އެމެރިކާ، ފަރަންސޭސިވިލާތް އަދި އިނގިރޭސިވިލާތް ގުޅިގެން ރޭ ސީރިޔާއަށް ދިން ހަމަލާ ކުށްވެރިކޮށް ރަޝިއާއިން އ.ދ. ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލައިފިއެވެ. މި ގަރާރާއި އެއްކޮޅަށް 3 ވޯޓު ލިބިފައިވާއިރު ގަރާރާއި ދެކޮޅަށް 8 ވޯޓް ލިބިފައިވެއެވެ. އަދި މި ވޯޓުގައި 4 ގައުމަކުން ބައިވެރިއެއް ނުވެއެވެ.

ގަރާރާއި އެއްކޮޅަށް ވޯޓު ދީފައިވަނީ ރަޝިއާ، ޗައިނާ އަދި ބޮލީވިއާއެވެ.

އ.ދ ގެ ސަލާމަތީ މަޖިލީހުގެ އެއްވެސް ކަމެއް ފާސްވާނީ 9 ވޯޓު ލިބި، ދާއިމީ 5 މެމްބަރު ގައުމު ކަމަށްވާ ފްރާންސް، އެމެރިކާ، އިނގިރޭސިވިލާތް، ޗައިނާ އަދި ރަޝިއާއިން ވީޓޯ ނުކޮށްފި ހާލަތެއްގައެވެ.

އެމެރިކާއާއި ފްރާންސް އަދި އިނގިރޭސިވިލާތުން ސީރިޔާއަށް ދިން ހަމަލާތައް ކުށްވެރިކޮށް ރަޝިޔާ އިން އ.ދ ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައިވަނީ، މި ގައުމުތަކުން ސީރިޔާއަށް ދިން ހަމަލާއަކީ އ.ދ ގެ ޗާޓަރާ މުޅިން ހިލާފަށް ކުރި ކަމެއް ކަމަށެވެ.

މީގެ އިތުރުން މިރޭ ބޭއްވި އ.ދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އެމެރިކާގެ ސަފީރު ނިކީ ހޭލީ ބުނިގޮތުގައި ސީރިއާގެ ކެމިކަލް ހަތިޔާރުގެ މައްސަލަ ހައްލުކުރުމަށް ޑިޕްލޮމެޓިކް ހުރިހާ ހަތިޔާރެއްގެ ބޭނުން އެމެރިކާއިން ކުރި ކަމަށެވެ. އަދި ރަޝިޔާ އިން ދޮގު މައުލޫމާތުތައް ފަތުރަމުންދާއިރު، ސީރިއާގެ ކެމިކަލް ހަތިޔާރުގެ މައްސަލަ ހައްލުކުރުމަށް ސަލާމަތީ މަޖިލީހަށް ހުށަހެޅި އެތަށް ގަރާރެއް ވީޓޯކޮށް ރަޝިޔާ އިން ވަނީ ބާތިލުކޮށްލާފައި ކަމަށްވެސް މި މަޖިލީހުގައި ވާހަކަ ދައްކަމުން ނިކީ ހޭލީ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސީލަބަލަ

    މީ ހަމަ ސީދާ ގާނޫނު އަސާސީގެ 2 ވަނަ ބާބާއި ޚިލާފު ކަމެއް. އަޅުގަނޑުމެންގެ ގާނޫނު އަސާސީގެ ދެ ވަނަ ބާބުގައި އޮންނާނެ ލިޔެފައި ލަބިއްޓެ ގްރޫޕް މެދުވެރިވެގެން ދައުލަތުގެ ޚަޒާނާއިން ވައްކަން ކުރަން ހުެއްދަ ދީފައި ދޯ. އަޅުގަނޑުމެން ފޭކް ޒުވާނުންގެ ފަރާތުން ހަރުކަށި އިބާރާތުން ގޮވާލަން ހުރިހާ ވަގުން ތައް ސަރުކާރުގެ ބަޖެޓް ދަވާލާ ސީރިއާ ފުނޑާލަން. އަޅުގަނޑުމެން ކުށްވެރި އެއް ނުކުރަން ހަމަ ވައްކަން ކުރަންވީ އެމީހަކާއި އެމީހެއް. އަޅުގަނޑުމެންނަކީ މީ ލުޓޭރޭ ގްރޫޕް ސޮމާލިޔާ ޑީއެންއޭސް އިނގޭތޭ. ތަމެން ދެން ސީލަ ބަލަ ވައްކަން ކުރަން އެއްބަސްނުވާނަމަ މަަމެން ހުރިހާ ވަގުން ވެގެން ސީރިއާ ދަވާލަން މިއުޅެނީ.

  2. މޫސާ

    އެމެރިކާއަކީ އަބަދުވެސް އިސްލާމީ ޤަވްމުތަކަށް ހަތިޔާރުން ޙަމަލާ ދިނުމަށް ފެންބޮވައިގެންފައިވާ ޢަދުއްވުން ތަކެއް.

    • ބޭބެސޮރު

      ވާނުވާ ނޭންގޭމީހުން ކޮމެންޓް ނުކޮށްބަލަ