ދުނިޔޭގެ ވަށައިގެންވާ ޖައްވަކީވެސް އެމެރިކާގެ ތަނަކަށް ހެދުމުގެ މަސައްކަތް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށައިފިއެވެ.

ޖައްވުގައި އެމެރިކާ ބާރުގަދަ ކުރުމަކީ ޓްރަމްޕްގެ ވައުދަކަށް ވާއިރު، އޭނާ އިއްޔެ ވަނީ ރަސްމީކޮށް އެޤައުމުގެ ޖައްވީ އަސްކަރީ ބާރުގެ ގޮތްޕެއް އިފްތިތާހުކޮށްފައެވެ. "ޔޫއެސް ސްޕޭސް ފޯސް" ގެ ނަމުގައި އިފްތިތާހުކުރި މި ގޮތްޕަކީ ޖައްވަށް އެމެރިކާއިން ބާރު ފޯރުވުމުގެ ބޭނުމުގައި އުފައްދާފައިވާ އަސްކަރީ ގޮތްޕެކެވެ.

ސްޕޭސް ފޯސް އާއެކު އެމެރިކާ އަސްކަރިއްޔާގެ ހަ ގޮފި މިހާރު އޮންނާނެ އެވެ. މިއީ 70 އަހަރުގެ ތެރޭގައި އެމެރިކާ އަސްކަރިއްޔާއަށް އާ ގޮތްޕެއް އިތުރު ކުރެވުނު ފުރަތަމަ ފަހަރެވެ. ސްޕޭސް ފޯސްގެ އިތުރުން އެ ޤައުމުގެ އަސްކަރިއްޔާގައި ހިމެނެނީ، އާމީ ފޯސް، ނޭވީ ފޯސް، އެއާފޯސް މެރީންސް ފޯސް އަދި ކޯސްޓްގާޑެވެ.

ޤައުމުތަކުން ޖައްވީ ދިރާސާތައް ހަރުދަނާކޮށް އިތުރު ކުރަމުންދާ މި ދަނޑިވަޅުގައި އެމެރިކާއިން ޖައްވީ އަސްކަރީ ގޮތްޕެއް އުފެއްދުމާއެކު، އެހެން ޤައުމުތަކުގެ ޖައްވީ މަސައްކަތްތަކަށް ހުރަސް އެޅިގެންދާނެ ކަމަށް ބެލެވިފައި ވެއެވެ. އަދި އެހެން ޤައުމުތަކުން ޖައްވުގައި ކުރިޔަށްގެންދާ އެކި ޕްރޮގްރާމްތައް ހުއްޓުވުމަށް އެމެރިކާއިން މަސައްކަތް ކުރާނެ ކަމަށްވެސް ވަނީ ޤަބޫލު ކުރެވިފައެވެ.

އެމެރިކާއިން ޖައްވީ ގޮތްޕެއް އުފައްދާފައި މިވަނީ ކުރިޔަށް އޮތް މުސްތަޤުބަލުގައި ހަނގުރާމަތައް ކުރެވޭނީ ޖައްވުގައި ކަމަށް ބުނެއެވެ. ނަމަވެސް އެމެރިކާއިން ޖައްވަށް އަތްގަދަ ކުރުމަށް ފެށި މި މަސައްކަތުން މަސްލަހަތ ގޯސްވެދާނެ ކަމަށް ވަނީ ބެލެވިފައެވެ.

ޖައްވީ ކަންކަމުގައި އެމެރިކާ އާއި އެންމެ ވާދަވެރި ޤައުމުތަކުގެ ތެރޭގައި އެޤައުމުގެ ދުވަސްވީ ހަތުރެއް ކަމަށްވާ ރަޝިޔާގެ އިތުރުން ޗައިނާ ހިމެނެއެވެ. މި ދެޤައުމުންވެސް ޖައްވީ ގިނަ މަސައްކަތް ކުރަމުންދާއިރު، އެމެރިކާގެ މައްޗަށް ޖައްވީ ހޯތުންތަކުގައި ގިނަ ކުރިއެރުންތައް ހޯދާފައި ވެއެވެ.

އެމެރިކާގެ ސްޕޭސް ފޯސްގައި 16000 މީހުން ހަރަކާތްތެރި ކުރުވުމަށް ވަނީ ނިންމާފައެވެ. މި ގޮތްޕަށް ހޮވާނީ އެމެރިކާގެ ނޭވީ އާއި އެއާފޯސްގައި މިހާރު ވެސް މަސައްކަތްކުރާ ސިފައިން ކަމަށް ވެއެވެ. އަދި އިއްޔެ މި ގޮފި އިފްތިތާހު ކުރެވުމާއެކު އެއިން ބައެއް މީހުން ތަމްރީނު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އޮފިޝަލުންނާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. Anonymous

    ބޮޑު މޮޔަ

    20
  2. ހުސޭނުބޭ

    އެކަމަކު މީނާގެ އަނބިމީހާ ނުހެދޭ މީނާގެ މީހަކަށް؟ ހެއްވާދޯ!

  3. Anonymous

    ކީއްވެ ބާ މުޅި ދުނިޔެއަކީ......

  4. ވަހުތާނު އަހުމަދު

    ދެންރޯނުދަމާލާ