

    40
    2
  4. ފޮޮޮނި

    ދުނިޔެ ނިމުނ ކައިރި ވެއޖެ.ދުނިޔެ

    27
    1
  5. ާަޕޮގުބާު

    ގެރި މޯ ދީއާއި އަންނީ ގެ ސަބަބުން މި
    ސަރަހައް ދަށް ކޯފާ ލަށްވާނެ ރާ އަންނީ ބުނީ ގެރި މޯ ދީއާއި އަންނި އާއި އެއްވިސްނުމެކެ

    18
    3
  6. ހަކުރު

    ލޮލާ ލޯ ދިމާވެފަ

    18
    1